އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު. މީގެ ކުރިން ނޫސްވެރިންނަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަދައްކަވަނީ...
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު. މީގެ ކުރިން ނޫސްވެރިންނަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަދައްކަވަނީ...
ހަބަރު 28 Aug 2024 | 03:16

ފައިދާނުވާ ކުންފުނިތައް އުވާލަން ޖެހޭނަމަ އެކަންކުރާނަން: ސައީދު

ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ފައިދާ ނުނެރެވޭ ކުންފުންޏެއްނަމަ، އެފަދަ ކުންފުނިތައް އުވާލުމަށް ފަސްނުޖެހޭނޭކަމަށް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަރުކާރު ކުންފުނިތަކުގެ ތެރެއިން މިވަގުތަށް އެންމެ ދަރަނި ބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ޕަބްލިކް ސާވިސް މީޑިއާއިން ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިގްތިސާދީ ވަޒީރު ވިދާޅުވީ، އިޤްތިސާދު ރިފޯމްކުރުމަށް ފަށާފައިވާ މަސައްކަތްތަކުގައި މި ސަރުކާރުން ކުރުމަށް ވައުދުވި ކަންކަން ކުރާނޭކަމަށެވެ. މިގޮތުން ފައިދާ ނުވާ ކުންފުނިތައް އުވާލަން ޖެހިއްޖެނަމަ އެކަން ކުރާނޭކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ، އެއްކޮށްލަން ޖެހޭ ކުންފުންޏެއް ފާހަގަކުރެވޭ ނަމަ އެކަންވެސް ކުރާނޭކަމަށެވެ.

ފައިދާނުވާ ކުންފުނިތަކަށް އެއްވެސް މާނައެއްނެތް ގޮތެއްގައި ހަރަދުކުރަމުންދިއުމަކީ މި ސަރުކާރުން ގެންގުޅޭނޭ ސިޔާސަތެއް ނޫންކަމަށާއި، ނިމިގެންދިޔަ ސަރުކާރުގައި ކުންފުނިތައް ހިންގާފައިވަނީ، އިގްތިސާދަށް ގެއްލުންވާ ގޮތަށްކަމަށް ސައީދު ވިދާޅުވިއެވެ.

މީގެ މިސާލެއްގެ ގޮތުގައި މިނިސްޓަރު ސައީދު ނެންގެވީ ފެނަކައެވެ. މިނިސްޓަރު ވިދާޅުވީ އެމްޑީޕީ ވެރިކަމުގައި ފެނަކައަށް ނުކަތާވަރަށް މުއައްޒަފުން ވެއްދުމުގެ ނަތީޖާއަކީ އެތައް ގޮތަކުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދިއުން ކަމަށެވެ. މިގޮތުން ފެނަކައިގެ ހަރަދުތައް ބޮޑުވެ، ކުންފުނީގެ ދަރަނި 3.2 ބިލިއަން ރުފިޔާއަށް އަރައިގެން ދިޔަކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ޒުވާނުން ފެނަކައަށް ވައްދައި ވަޒީފާ ދިނުމުގެ ނަތީޖާއަކީ މަހަށް ނިކުންނަ ދޯނިތައް ކަންބޮޑުވާވަރަކަށް މަދުވެގެންދިއުންކަމަށް ސައީދު ފާހަގަކުރެއްވިއެވެ.

ފެނަކައިގައި ހަމައެކަނި ނުދައްކާހުރި ފައިސާވެސް 3.2 ބިލިއަން ރުފިޔާ އެބަހުރި. 3.2 ބިލިއަން ރުފިޔާ އޮތްއިރުގަ ވިސްނުންފުޅަށް ގެންނަވާ އެފައިސާ އަޅުގަނޑުމެން އަދާނުކޮށްފިނަމަ

އިގްތިސާދީ ވަޒީރު ސައީދު

މިނިސްޓަރު ސައީދު ވިދާޅުވީ މި ސަރުކާރުން އިގްތިސާދު ހަމަޔަކަށް އެޅުވުމަށް އިހުލާސްތެރިކަމާއެކު ކުރި މަސައްކަތުގެ ނަތީޖާ މިއަދު ފެންނަން ފަށާފައިވާކަމަށެވެ. މިގޮތުން ހަރަދުތައް މުރާޖައާކުރުމަށް އެޅުނު ފިޔަވަޅުތަކާއެކު މިއަހަރުގެ މިހާތަނަށް 16 ބިލިއަން ރުފިޔާ ސަލާމަތްވުންކުރެވުން ކަމަށާއި، މީގެ ނަތީޖާއެއްގެ ގޮތުން ސޮވަރިން ފަނޑުގައި މިހާރު 60 މިލިއަނަށްވުރެ ގިނަ ޑޮލަރު ހުންނާނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެމްޑީޕީ ސަރުކާރު ވެރިކަމާ ހަވާލުވިއިރު ސޮވަރިން ފަންޑުގައި 200 ޑޮލަރު ހުންނާނޭކަމަށާއި، ނަމަވެސް އެ ސަރުކާރު ނިމިގެންދިޔައިރު ސޮވަރިން ފަންޑުގައި ހުރީ އެންމެ ދެ މިލިއަން ޑޮލަރުކަމަށްވެސް ރައީސް ޔާމިނު ސަރުކާރުގައި އިގްތިސާދީ ވުޒާރާ ބެލެހެއްޓެވި ސައީދު ވިދާޅުވިއެވެ.

ފައިދާނުވެ ދަރަނިތައް ބޮޑުވަމުންދާ ކުންފުނިތައް އުވާލައި ނުވަތަ ފައިދާވަމުންދާ ކުންފުންޏަކާ އެއްކޮށްލާނޭކަމަށް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވިއިރު، ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން މިހާރު އެންމެބޮޑަށް ދަރަނިވެރިވެފައިވާ ކުންފުނިތަކަކީ، ފެނަކަ، ޕީއެސްއެމްގެ އިތުރުން އައިލެންޑް އޭވިއޭޝަނެވެ

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވެއްޖެ
03 Nov 2026 ހަބަރު

ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވެއްޖެ

ދިވެހި ފުލުހުންގެ ހިދުމަތުން އާންމުކޮށްފައިވާ ސްކޭމް މައްސަލަތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުގެ 25 އިން ފެށިގެން 31 ގެ ނިޔަލަށް ހުށަހެޅުނު ސްކޭމްގެ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ މުއާމަލާތްތަކެވެ. އެގޮތުން އެ މުއްދަތުގައި ރިޕޯޓުކުރި ޖުމްލަ 32 މައްސަލައިގެ ތެރެއިން 17 މައްސަލައަކީ ބޭރު ފައިސާ މާރުކުރުމާ ގުޅޭ މައްސަލަތަކެވެ.

ދިވެހި ފުލުހުންގެ ހިދުމަތަށް ކޮންސްޓަބަލުން ހޯދަނީ
03 Nov 2026 ހަބަރު

ދިވެހި ފުލުހުންގެ ހިދުމަތަށް ކޮންސްޓަބަލުން ހޯދަނީ

މި މަޤާމަށް ހޮވޭ މުވައްޒަފަކަށް މަހަކު ޖުމްލަ 15،500 ރުފިޔާގެ މުސާރައެއް ލިބޭނެއެވެ. މީގެ ތެރޭގައި 8،990 ރުފިޔާގެ އަސާސީ މުސާރައަކާއި، 6،510 ރުފިޔާގެ މަޤާމުގެ އެލަވަންސެއް ހިމެނެއެވެ. މިއަދަދުގެ އިތުރުން، ފުލުހުންގެ ވަޒީފާގެ ގަވާއިދުގައިވާ ގޮތުގެމަތިން އެހެނިހެން އިނާޔަތްތަކާއި އެލަވަންސްތައްވެސް ލިބިގެންދާނެ ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ޖޫރިމަނާގެ ގޮތުގައި އަންނަ އަހަރު ލިބޭ ފައިސާ ދަށްވާނޭކަމަށް ލަފާކޮށްފި
03 Nov 2026 ހަބަރު

ޖޫރިމަނާގެ ގޮތުގައި އަންނަ އަހަރު ލިބޭ ފައިސާ ދަށްވާނޭކަމަށް ލަފާކޮށްފި

ފިނޭންސް މިނިސްޓްރީން ހުށަހެޅި ބަޖެޓް ތަފްސީލްތަކަށް ބަލާއިރު، ކުރިއަށްއޮތް 2027 އަހަރު ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބޭނޭކަމަށް އަންދާޒާކުރާ އަދަދަކީ 188.5 މިލިއަން ރުފިޔާއެވެ

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
03 Nov 2026 ހަބަރު

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

އެންމެ މުހިންމު ދެ ޝަރުތަކީ ދިވެއްސަކަށްވުމާއި ކުންފުނީގެ ހިއްސާދާރަކަށް ވުމެވެ. މީގެ އިތުރުން އުމުރުން 30 އަހަރުވުމާއި، ކުންފުނީގެ ވިޔަފާރިއާއި، ވިޔަފާރީގެ ދާއިރާތަކަށް އަހުލުވެރި ވުމާއި މާލީ ރިޕޯޓްތައް ދިރާސާކުރުމުގެ ގާބިލްކަންވެސް ހުންނަން ޖެހެއެވެ. މީގެ އިތުރުންވެސް އެކުންފުނިން ވަނީ ހުންނަންޖެހޭ ޝަރުތުތައް އާންމުކޮށްފައެވެ.

ދިވެހިންގެ ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒު ކާމިޔާބުކަމާއެކު ނިންމާލައިފި
03 Nov 2026 ހަބަރު

ދިވެހިންގެ ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒު ކާމިޔާބުކަމާއެކު ނިންމާލައިފި

ޖުމްލަ 9 ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ މިފަހަރުގެ މައުރަޒަކީ މިހާތަނަށް އެންމެގިނަ ބަޔަކު އަދި އެންމެގިނަ އުފެއްދުންތައް ފެނިގެންދިޔަ މައުރަޒެވެ. އެގޮތުން މިފަހަރުގެ މައުރަޒުގައި 780 ފަރާތަކުން ރަޖިސްޓްރީކޮށް، 419 ފަރާތަކުން 4،404 އުފެއްދުން ބައިވެރިކުރިއެވެ. މިއީ 2025 ވަނަ އަހަރާ އަޅާބަލާއިރު 83.5 އިންސައްތައިގެ އިތުރުވުމެކެވެ

އިމިގްރޭޝަނުން މިއަދުވެސް ޕާސްޕޯޓް ހިދުމަތް ލިބޭނެ: އިމިގްރޭޝަން
03 Nov 2026 ހަބަރު

އިމިގްރޭޝަނުން މިއަދުވެސް ޕާސްޕޯޓް ހިދުމަތް ލިބޭނެ: އިމިގްރޭޝަން

އިމުގާ މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށެހެޅޭނޭކަން ފާހަގަކުރަމުން އިމިގްރޭޝަނުން ބުނީ، ޕާސްޕޯޓް ނެގުމަށް ބޭނުންވާ ފަރާތްތަކަށް މާލެ އަދި އައްޑޫ ސިޓީން މިއަދު ހެނދުނު 08:30 އިން ފެށިގެން 17:00 އާ ހަމަޔަށް ކިއުބީ މެދުވެރިކޮށް ނަމްބަރު ދޫކުރަމުންދާނޭކަމަށެވެ. ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭކުން ނަމްބަރު ދޫކުރަމުންދާނީ ހަވީރު ހަތަރެއް ޖެހުމާ ހަމައަށްކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ

މިނިވަންކަން ދެމިއޮތުމުގައި ސިފައިންގެ ހިތްވަރާއި ޖިހާދުން ފިލާވަޅު ލިބިގަންނަންޖެހޭ: ރައީސް ޑރ.މުއިއްޒުު
03 Nov 2026 ހަބަރު

މިނިވަންކަން ދެމިއޮތުމުގައި ސިފައިންގެ ހިތްވަރާއި ޖިހާދުން ފިލާވަޅު ލިބިގަންނަންޖެހޭ: ރައީސް ޑރ.މުއިއްޒުު

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ.މުއިއްޒު ވިދާޅުވީ، އަޅުގަނޑުމެންގެ މި ދިވެހި ފަސްގަނޑު މިނިވަންކަން މަތީ ދެމިއޮތުމުގައި ދިވެހި ސިފައިންގެ ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދަކީ އެއިން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް ކަމަށެވެ

ނަޞްރުގެ ދުވަހުގެ ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި
03 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

ހަނދާނީ ބިނާ ސަރަހައްދުގައި ބޭއްވި މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގެންނެވުމުން މަރުޙަބާ ދެންނެވީ ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދެވެ.