ހަމްދޫން ވަކިކޮށް، އެކްޓިންގް ސީޕީއަކަށް އެމްސީ ހަމީދު
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުން ހަމްދޫން ރަޝީދު ވަކިކޮށް، އެމަގާމަށް ވަގުތީ ގޮތުން މުހައްމަދު ހަމީދު (އެމްސީ ހަމީދު) ހަމަޖައްސައިފިއެވެ.
ސީޕީގެ މަގާމުން ހަމްދޫން ރަޝީދު ވަކިކުރައްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދުވެސް ވަނީ ޔަގީންކޮށްދެއްވާފައެވެ.
އެކްޓިންގް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އެމްސީ ހަމީދު ހަމަޖައްސަވާފައިވަނީ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ޕްރޮމޯޝަން ދެއްވުމަށްފަހުގައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރޭގެ ވަގުތެއްގަައި ވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޗީފް އޮފް ޑިފެންސް ފޯސްކަމުގެ މަގާމުގައި ހުންނެވި ބްރިގޭޑިއަރ ޖެނެރަލް އަހުމަދު ޝިޔާމް އެމަގާމުން ވަކިކޮށް، އެމަގާމަށް ބްރިގޭޑިއަރ ޖެނެރަލް އަބްދުﷲ ޝަމާލްވެސް ވަނީ އައްޔަންކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް