އަބްދުރަހީމް ސިޔާސީ މައިދާނުން ދުރުވާނެ ފޯމިއުލާ ކިޔާދެއްވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމްއާއި އެކު ދެން ސިޔާސީ މަސައްކަތް ކުރައްވަން ޖެހިވަޑައިގެންފިނަމަ ސިޔާސީ މަސައްކަތް ހުއްޓަވާލައްވާނެކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ އިއްޒަތްތެެރި މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިމޭރުމުން ވިދާޅުވީ އަވަސް އޮންލައިންއަށް ދެއްވި އިންޓަވިއުއެއްގައެވެ.
އަދުރޭ ވިދާޅުވީ ރައީސް ޔާމީންއަށް ވެރިކަން ލިބިވަޑައިގެންނެވި ހިސާބުން ފެށިގެން ރައީސް މައުމޫން އަމަލުކުރެއްވީ ރަނގަޅަށް ނޫންކަމަށާއި، ގައުމު މިހާބޮޑު އަނދަވަޅަކަށް ވައްޓާލުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތަކީ ޒާތީވެގެން ކުރެއްވި ކަމެއް ކަމަށެވެ. އަދި ރައީސް މައުމޫނަށްވުރެ ޒާތީ ބޭފުޅަކު ރާއްޖެއިން ފެނިވަޑައިގެންފައިނުވާކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
"އެއަށް ވުރެ ހިތުގަ ފިތުނަވެރިކަން އޮވެގެން ހަސަދަވެރިކަމާ އެކީގަ މަސައްކަތް ކުރައްވާ ޒާތީ ސިޔާސީ ބޭފުޅެއް ނުދެކެން"، އަދުރޭ ވިދާޅުވިއެވެ.
އެބޭފުޅާ އިތުރަށް ވިދާޅުވީ ޕީޕީއެމްގެ ނައިބު ރައީސްކަމަށް ފުރަތަމަ ފަހަރު އިންތިހާބުވީހިނދު، އެމަގާމަށް އެބޭފުޅާ އައުމަށް ރައީސް މައުމޫން ހަގީގަތުގައި ބޭނުންފުޅުވެސް ވަޑައިނުގަންނަވާ ކަމަށެވެ.
އޭގެ މިސާލެއްގެ ގޮތުގައި އަދުރޭ ދެއްކެވީ އެބޭފުޅާ އެމަގާމަށް އިންތިހާބުވިތާ ތިން ދުވަސް ފަހުން ރައީސް މަައުމޫން މަރުހަބާ ދެންނެވުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް