އިމުގެ ތެރެއިން އީދު ފާހަގަކުރި ފަރާތްތަކަށް އެކަމުގެ އަގުވަޒަންކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން..
އިމުގެ ތެރެއިން އީދު ފާހަގަކުރި ފަރާތްތަކަށް އެކަމުގެ އަގުވަޒަންކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން..
ދީން 27 Jun 2026 | 11:14

އިމުގެ ތެރެއިން އީދު ފާހަގަކުރި ފަރާތްތައް ހޮވައި، ސަލަފުން އެކަމުގެ އަގުވަޒަންކޮށްފި

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން މިއަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމުގައި ދީނީ އިމުގެ ތެރެއިން ޢީދު ފާހަގަކުރި 11 ފަރާތެއް ހޮވައި އެކަމުގެ އަގުވަޒަންކޮށް އިނާމު ދީފިއެވެ.

ސަލަފުން ބުނީ އިސްލާމީ އިމުތަކުގެ ތެރެއިން އަޟްޙާ ޢީދު ފާހަގަކުރި ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ދޭ ޚާއްޞަ އެވޯޑަށް ހުޅުވާލުމުން 15 ފަރާތެއް ކުރިމަތިލިކަމަށެވެ. އަދި އެވޯޑް ލިބޭ ފަރާތްތައް ކަނޑައަޅާފައިވަނީ, އެޖަމްޢިއްޔާއިން ކަނޑައަޅާފައިވާ އިންތަކަށް ރިޢާޔަތްކޮށްގެން ކަމަށެވެ.

"ޢީދު އިމުގެ ތެރޭގައި" މި ނަމުގައި ސަލަފުން ދޭން ފަށާފައިވާ މި އިނާމަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢީދު އުފާ ފާޅުކުރުމަށް ހިންގާ ޙަރަކާތްތައް ދީނީ ހަމަތަކުގެ މަތިން ކުރިއަށްގެންދާ ފަރާތްތައް ފާހަގަކޮށް، އެފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ ޚާއްޞަ އިނާމެކެވެ. 1446 ވަނަ އަހަރު ދޭން ފެށި މި ހިތްވަރުދިނުމުގެ އިނާމު ދޭ މިއީ 2 ވަނަ ފަހަރެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ އެ ފަރާތްތަކާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ދާޚިލީ ސަލާމަތާ މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ކުރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު މާހިރު އީސާއެވެ. މި ރަސްމިއްޔާތުގައި ޖަމްޢިއްޔާގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ޖަމްޢިއްޔަތުއްސަލަފުން މިހަނދާނީ ލިޔުން ދިނުމަށް ނިންމި ފަރާތްތަކުގެ ތެރޭގައި ރަށު ކައުންސިލްތަކާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތައް ހިމެނެއެވެ.

ދީނީ އިމުގެ ތެރެއިން ޢީދު ފާހަގަކޮށްގެން އިނާމު ލިބުނު ފަރާތްތައް:

- އދ. މާމިގިލި ކައުންސިލް

- ލ. މާވަށް ކައުންސިލް

- ޖަމްޢިއްޔަތުލް ޤަލަމް ( އދ.ދަނގެތި)

- ޖަމްޢިއްޔަތު ރިސާލާ (ހދ.ނޮޅިވަރަން)

- އަލްބައްޔިނާ ( އދ.މަހިބަދޫ)

- އއ. ހިމަންދޫ ކައުންސިލް

- ރ. ކިނޮޅަސް ކައުންސިލް

- މ. ދިއްގަރު ކައުންސިލް

-  މަރަދޫ ޢީދު އޯގަނައިޒިންގ ކޮމިޓީ އާއި މަރަދޫ އަވަށު އޮފީސް

- އަލްމާނާރު ޖަމިއްޔާ އަދި ފޭދޫ އަވަށު އޮފީސް

- ބ. ހިތާދޫ އިރުމަތީ އަވަށް

ޖަމްޢިއްޔަތުއްސަލަފުން ބުނީ، މި އެވޯޑުގެ ސަބަބުން ރާއްޖޭގެ ރަށްރަށުގައި އިސްލާމީ އަޚުލާޤާއި ދީނީ އިމުގެ ތެރެއިން ޢީދު ފާހަގަކުރުމުގެ ރީތި އާދަ އަށަގަތުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށެވެ. އަދި މިފަދައިން މި އެވޯޑު ދިނުމުގެ މައިގަނޑު މަޤުޞަދަކީވެސް، ޢީދު އުފާ ފައުޅުކުރުމަކީ، ދީނީ ޝިޢާރަކަށްވުމާއެކު، މުންކަރާތްތަކުން ދުރުވެތިބެ، އިސްލާމްދީނުގެ ހުދޫދުގެ ތެރޭގައި އުފާފައުޅުކުރުމަށް ހިތްވަރު ދިނުމާ އެކަން އާލާކުރުންކަމަށްވެސް އެޖަމްޢިއްޔާއިން ބުނެއެވެ

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރަސްމާލެ މަޝްރޫޢުއާ ގުޅިގެން ހުށަހެޅި ކަންކަމަށް ރިޢާޔަތްކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވި: ސަލަފްގެ ތަރުޖަމާނު
29 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުއާ ގުޅިގެން ހުށަހެޅި ކަންކަމަށް ރިޢާޔަތްކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވި: ސަލަފްގެ ތަރުޖަމާނު

ރަސްމާލޭގައި ކުރިޔަށް ގެންދިޔުމަށް ސަރުކާރުން އިޢްލާނުކޮށްފައިވާ މަޝްރޫޢާ ގުޅޭގޮތުން ޖަމްޢިއްޔަތުއްސަލަފުން ހުށަހަޅާފައިވާ ކަންކަމަށް ރިޢާޔަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފައިވާކަމަށް އެ ޖަމިއްޔާގެ ތަރުޖަމާނު އައްޝައިޚް ހަސަން މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ.

ބޭރުގެ މަޝްރޫޢުތައް އެކަށައެޅުމުގައި ކަށަވަރުކުރަންޖެހޭ މައިގަނޑު 8 ކަމަކަށް ރިޢާޔަތް ކުރުމަށް ސަލަފްއިން އެދިއްޖެ
29 Oct 2026 ހަބަރު

ބޭރުގެ މަޝްރޫޢުތައް އެކަށައެޅުމުގައި ކަށަވަރުކުރަންޖެހޭ މައިގަނޑު 8 ކަމަކަށް ރިޢާޔަތް ކުރުމަށް ސަލަފްއިން އެދިއްޖެ

ސަރުކާރުން އިޢުލާންކޮށްފައިވާ ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން އާންމުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރިއިރު، މިދިޔަ ސެޕްޓެމްބަރ މަހުގެ 28ވަނަ ދުވަހު، އެ ޖަމްޢިއްޔާއިން ވަނީ މަޝްރޫޢުއާ ގުޅޭގޮތުން ދިރާސާ ކުރަމުންދާކަން އިޢުލާންކޮށްފައެވެ.

ރަސްމާލެ މަޝްރޫއާމެދު ކަންބޮޑުވުންތަކެއް ހުރިކަމަށް ފެންނާތީ ސަލަފުން ދިރާސާއެއް
28 Sep 2026 ހަބަރު

ރަސްމާލެ މަޝްރޫއާމެދު ކަންބޮޑުވުންތަކެއް ހުރިކަމަށް ފެންނާތީ ސަލަފުން ދިރާސާއެއް

ސަރުކާރުން ރަަސްމާލޭގައި ހިންގުމަށް އިއުލާނުކޮށްފައިވާ “މޯލްޑިވްސް ވޯޓާ ފްރޮންޓު އެންޑް މެރީނާ” މަޝްރޫއުއާމެދު ކަންބޮޑުވުންތަކެއް ހުރިކަމަށް ފެންނާތީ ޖަމިއްޔަތުއްސަލަފުން އެކަމާއި ގުޅޭ ހާއްސަ ދިރާސާއެ...

ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން ފަށައިފި
11 Sep 2026 ހަބަރު

ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން ފަށައިފި

ޖަމްޢިއްޔަތުއްސަލަފްގެ ދުޢާތުންގެ މަޖިލީހުގެ 2ވަނަ އަހަރީ ބައްދަލުވުން އިފްތިތާޙުކޮށްފިއެވެ. މިކަމަށްޓަކައި އިއްޔެ ހަވީރު ބޭއްވުނު ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ބައްދަލުވުން އިފްތިތާޙުކޮ...

ވަކިވަކިން ކުރާ މަސައްކަތަށްވުރެ ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާ ބޮޑުތަނުން ތަފާތުވާނެ: ޑރ. ޢަލީ ޒާހިރު
14 Aug 2026 ހަބަރު

ވަކިވަކިން ކުރާ މަސައްކަތަށްވުރެ ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާ ބޮޑުތަނުން ތަފާތުވާނެ: ޑރ. ޢަލީ ޒާހިރު

ވަކިވަކިން ކުރާ މަސައްކަތަށްވުރެ ގުޅިގެން އެންމެން އެކުގައި ކުރާ މަސައްކަތުން ނުކުންނަ ނަތީޖާ ބޮޑުތަނުން ރަނގަޅުވާނެ ކަމުގައި ކަމުގައި އިސްލާމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. ޢަލީ ޒަހީރު ބިން ސަޢީދު...

40 ޖަމިއްޔާއާއެކު ޖަމިއްޔަތުއްސަލަފްގެ މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ ފަށައިފި
14 Aug 2026 ހަބަރު

40 ޖަމިއްޔާއާއެކު ޖަމިއްޔަތުއްސަލަފްގެ މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ ފަށައިފި

ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ “ބީއެމްއެލް އިސްލާމިކް – މަދަނީ ޖަމްޢިއްޔާތަކުގެ މަހާސިންތާ 2026” ފަށައިފިއެވެ. ދާރުލްއާސާރުގައި ރޭ 8:45 ގައި މަހާސިންތާ ފެށުމުގެ ޖަލްސާ ޝަރަފ...