އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ރައީސް ގޮވާލައްވައިފި
މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އިން ދިވެހި ދައުލަތައް ލިބެން ޖެހޭ ފައިސާއަށް ޚިޔާނަތްވި ފަރާތްތަކުގެ މައްސަލަ ވީހާވެސް އަވަހަކަށް ތަހްޤީޤުކޮށް ޝަރީއަތަށް ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.
އެމްޑީޕީގެ ކެނޑިޑޭޓުގެ މަޖިލިސް ކެމްޕެއިން ލޯންޗު ކުރެއްވުމަށް ބޭއްވި ޙަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ އެމްއެމްޕީއާރްސީގެ ތެރެއިން ދައުލަތަށް ގެއްލިފައިވާ ފައިސާއަކީ ވަރަށް ބޮޑު ޢަދަދެއްކަމަށާއި އެކަމުގައި ޝާމިލްވާމީހުންގެ މައްސަލަތައް މިހާރުން މިހާރަށް ތަހްޤީޤުކޮށް ޝަރީއަތަށް ފޮނުވުމަށް ރައީސް ސާލިހު ވަނީ ގޮވާލައްވާފައެވެ.
ރައީސް ވިދާޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ހިމެނޭކަމަށް ތުހުމަތުކުރެވުނަސް އެކަންތައް ބަލަންޖެހޭ ކަމަށެވެ. އަދި އެމީހުންގެ މައްސަލަތައް ތަހުގީގުކުރުމަށްފަހު އެމީހުން އެކުށުން ބަރީއަ ވާކަމަށް ކަނޑައަޅަންޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެހެން ނޫންނަމަ އަނެއްކާވެސް ދިވެހިގައުމު މައްސަލަތަކެއްގެ ތެރެއަށް ވެއްޓިދާނެ ކަން ރައީސް ފާހަގަކުރެއްވިއެވެ
ރައީސް ޞާލިޙް ވިދާޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ހިމެނޭކަމަށް ތުހުމަތު ކުރެވުނަސް އެކަން ބަލައި ތަހުޤީގު ކުރުމަށްފަހު ޝާމިލުނުވާ ފަރާތަކުގެ ކުށެއްނެތްކަން ކަނޑައަޅަންޖެހޭ ކަމަށާއި އެނޫން ގޮތަކަށް އެކަން ކޮށްފިނަމަ އަނެއްކާވެސް ބޮޑު މައްސަލަތަކެއްގެ ތެރެއަށް ދިވެހި ޤައުމު ވެއްޓިގެން ހިނގައިދާނެ ކަމަށެވެ.
ރައީސްގެ ވާހަކައިގައި އޭސީސީގެ ތަހުގީގީ ރިޕޯޓް ޢާއްމު ނުކޮށް ގިނަދުވަސްތަކެއް ކޮށްފައިވާތީ އެކަމާއި ސުވާލުއުފައްދާފައެވެ.
އެމްއެމްޕީއާރްސީ ގެ ޚީޔާނާތުގެ ތުހުމަތު ކުރެވޭ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް ސާލިހު ބާރުއަޅުއްވާފައިވާއިރު އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ އެ މައްސަލަ ތަހުގީގު ކުރި ގޮތުގެ ރިޕޯޓް އާންމުކޮށްފައެވެ. އެ ރިޕޯޓުގައި ވާގޮތުން ރާއްޖޭގެ ބޮޑެތި ވިޔަފާރި ވެރިންނާއި، މަޖިލިސް މެންބަރުންގެ އިތުރުން އޭރު ރައީސަކަށް ހުންނެވި ޔާމީންގެ އެކައުންޓަށްވެސް ވަނީ ޚިޔާނާތުގެ ފައިސާތައް ވަދެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް