އެމްއެމްޕީއާރސީ ހިޔާނާތް ރިޕޯޓް: އެސްއޯއެފްއިން މަހުލޫފްއަށް 33 ހާސް ޑޮލަރ ދިން؟
އެެމްއެމްޕީއާރްސީގެ ބޮޮޑު ޚިޔާނާތުގައި އެންމެ ގިނަ އަދަދެއްގެ ފައިސާ ލިބުނު އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަކުން ޔޫތް މިނިސްޓަރ އަހުމަދު މަޚުލޫފަށް 33،000ޑޮލަރ ލިބުނުކަން ހާމަވެއްޖެއެވެ.
މިކަން ހާމަވެފައިވަނީ އޭސީސީގެ ފަރާތުން މިއަދު އާންމުކުރި އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ރިޕޯޓުންނެވެ.
އެ ރިޕޯޓްގައި ވާގޮތުގައި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑްގައި ހުޅުވާފައިވާ ނަންބަރު 002-700925-7701 އެމެރިކާ ޑޮލަރު އެކައުންޓަށް ޖަމާކުރުމަށްފަހު، އެ ފައިސާތައް ފޮނުވާފައިވާ އަމިއްލަ ފަރާތްތަކުގެ ތެރޭގައި މިނިސްޓަރ މަޚުލޫފްވެސް ހިމެނިވަޑައިގަންނަވައެވެ.
އެގޮތުން މަޚުލޫފަށް އެސްއޯއެފްގެ ޑޮލަރ އެކައުންޓުން 33،000ޑޮލަރ ލިބުނުކަމަށް ތަހުގީގު ރިޕޯޓްގައިވަނީ ބުނެފައެވެ.
މި ފައިސާ މަހުލޫފަށް ލިބިލައްވާފައިވަނީ ކީއްވެތޯ އެ ރިޕޯޓްގައި ފާހަގަކޮށްފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް