ވިޔަފާރި
25 Sep 2023 | 14:44
"ޕްލެއިން ސޮލެއިލް"ގެ ފްރައިސް ބޭނުން ކޮށްގެން ޑާޓީ ފްރައިސް ތައްޔާރު ކޮށްލާނެ ގޮތް!

ވިލާމާޓުން އެކްސްކްލޫސިވް ކޮށް ވިއްކަމުންދާ ޕްލެއިން ސޮލެއިލް ބްރޭންޑް އުފެއްދުން ތަކުގެ ތެރޭގައި ހިމެނޭ  ފްރޯޒެން ވެޖިޓަބަލް، އޭޝިއަން މިކްސް ސްޓާ ފްރައި މިކްސްގެ، ފްރޯޒެން ޕީސް، ކެރެޓް އަދި މި ނޫންވެސް އުފެއްދުންތަކަކީ ކޮންމެ ދުވަހެއްގެ ކެއްކުން ތަކުގައިވެސް ބޭނުން ކުރެވޭނެ ބާވަތްތަކެވެ. ކެއްކުމުގައި މި ތަކެތި ބޭނުން ކުރުމުން ވަގުތު ވެސް ސަލާމަތް ކުރެވޭނެއެވެ. އެހެންކަމުން، ދިރިއުޅުމުގެ އެކިކަންކަމުގައި ބިޒީކޮށް އުޅެމުން އަވަހަށް ކެއުމެއް ތައްޔާރުކޮށްލަން ބޭނުންނަމަވެސް ޕްލެއިން ސޮލެއިލް ބްރޭންޑުގެ ޕްރޮޑަކްޓްތައް އިޙުތިޔާރުކުރުމަކީ ރަނގަޅު ވިސްނުމެކެވެ.

ޚާއްސަކޮށް، ޕްެލެއިން ސޮލެއިލްގެ ގަނޑުކުރި ކާނާތައް ތައްޔާރުކޮށް ބަންދުކޮށްފައި ހުންނަނީ އޭގައި ހިމެނޭ ވިޓަމިނާއި މިނަރަލްސް އެކުލެވިގެންވާ މިންވަރަށް ބަދަލެއް ނާންނާނެފަދައިން ކަމަށް ވާއިރު، މީގެ ސަބަބުން މިޕްރޮޑްތަކުން ލިބިދޭ ހަށިގަނޑަށް ފައިދާހުރި މާއްދާތަކުގެ ތެރެއިން ކާބޯހައިޑްރޭޓްސް، ޕްރޮޓީންސް އަދި ފެޓް ގެ މިންވަރަށް ބަދަލެއް ނާންނަކަން ފާހަގަކޮށްލެވެއެވެ.

ޕްލެއިން ސޮލެއިލްގެ ގަނޑުކުރި ތަރުކާރީގެ އިތުރުން ތަފާތު ލުއިކާނާތައް ތައްޔާރުކުރުމަށް ބޭނުންވާ، ސްޕްރިންގް ރޯލްސް އާއި، ޗީޒް ޕަފް އާއި، ޕޭސްޓްރީ ޕަފް، އޮނިއަން ރޯލްސް، ފެރެންޗް ފްރައިސް އާއި ޕޮޓޭޓޯ ވެޖާ މި ނޫނަސް އެތައް ޕްރޮޑަކްޓެއް ވިލާމާޓުން އަންނަނީ އެތެރެކޮށް ވިއްކަމުން ދެއެވެ.

މިއަދުގެ މި އާޓިކަލް ގައި ބަލާލާނީ ޕްލެއިން ސޮލެއިލްގެ ފްރެންޗް ފްރައިސް ބޭނުން ކޮށްގެން "ޑާޓީ ފްރައިސް" ތައްޔާރު ކޮށްލާނެ ގޮތެވެ.

ޑާޓީ ފްރައިސް އަކީ އެއްފަހަރު ކައިފި ނަމަ، އެތައް ފަހަރަކު ކާން ބޭނުންވާނެ އެއްޗެއް ކަން ޔަގީނެވެ. ޗިޕްސްގެ މަތީގައި ބޭކަން އާއި، ފިޔާ އާއި، ބެލް ޕެޕާއާއި، ކެޖުން ސީޒަނިންގ ގެ އިތުރުން ޗީޒް އަޅާލައިގެން ތައްޔާރު ކޮށްލާ މި ފްރައިސް ފެނުމުންވެސް ކާހިތްވާނެއެވެ.

ބޭނުންވާ ތަކެތި 

ލަންޗިއޮން މީޓް

އަލްމަރައި ސްލައިސް ޗީޒް (ޗެޑަރ)

ރެޑް ބެލްޕެޕާ

އިޓަލިއަން ސީޒަނިން

ލުނބޯ ހުތް

އަސޭމިރުސް

ލޮނު

ޓޮމާޓޯ ޕޭސްޓް

ލޮނުމެދު ޕޭސްޓް

ޗިލީ ސޯސް

ޕްލެއިން ސޮލެއިލް ފްރެންޗް ފްރައިސް

އަލްމަރައި ފުލް ކްރީމް މިލްކް

އޮޓީމާ ޓްރަފްލް އޮލިވް އޮއިލް

ތައްޔާރުކުރާނެ ގޮތް

1) ޓްރޭއެއްގެ ތެރެއަށް އޮލިވް އޮއިލް އެޅުމަށްފަހު އޭގެ ތެރެއަށް ލަންޗިއޮން މީޓް އަޅައި މުރަނަ ވަންދެން ފްރައި ކޮށްލާށެވެ.

2) ދެން އޭގެ ތެރެއަށް  ތެޅި މިރުހާއި ގާލިކް ޕޭސްޓް  އެޅުމަށްފަހު އެކުލަވާލާށެވެ.

3) އެއަށްފަހު ޓޮމާޓޯ ޕޭސްޓް އަދި ޗިލީ ސޯސް އެޅުމަށްފަހު ރަނގަޅަށް އެކުލަވާލާށެވެ. ދެން ތައްޓަކަށް އެ ލަންޗިއޮން މީޓް އަޅާލާށެވެ.

4) އެހެން ތަވައަކަށް ފުލްކްރީމް މިލްކް އެޅުމަށްފަހު ބޭނުން ވަރަކަށް ސްލައިސް ޗީޒް އަޅާށެވެ. ޗީޒް ވިރި ސޯސް އަށް ވުމުން، އިޓާލިއަން ސީޒަނިންގ އަޅާލާށެވެ.

5) ތެޔޮ ފޮދެއް ގައި ރަން މުށި ކުލަ އަރައި މުރަނަ ވަންދެން ފްރައިސް ތެލުލާލާށެވެ. ދެން އެއަށް ލުނބޯ ހުތާއި އަސޭމިރުސް އެޅުމަށްފަހު އެކުލަވާލާށެވެ.

6) ދެން އޭގެ މައްޗަށް ލަންޗިއޮން  މީޓް އަޅާލާށެވެ. އެއަށްފަހު ލަންޗިއޮން މީޓް ގެ މައްޗަށް ބެލް ޕެޕާ އަޅާލާށެވެ. ފަހު ކަމަކަށް، ޗީޒް ސޯސް ގަނޑު އޭގެ މައްޗަށް އަޅާލާށެވެ.

ވިލާ މާޓުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ތަކެތި ފޯރު ކޮށްދީ، ހިތްހަމަޖެހުމާއިއެކު ވިޔަފާރި ކޮށްލެވޭނެ މަގު ފަހި ކޮށްދިނުމަށް ކަމަށް އެ ފިހާރައިން ބުނެއެވެ. އެގޮތުން ކަސްޓަމަރުންނަށް އެންމެ ފަސޭހައިން ވިޔަފާރި ކުރެވޭނެ މަގު ތަނަވަސް ކުރުމަށްޓަކައި އެ ކުންފުނިން މިހާރު ވެބްސައިޓެއްވެސް ލޯންޗްކޮށްފައިވާކަމަށެވެ. އެ ވެބްސައިޓްގައި ވިލާ މާޓް އިން ލިބެން ހުންނަ ޕްރޮޑޮކްޓްތަކާއި ގުޅުން ހުރި މައުލޫމާތުތައް ލިބެން ހުންނައިރު، ތަކެތި ގަނެގެން ވަގުތުން ފައިސާވެސް ދެއްކޭނެ ކަމަށްވެސް ވިލާ މާޓުން ބުނެފައިވެއެވެ. 

ވެބްސައިޓްގެ އިތުރުން ވިލާ މާޓްގެ ހާއްސަ އެޕް މިހާރު އެޕް ސްޓޯރުންނާއި ގޫގުލް ސްޓޯރުންވެސް ލިބޭން ހުރި އިރު، މިއީ ގޭގައި ތިބެގެން ވިޔަފާރިކޮށްލަން ލިބޭ ރަނުގެ ފުރުސަތެއް ކަންވެސް ވިލާ މާޓުން ފާހަގަކުރެއެވެ.

ވިލާ މާޓުން ވިއްކާ ހުރިހާ ތަކެއްޗެއްވެސް މާލެ, ހުޅުމާލެ އަދި  ދޯނިފަހަރުތަކަށް ޑެލިވާ ކޮއްދޭނެއެވެ. އިތުރު މައުލޫމާތު ބޭނުންފުޅުކަމުގައި ވާނަމަ ވިލާ ޓްރޭޑިންގްގެ ހޮޓްލައިން ނަމްބަރ: 7667711 އަށް ގުޅާލައްވާ ނުވަތަ [email protected] އަށް މެއިލްއެއް ފޮނުއްވާލެއްވުމުން ލިބޭނެ ކަމަށް ވިލާ މާޓުން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.