މޯލްޑިވިއަންއަށް އެންމެ ފަހުގެ ޖީލުގެ ދެ ބޯޓް، މުވައްޒިފުންނަށް ފްލެޓް އަޅަނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މޯލްޑިވިއަން ސީ ޕްލޭންގެ ހިދުމަތް ފުޅާކުރުމަށް އެންމެ ފަހުގެ ޖީލުގެ ދެ ބޯޓް ގެންނަން އޯޑަރު ކޮށްފައިވާ ކަަމަށް އެ ކުންފުނިން ބުނެފި އެވެ.
މޯލްޑިވިއަންގެ ސީޕްލޭން ޓާމިނަލް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް އިޔާސް ވިދާޅުވީ އަމާޒަކީ ކުރިއަށް އޮތްތާވެސް ސީޕްލޭންގެ ދުމަތް އިތުރަށް ފުޅާކުރުން ކަމަށެވެ.
އެގޮތުން އެންމެ ފަހުގެ ޖީލުގެ ޓުވީން އޮޓާ ކްލާސް 300ޖީ ގެ ދެ ބޯޓް ގެންނަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އެ ދެ ބޯޓަށް މިދިޔަ އޮގަސްޓްގައި ވަނީ އޯޑަރު ދީފައި ކަމަށާ އެ ދެ ބޯޓް އަންނަ އަހަރުތެރޭގައި ރާއްޖެ ގެނެވި ހިދުމަތަށް ނެރެވޭނެ ކަމަށް ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވީ ކުންފުނީގެ މުވައްޒިފުންނަށް ހާއްސަކޮށް ހައުސިން މަޝްރޫއު ހިންގުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެކަމަށް ހާއްސަކޮށް ދެ ބިން ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ވަރަށް އަވަހަށް ހައުސިންގެ މަޝްރޫއު ފެށިގެންދާނެ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް