ފަަތް
ފަަތް
ލައިފްސްޓައިލް 07 Oct 2024 | 04:25

ކޮންމެ ދުވަހެއްގެ ކެއުމާއެކު ފަތް ހިމެނުން މިއީ ކޮންމެހެން ކުރަންޖެހޭ؛ ސަބަބުތައް މިހުރީ

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ކޮންމެ ދުވަހެއްގެ ކެއުމާއެކު ފަތް ހިމެނުމަކީ ގިނަ ސަބަބުތަކަކާހުރެ މުހިންމު ކަމެއް ކަމުގައި ވާއިރު، މިއީ ސިއްހީ ގޮތުން ގިނަ ފައިދާތަކެއް ލިބޭ އެއްޗެކެވެ. އެހެންކަމުން ކެއުމުގައި ފަތް ހިމެނުމުގެ މުހިންމު ކަމަށް އަލިއަޅުވާލާނަމެވެ.

1. ހަށިގަނޑަށް ބޭނުންވާ މާއްދާ ތަކުން މުއްސަނދި: ފަތުގައި ޚާއްޞަކޮށް ފެހިކަން ގަދަ ފަތް، ސްޕިނެޗް، މުރަނގަފަތް، އަދި ލެޓިއުސް ފަދަ ތަކެއްޗަކީ ގިނައިން ވިޓަމިން އޭ، ވިޓަމިން ސީ، ވިޓަމިން ކޭ، ފޮލޭޓް، އަޔަން، ކެލްސިއަމް، އަދި ޕޮޓޭސިއަމް ފަދަ މުހިއްމު ވިޓަމިންތަކާއި މިނަރަލްސް ހިމެނޭ ބާވަތްތަކެވެ. މި ނިއުޓްރިއެންޓްތަކަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވަރަށް މުހިންމު މާއްދާތަކެކެވެ.

2. ފައިބަރު ގިނައިން ހުންނަ: ފެހިކަންގަދަ ފަތަކީ ޑައިޓޭރިއަން ފައިބަރުން މުއްސަނދި އެއްޗެކެވެ. އެހެންކަމުން އެއިން ހަޖަމުކުރުމަށާ، ބަރުދަން ލުއިކުރުމަށް އެހީވެދޭއިރު،  ހިތުގެ ބަލިތަކާއި ޓައިޕް 2 ހަކުރުބަލި ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.

3. ކެލޮރީ މަދު: އާންމުކޮށް ފަތުގައި ކެލޮރީ މަދުވުމުން، އަދިވެސް މުހިއްމު ނިއުޓްރިއެންޓްސް ލިބޭއިރު ބަރުދަން އެއްވަރެއްގައި ބެހެއްޓުމަށް މިއީ ރަނގަޅު އެއްޗެކެވެ.

4. އެންޓިއޮކްސިޑެންޓް ޕްރޮޕަޓީސް: ގިނަ ފެހިކަންގަދަ ފަތަކީ އެންޓިއޮކްސިޑެންޓްސް އެކުލެވިގެންވާ އެއްޗެކެވެ. އެހެންކަމުން މިއީ އޮކްސިޑޭޓިވް ސްޓްރެސް އިން ހަށިގަނޑު ރައްކާތެރިކޮށްދީ އެކި ބަލިތައް ޖެހުމުގެ ނުރައްކާ ކުޑަކޮށްދީ، ދުޅަހެޔޮ ދިފާއީ ނިޒާމަކަށް އެހީތެރިވެދޭނެ އެއްޗެކެވެ.

5. ހިތުގެ ދުޅަހެޔޮކަން: ފަތުގައި ހިމެނޭ ނިއުޓްރިއެންޓްސް ކަމަށްވާ ޕޮޓޭސިއަމް އަދި މެގްނީޒިއަމް އަކީ ލޭގެ ޕްރެޝަރު ރެގިއުލޭޓް ކުރުމަށް އެހީތެރިވެދީ ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަކޮށްދޭ މާއްދާތަކެކެވެ.

6. ކަށީގެ ދުޅަހެޔޮކަން: ކެލޭ އަދި ކޮލާޑް ގްރީންސް ފަދަ ފަތުގައި ކެލްސިއަމް އާއި ވިޓަމިން ކޭ ގިނައިން ހުންނައިރު، މި ދެ ބާވަތަކީ ވެސް ކަށިތައް ވަރުގަދަކޮށްދީ އަދި ދުޅަހެޔޮ ސިއްހަތެއްގައި ބެހެއްޓުމަށް މުހިއްމު ދެ ބާވަތެކެވެ.

7. ހައިޑްރޭޝަން: ގިނަ ފަތްތަކުގައި ފެން ގިނައިން ހުންނައިރު، މިއީ ހަށިގަނޑަށް ފެން ލިބި ދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ.

ކަން މިހެން ހުރުމުން ތަފާތު ފަތްތައް ކެއުމުގައި ހިމެނުމަކީ ސިއްހަތުގެ ދުޅަހެޔޮކަމަށް އެހީތެރިވެދީ، ބެލެންސްޑް އަދި ނިއުޓްރިޝަނަލް ޑައިޓަކަށް އެހީތެރިވެދޭނެ ކަމެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ފަށައިފިން: ރައީސް ޑރ. މުއިއްޒު
10 Oct 2026 ހަބަރު

ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ފަށައިފިން: ރައީސް ޑރ. މުއިއްޒު

ރާއްޖޭގައި ނަފްސާނީ ބަލީގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޚާއްޞަ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވި...

އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ: މެޑަމް ސާޖިދާ
08 Oct 2026 ހަބަރު

އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ: މެޑަމް ސާޖިދާ

އުރަމަތީގެ ކެންސަރު ދެނެގަނުމުގެ ގާބިލުކަން އިތުރަށް ވަރުގަދަ ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އުރަމަތީގެ ކެންސަރާ ބެހޭ ހަތް ވަނަ ސިމްޕޯޒިއަމ...

ޒަމާނީ ދިރިއުޅުމުގައި ކަރަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވާނީ ކިހިނެއް؟
08 Oct 2026 ލައިފްސްޓައިލް

ޒަމާނީ ދިރިއުޅުމުގައި ކަރަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވާނީ ކިހިނެއް؟

އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހިފައިވާ އެއް ގުނަވަނަކީ އަޅުގަނޑުމެންގެ ކަރެވެ. ސްމާޓްފޯނުތަކާއި ކޮމްޕިއުޓަރުތަކުގެ އިސ...

އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟
07 Oct 2026 ލައިފްސްޓައިލް

އަރިދަފުސް ރޯގާ ޖެހިފައި ހުންނައިރު އައިސްކްރީމް ކެވިދާނެތަ؟

އަރިދަފުސް ރޯގާ ޖެހުމުން އެންމެ އާންމުކޮށް އިވޭ އެއް ނަސޭހަތަކީ ފިނި އެއްޗެހި ނުބުއިމަށާއި، ހާއްސަކޮށް އައިސްކްރީމް ފަދަ ތަކެތި ނުކެއުމަށެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފިނި އެއްޗެހި ކެއުމަކީ ރޯގ...

ހަށިގަނޑުގައި ސަރުބީ ހުރުން ކޮންމެހެން މުހިންމުވަނީ ކީއްވެ؟
04 Oct 2026 ލައިފްސްޓައިލް

ހަށިގަނޑުގައި ސަރުބީ ހުރުން ކޮންމެހެން މުހިންމުވަނީ ކީއްވެ؟

މިއަދުގެ މުޖުތަމަޢުގައި ސޯޝަލް މީޑިއާ ހުޅުވާލުމާއެކު ފެންނަނީ ހަށިގަނޑުން ސަރުބީ ނައްތާލައި، މަސްތައް ރީތިކޮށް އެނގޭނޭހެން "ޝްރެޑް" ވެފައިވާ ހަށިގަނޑެއް ހޯދުމަށް މަސައްކަތްކުރާ މަންޒަރެވެ. ޑައިޓް ކަލް...

ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން އަމްފާއިން ކުރިއަށްގެންދިޔަ ވެބިނާ ކާމިޔާބުކަމާ އެކު ނިންމާލައިފި
02 Oct 2026 ހަބަރު

ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ގޮތުން އަމްފާއިން ކުރިއަށްގެންދިޔަ ވެބިނާ ކާމިޔާބުކަމާ އެކު ނިންމާލައިފި

ދުނިޔޭގެ ނަފްސާނީ ޞިއްޙަތުގެ ދުވަހާ ގުޅުވައިގެން އޮސްޓްރޭލީއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (އަމްފާ) އިން ކުރިއަށްގެންދިޔަ ޚާއްޞަ ވެބިނާ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. "މައިންޑް މެޓާސް: ވާރ...