N/A
N/A
ހަބަރު 14 Feb 2019 | 14:20

ބޮޑު ޚިޔާނާތުގެ ރިޕޯޓްއާއިއެކު މަހުލޫފް ހޫނުފެނަށް

މިއަދު އޭސީސީން އާންމުކުރި އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ރިޕޯޓްއާއި އެކު އެ ފައިސާތައް ވަން އެކައުންޓްތައް އާންމުންނަށް ތިލަވެގެންދިޔައެވެ.

މި އެކައުންޓްތަކުގެ ލިސްޓުން އެންމެ ބޮޑަށް އާންމުންގެ ލޮލުގައި އަޅައިގަތް އެކައުންޓަކީ މިސަރުކާރުގެ ޔޫތު މިނިސްޓަރ އަހުމަދު މަޚުލޫފްގެ އެކައުންޓެވެ. މަޚުލޫފްގެ އަމިއްލަ އެކައުންޓަށް، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާތައް ވަން އެސްއޯއެފްއިން 33،000ޑޮލަރ ޖަމާކުރިކަމަށް އެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

މިއާއި އެކު މުޅި ސޯޝަލް މީޑިޔާ ކެކިގެންދިޔައެވެ. ކޮރަޕްޝަނާއި ދެކޮޅަށް އަބަދުމެ ވަކާލާތު ކުރެއްވި މަޚުލޫފްގެ ފަރާތުން މިކަމާއި މެދު ކޮމެންޓަކަށް ގިނަ ފަރާތްތަކުން އެދެމުންދިޔައެވެ. އެހެންކަމުން މަޚުލޫފްވަނީ ބަޔާނެއް ނެެރުއްވާފައެވެ. އެމްއެމްޕީއާރްސީގެ ރިޕޯޓުގައި ނަންފެވިފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ އެކަމުގެ ތަފްސީލް ދެއްވީ މަހުލޫފްކަން ފާހަގަކޮށްލެވެއެވެ.

މަޚުލޫފް ވިދާޅުވިގޮތުގައި އެސްއޯއެފްގެ ޚިޔާނާތުގެ ފައިސާ ދިޔަ އެކައުންޓްތަކުގެ ތެރޭގައި އޭނާގެ އެކައުންޓް އިންކަން ދާދިފަހުން އެނގުމުން އެ މައްސަލަ އޭސީސީއަށް ހުށައަޅުއްވާފައިވާކަމަށެވެ.

https://voice.mv/2460

އެސްއޯއެފްެއާއި އެކު މުއާމަލާތްކުރެވުނީ މީގެ ފަސް އަހަރުކުރިން 2014ވަނަ އަހަރުގައިކަމަށް މަޚުލޫފް ވަނީ ފާހަގަކުރައްވާފައެވެ. އެއީ މަޚުލޫފްގެ އާއިލާއިން ދަޖީންސް ކިޔާ ފިހާރަ ހިންގިއިރުގައި، މަހުލޫފްގެ އެއްބަަފާ ކޮއްކޮ އަލީ މުބީން މެދުވެރިކޮށް ނަގުުދު ފައިސާ ދީފައި ޑޮލަރ ގަންނަން ކުރި މުއާމަލާތެއްކަމުގައިވަނީ އެބޭފުޅާ ވަނީ ފާހަަގަކުރައްވާފައެވެ.

އަދި އެ ޑޮލަރތައް މަހުލޫފްގެ އަމިއްލަ ޑޮލަރ އެކައުންޓަށް ޖަމާކޮށްފައިވަނީ ދަޖީންސް ފިހާރައިގެ ޑޮލަރ އެކައުންޓެއް ނެތުމުންކަމަށް މަޚުލޫފް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އެސްއޯއެފްއާއި އެކު މަޚުލޫފް މި މުއާމަލާތްކުރައްވާފައިވަނީ އެސްއޯއެފްއަށް ބޭރުފައިސާ ގަނެވިއްކުމުގެ ހުއްދަ ލިބުމުގެ މާކުރިންކަން ފާހަގަކޮށްލެވެއެވެ.

ވޮއިސްއަށް މައުލޫމާތު ދެއްވަމުން އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑަށް ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ ލިބުނީ 2015ވަނަ އަހަރުގެ ޖެނުއަރީމަހުގެ 13 ވަނަ ދުވަހުގައި ކަމަށެވެ. ނަމަވެސް އެމްއެމްޕީއާރްސީގެ ތަހުގީގުގެ ކަންކަން ނިމުމާއި އެކު، އެމްއެމްއޭގެ ފަރާތުން އެ ހުއްދަ ބާތިލްކުރިކަމަށް މުއައްވިޒް ވަނީ ވިދާޅުވެފައެވެ.

https://voice.mv/2467

އެ ހުއްދަ ބާތިލްކުރެވިފައިވަނީ 2016ވަނަ އަހަރުގެ ޖޫންމަހުގެ 21ވަނަ ދުވަހުގައެވެ. އެހެންކަމުން މި މުއާމަލާތަކީ ކަޅު ބާޒާރުގައި ޑޮލަރ ގަނެވިއްކުންކަމުގައި ބުނުމުގެ ޖާގަ އެބައޮތެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ހިމެނޭ އެސްއޯއެފް ކުންފުނިން ލިބިފައިވާ ކަމަށް ތަހުގީގު ރިޕޯޓުން ދައްކާ ޑޮލަރުތަކުގެ މައްސަލަތައް ބަލައި ނިމެންދެން ޔޫތު މިނިސްޓަރ އަހުމަދު  މަޚުލޫފް މިހާރުވަނީ ގޭގައި މަޑުކުރުމަށް އަންގައިފިއެވެ.

މަގާމުގެ މަސްއޫލިއްޔަތުތަކުން މަހުލޫފް ވަގުތީ ގޮތުން ދުރުކޮށް، ގޭގައި މަޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެންގެވިކަން މަހުލޫފްވަނީ ޓްވިޓަރ މެދުވެރިކޮށް ކަށަވަރުކޮށްދެއްވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް
13 Oct 2026 ހަބަރު

ބަނގުރަލުގެ ބޮޑު އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށްފި؛ 826 ބަނގުރާފުޅި އަތުލައިގަތް

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަލް އަމީން )34އ( އާއި، ޕޮލިން )43އ( އާއި، އެމް.ޑީ. ރަކިބް ހޮސެން )25އ( އެވެ. މި ތިންމީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...