ޕީއެންސީގެ މަޖިލީސް މެންބަރުން ތިއްބަވާ ގްރޫޕުން ނާޒިމް ބޭރުކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މިއަދު ބޭރުކޮށްލައިފިއެވެ.
އެނގިފައިވާ ގޮތުގައި ނާޒިމް އެ ގުރޫޕުން ބޭރުކޮށްލީ މިއަދު ހެނދުނު 6:00 އެހާކަންހާއިރުއެވެ.
އެ ގުރޫޕަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ހިމެނިވަޑައިގަންނަވާހެން ޕީއެންސީގެ މަޖިލީސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެވެ.
ނާޒިމް އެ ގުރޫޕުން ބޭރުކޮށްލާފައިވާއިރު، މިދިޔަ މަހު 21 ގައި މަޖިލީހުގެ އެންމެ ބާރުގަދަ ކޮމިޓީތަކުން ވެސް އޭނާ ވަނީ ވަކިކޮށްފައެވެ. އެ ބަދަލު ގެނައިކަން މަޖިލީހުގެ ޖަލްސާގައި އިއުލާނެއް ނުކުރެއެވެ.
މީގެ އިތުރުން، ނާޒިމް އެ ގުރޫޕުން ބޭރުކޮށްލާފައި މިވަނީ، އޭނާ މަޖިލީހުގެ ނާއިބު ރައީސްގެ މަގާމުން ވަކިކުރަން އުޅޭ ކަމުގެ އަޑުތައްވެސް ފެތުރެންފަށާފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލަން ޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް