އަސްރުން ޝެއިޚް ސަލާމްގެ އަޤީދާ ކުލާސްތަކެއް ފޭސް ދޭއްގައި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
އަލް ޢަސްރު ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ހުޅުމާލެ ފޭސް ދޭއްގައި ޝެއިޚް ޢަބްދުއްސަލާމް ދާޥޫދުގެ އަޤީދާ ކުލާސްތައް މިރޭ އޮންނާނެއެވެ.
އަސްރު ޖަމިއްޔާއިން ބުނީ ޝެއިޚް ސަލާމްގެ އަޤީދާ ކުލާސްތައް ކުރިއަށްދާނީ ފޭސް ދޭއްގެ މަސްޖިދް ހަސަން އާދަމް މިސްކިތުގައި ކަމަށެވެ. މި އަޤީދާ ކުލާސްތައް ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހުގެ ރޭ އިޝާ ނަމާދަށްފަހު ބޭއްވުމަށް ވަނީ ނިންމާފައެވެ. މިއީ ހުރިހާ ފަރާތްތަކަށްވެސް ހުޅުވާލައިގެން ބާއްވާ ކްލާހެކެވެ.

އަސްރު ޖަމިއްޔާއިން ވަނީ މީގެ ކުރިންވެސް މިފަދަ ކްލާސްތައް މާލޭގެ އިތުރުން އަތޮޅުތަކުގެ ރަށްތަކުގައިވެސް ކުރިއަށްގެންގޮސްފައެވެ. މީގެ އިތުރުން އެ ޖަމިއްޔާއިން އަންނަނީ ދީނީ އެކިއެކި ވަރކްޝޮޕްތައްވެސް އެކި އުމުރު ފުރާތަކަށް ހާއްސަކޮށް ބާއްވަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް