ތުހުމަތު ކުރާ ކަމެއް އަދި ސާފެއް ނުވޭ: ރައީސް ޔާމިން
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗައް ފުލުހުން ތުހުމަތު ކުރާ ކަމެއް ސާފެއް ނުވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމިން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ މައި އިދާރާ ކުރިމަތީ ނޫސްވެރިންނާއި ވާހަކަދައްވަމުނެ ރައީސް ޔާމީން ވިދާޅުވީ، ސްޕެސިފިކަލީ އެބޭފުޅުން ތުހުމަތުކުރައްވާ ވަކިކަމެއް އަދި ސާފުނުވާކަމަށާއި ނަމަވެސް ކެންފެއިންނަށް ޔާމީންގެ އެކައުންޓައް ޖަމާވެފައިވަނީ އޭނާގެ ފައިސާކަން ބުނެފައިވާނެކަމަށް ވިދާޅުވިއެވެ.
ޔާމިން ވިދާޅުވީ، އެމަނިކުފާނުގެ އެކައުންޓުގައި ފައިސާ ހުރެގެން ހަމައެކަނި އެމަނިކުފާނާ ސުވާލުކުރާތީ އަޖައިބުވާކަމަށާއި އަނެއް ކެނޑީޑޭޓުގެވެސް ހޭދަކުރެއްވި ފައިސާގެ ކަންތައްތަކުގައިވެސް މައުލޫމާތު ހޯދަންޖެހޭނެކަމަށެވެ.
މީގެ އިތުރުން އެމްއެމްޕީއާރުސީގެ މައްސަލައާއި ގުޅިގެން ފުލުހުން ކުރެއްވި ސުވާލުގެ ޖަވާބުގައި އެ މައްސަލައަކީ އެސީސީން ތަހުޤީގުކޮށް ނިންމާފައިވާ މައްސަލައެއްކަމުން އެމައުލޫމާތު ގެންނަވާށޭކަމަށެވެ.
ރައީސް ޔާމީން ވިދާޅުވިގޮތުގައި މައްސަލަ ކުރިއަށްދާތީ އަދިވެސް ފުލުހަށް ހާޒިރުވާން ޖެހިދާނެ ކަމަށް ފުލުހުން ވިދާޅުވި ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް