ހެނދުނުގެ ނާސްތާ ދިނުމާއިމެދު އާންމުންގެ ޚިޔާލަށް ހުޅުވާލަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އަންނަ އަހަރުން ފެށިގެން ދިވެހިރާާއްޖޭގެ ސްކޫލްތަކުގައި ދަރިވަރުންނަށް ހެނދުނު ނާސްތާ ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްއަށް އާންމުންގެ ޚިޔާލު ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދޭގޮތުގައި މކަމާއި ގުޅޭގޮތުން އާންމުންގެ ޚިޔާލުތައް ހޯދުމަށް އެ މިނިސްޓްރީންވަނީ ޚާއްސަ ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައެވެ. މި ފޯރަމް އޮންނާނީ މިމަހުގެ 23 ވާ އާދީއްތަ ދުވަހުގެ ރޭ 8.30ގައި އަމީނިއްޔާ ސްކޫލްގައެވެ.
އަންނަ ދިރާސީ އާ އަހަރުގައި ޕައިލެޓް ޕްރޮގްރާމްގެ ދަށުން ހެނދުނުގެ ނާސްތާގެ ޕްރޮގްރާމް ރާއްޖޭގެ 25 ސްކޫލެއްގައި ފެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމްއަށް މެނޫ ތައްޔާރުކޮށްފައިވަނީ ޔުނިސެފްގެ އެހީގައެވެ.
ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ މުހިންމު ރިޔާސީ ވައުދެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް