ކޮމަންވެލްތާ އަލުން ގުޅުމަށް ރާއްޖެއިން އެޖަމާއަތުގެ އުސޫލްތަކަށް ބޯލަނބާކަން ސާބިތުކޮށްދޭންޖެހޭނެ - ކޮމަންވެލްތް ސެކެޓްރީ ޖެނެރަލް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުމަށްޓަކައި، ރާއްޖެއިން އެޖަމާއަތުގެ އުސޫލުތަކަށް ބޯލަނބާކަން ސާބިތުކޮށްދޭން ޖެހޭނެ ކޮމަންވެލްތުގެ ސެކެޓްރީ ގެނެރަލް ޕެޓްރީޝާ ސްކޮޓްލެންޑް ވިދާޅުވެއްޖެއެވެ.
މިކަން ހާމަކޮށްފައިވަނީ ކޮމަންވެލްތުގެ ސެކެޓްރީ ގެނެރަލް ޕެޓްރީޝާ ސްކޮޓްލެންޑް ނެރުވިބަޔާނެއްގައިއެވެ.
މީގެއިތުރުންވެސް އެބަޔާނުގައި ވާގޮތުން ރާއްޖެ އަލުން ގުޅުމާ ބެހޭ ގޮތުން އެހެން މެމްބަރު ގައުމުތަކުގެ ރުހުން ލިބިއްޖެ ނަމަ، ރާއްޖެއިން ކޮމަންވެލްތާ ގުޅުމަށް ރަސްމީކޮށް އެދެން ޖެހޭނެ އެވެ.
އެބަޔާނުގައި ކޮމަންވެލްތާ އަލުން ގުޅެން ރާއްޖެއިން ހުށަހެޅުމަކީ އަލުން އުންމީދު އާލާވާކަމެއްކަމުގައި ކޮމަންވެލްތުގެ ސެކެޓްރީ ގެނެރަލް ޕެޓްރީޝާ ސްކޮޓްލެންޑް ވިދާޅުވެއްޖެއެވެ.
"ރާއްޖެ ކޮމަންވެލްތުން ވަކިވުމުން އަޅުގަނޑު ބުނިން އެއީ ވަގުތީ ނިންމުމަކަށް ވާނެ ކަމަށް އުއްމީދު ކުރާ ކަމަށް. އެހެންކަމުން ކޮމަންވެލްތުގެ މެމްބަރަކަށް ވާން އަލުން ހުށަހެޅުމަކީ އެއުއްމީދު އާލާވާ ކަމެއް،" ސްކޮޓްލޭންޑުގެ ބަޔާނުގައިވެ އެވެ.
އަދި ކޮމަންވެލްތުގެ މެންބަރަކަށް ރާއްޖެވުމަށް އެޖަމާއަތުގެ ދިވެހި ސަރުކާރާއި ރައްޔިތުންނާ މަޝްވަރާ ކުރުމަށް ކޮމަންވެލްތުން އޮތީ ތައްޔާރަށް ކަމަށް ވެސް ވިދާޅުވެފަ އެވެ.
ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ރާއްޖެ ކޮމަންވެލްތުން ވަކިވީ ރާއްޖޭގެ ދާހިލީ ކަންކަމާ ބެހޭކަމަށް ބުނެ 2016 ވަނަ އަހަރު އޮކްޓޯބަރު 13 ގައެވެ
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް