ހިތާމަވެރި ވަކިވުމެެއް، ޑޮކްޓަރަކަށް ވުމަށްފަހު އެނބުރި އަންނަން އޮތް ދުވަހު ނިޔާވެއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ފިލިޕީންސް ގައި ދިވެއްސަކު ނިޔާވެއްޖެ އެވެ.
އެ ގައުމުގައި ނިޔާވީ އުމުރުން 30 އަހަރުގެ ދިވެހި ޒުވާނެއް ކަމަށްވާ ހުމެއިދު އަހްމަދު އެވެ. ހުމެއިދުގެ ގާތް މީހަކު "ވޮއިސް" އަށް ބުނި ގޮތުގައި ނ. ހޮޅުދޫއަށް އުފަން އެ ޒުވާނާ ނިޔާވެފައި އޮއްވާ ފެނުނީ ދިރިއުޅޭ ކޮޓަރި ތެރޭގަ އެވެ.
ހުމެއިދު އަކީ ޑޮކްޓަރުކަން ކިޔަވަން ފިލިޕީންސްއަށް ގޮސްހުރި ޒުވާނެކެވެ. ޑޮކްޓަރަކަށް ވުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ފަހު ފުރަން އޮތީ އިއްޔެ އެވެ.
ނިޔާވެފައި އޮއްވާ ފެނުނީ އާއިލާއަށް ހަބަރެއް ނުވާތީ އެކަން އެ ގައުމުގައި ހުރި އޭނާގެ އެކުވެރީންނާއި ހިއްސާކުރުމުން އެ މީހުން ގޮސް ބެލުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް