"ކިޔާލަމާ" "ރޯޒީ ދަ ރެއިންޑްރޮޕްސް އެޑްވެންޗާ: ދަ ވޯޓާ ސައިކަލް" ވާހަކަ ފޮތް-- ފޮޓޯ/ކިޔާލަމާ
11 Dec 2023 | 13:46
"ކިޔާލަމާ"ގެ ރޯޒީ ދަ ރެއިންޑްރޮޕްސް އެޑްވެންޗާ: ދަ ވޯޓާ ސައިކަލް، ވާހަކަފޮތް މިހާރު މާލެއިން ލިބެން ހުންނާނެ!

"ކިޔާލަމާ"ގެ "ރޯޒީ ދަ ރެއިންޑްރޮޕްސް އެޑްވެންޗާ: ދަ ވޯޓާ ސައިކަލް" ގެ ނަމުގައި އައު ވާހަކަފޮތެއް ޝާއިއުކޮށް ނެރެފިއެވެ. 

މައުލޫމާތުން ފުރިގެންވާ މި ފޮތަކީ ދިވެހި ޝާޢިރު، ފާތިމަތު އަމީރާ އޮސްމަނަގިޗް ލިޔެ، ދިވެހި ކުރެހުންތެރިޔެއް ކަމަށްވާ މަރިޔަމް މަންހަލް އަޖީބު އިލަސްޓްރޭޓު ކޮށްފައިވާ ކުޑަކުދިންނާ ގުޅޭ ހިތްގައިމު ކުރެހުންތައް ގެނެސްދީފައިވާ ފޮތެކެވެ. 

ފޮތާއި ގުޅިގެން 'ވޮއިސް' އަށް މަޢުލޫމާތު ދެއްވަމުން އަމީރާ ބުނީ، މި ވާހަކައިގެ މަގުސަދަކީ ތުއްތު ކުދިންގެ ޝައުގުވެރިކަން ވަށައިގެންވާ މާހައުލަށް އަނބުރާލައި، ސްކޫލުގައި ކިޔަވާ ވޯޓާ ސައިކަލަށް ތުއްތު ދުވަސްވަރުން ފެށިގެން އަހުލުވެރިކުރުވައި، ދަސްކޮށްދިނުން ކަމަށެވެ.

އަދި ތުއްތު ސިކުނޑިތަކަށް އެކުދިންގެ މާޙައުލުގައިވާ އަޖާއިބުކުރަނިވި ކަންތައްތައް ޅައުމުރުގައި ދަސްކޮށްދީ، އަހުލުވެރިކުރުވުމަށް މިފޮތުގެ އެހީގައި ބެލެނިވެރިންނަށް ފަސޭހަވެގެންދާނެ ކަމަށް އަމީރާ ގަބޫލުކުރެއެވެ. 

މިފޮތް މިހާރު މާލެއާއި އައްޑުއިން ވަގުތުން ލިބެން ހުރިއިރު ފޮތެއްގެ އަގަކީ 220ރ. އެވެ. ފޮތް އޯޑަރުކުރުމަށް ކިޔާލަމާގެ އިންސްޓަގްރާމު ޕޭޖަށް ޒިޔާރަތްކުރުމަށްފަހު ވަގުތުން ގަނެވޭނެ ކަމަށް އަމީރާ ބުނެފައިވެއެވެ.

އަދި މާލެއާއި ހުޅުމާލެ އަދި އައްޑޫގެ އެކި ހިސްބުތަކަށް މި ފޮތް ހިލޭ ޑެލިވަރީ ކުރުމުގެ އިންތިޒާމުވެސް ހަމަޖެހިފައިވާ ކަން އޭނާ ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ފޮތް ލިބޭނެ އިންތިޒާމުވެސް ވަރަށް ކައިރި މުސްތަޤުބަލެއްގައި ހަމަޖެހިގެންދާނެ ކަމަށާ، އެކަމާއި ގުޅޭ އެންމެ ފަހުގެ ޚަބަރުތައް ކިޔާލަމާގެ އިންސްޓަގްރާމް ޕޭޖުން ލިބިގެންދާނެ ކަމަަށް އަމީރާ ބުންޏެވެ. 

https://instagram.com/kiyaalamaa

އަމީރާ އިތުރަށް ބުނީ، ރާއްޖެއިން ބޭރުން ފޮތް ގަންނަން ބޭނުންވާ ފަރާތްތަކަށް އެމެޒަން މެދުވެރިކޮށްވެސް ފޮތް ގަނެވޭނެ ކަމަށާ، އެމެޒަން ގައި 12$ އަށް ފޮތް ލިބެން ހުންނައިރު 6$ އަށް މިފޮތުގެ އީބުކް ވެސް އެމެޒަން އިން ލިބެން ހުންނާނެ ކަމަށެވެ. 

"އަޅުގަނޑުމެން، ކިޔާލަމާ ޓީމުން އުއްމީދުކުރަނީ ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ވީހާވެސް ގިނަ ތުއްތު ކުދިންނަށް 'ރޯޒީ ދަ ރެއިންޑްރޮޕްސް އެޑްވެންޗާ ތަޖުރިބާ ކޮށްލެވުމުގެ ފުރުސަތު ލިބުމަށް" އަމީރާ ބުންޏެވެ. 

ކިޔާލަމާއިން މިހާރު މަސައްކަތް ކުރަމުން އަންނަނީ, ކުޑަކުދިންގެ ސިކުނޑިތައް ސައިންސާއި، ވަށައިގެންވާ މާޙައުލަށް މިސްރާބު ޖަހާނެ މިފަދަ އިތުރު ފޮތްތައް ދިވެހި އަދި އިނގިރޭސިން ތައްޔާރުކޮށް ބާޒާރަށް ގެނެސްދިނުމަށް ކަން އަމީރާ ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ
ސައުޒީ ގެޒެޓުން މިއަދު ބުނީ ސައުދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، މިސްރު، އުރުދުން، ސޫރިޔާ، ފަލަސްތީން އަދި ސޫދާނަށް ނިސްބަތްވާ މީހެކެވެ
11 Oct 2026
އަންހެން ދަރިންނަށް ކުރާ އިންވެސްޓްމަންޓް ވެގެންދާނީ، ފާގަތި މުސްތަގްބަލަކަށް ކުރެވޭ އިންވެސްޓްމަންޓަކަށް
އަންހެން ދަރިންގެ ކުރިއެރުމަށްޓަކައި ކުރާ ކޮންމެ ހޭދައަކާއި އިންވެސްޓްމަންޓަކީ، މުޅި މުޖުތަމައުގެ ހަމަހަމަކަމާއި އެންމެންގެ ބައިވެރިވުން ހިމެނޭ، އުޖާލާ އަދި ފާގަތި މާދަމައެއް ބިނާކުރުމަށްޓަކައި އެޅޭ އެންމެ މުހިންމު ބިންގާ
11 Oct 2026
އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ