ނޭމާއަށް އަނިޔާވެ ލިވަޕޫލައި ޕީއެސްޖީ ކުޅޭ މެޗުގައި ނުކުޅެވިދާނެކަމުގެ ބިރުހީވެއްޖެ!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ބްރެޒިލްއާއި ކެމެރޫން ރޭ ބައްދަލުކުރި ބައިނަލްއަގްވާމީ ރަހްމަތްތެރިކަމުގެ މެޗުގައި ނޭމާއަށް އަނިޔާވެ ޗެންޕިއަންސް ލީގުގައި ޕީއެސްޖީއިން ލިވަޕޫލައި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ނުފެނިދާނެ ކަމުގެ ބިރު ހީވެއްޖެއެވެ.
ނޭމާއަށް އަނިޔާވީ މެޗު ފަށައިގެން މާގިނައިރުތަކެއް ނުވެ 6 ވަނަ މިނެޓުގައި ގޯލަށް އަމާޒުކޮށް ހަމާލާއެއް ފޮނުވާލަން އުޅުމުގެ ތެރޭގައެވެ.

އަނިޔާވުމާއެކު ދަނޑުމަތީގައި އިރުކޮޅަކު އޮތް ނޭމާ ދަނޑުން ފޭބިއިރު ހުރީ ލޮލުން ކަރުނަ އައިސްފައެވެ. އަދި ދަނޑުން ފޭބި ވަގުތު ބްރެޒިލްގެ ކޯޗް ޓީޓޭ ނޭމާއަށް ހިތްވަރުދިން މަންޒަރު ފެނުނެވެ.
ނޭމާގެ ބަދަލުގައި ކުޅެން އެރީ އެވަޓަންގެ ތަރި ރިޗާލިސަންއެވެ. މެޗުގައި ފެނުނު ހަމައެކަނި ލަނޑު އަދި ބްރެޒިލް މޮޅުކޮށްދިން ލަނޑުވެސް ކާމިޔާބު ކޮށްދިނީ ރިޗާލިސަންއެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ނޭމާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއާއި ބެހޭ އިތުރު ތަފްސީލް ލިބޭނީ ޓްސްޓްތައް ހައްދައި ޑޮކްޓަރުންބުނާ އެއްކަޗަކަށް ބެލުމަށްފަހުގައި ކަމަށް ޔޫރަޕުގެ މީޑިއާތަކުންވަނީ ރިޕޯޓްކޮށްފައެވެ.
ރޭ ފްރާންސް އަދި އުރުގުއޭ ބައްދަލުކުރި ރަހުމަތްތެރިކަމުގެ މެޗުގައި ޕީއެސްޖީގެ ތަރި އެމްބައްޕޭ ވެސްވަނީ ކޮނޑަށް ލިބުނު އަނިޔާއަކައި ގުޅިގެން ދަނޑުން ބާލާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް