ރައީސް މުހައްމަދު ނަޝީދާއި އިބްރާހީމް މުޙައްމަދު ސާލިހް
ރައީސް މުހައްމަދު ނަޝީދާއި އިބްރާހީމް މުޙައްމަދު ސާލިހް
ހަބަރު 12 Feb 2024 | 07:06

ސުޕްރީމްކޯޓަށް ގޮންޖަހައި ދައުލަތް ހިންގުމުގެ ނިޒާމާއި މަޖިލިސްތެރެއިން ކުޅެން އެމްޑީޕީން ހުށަހަޅައިފި

ރައީސުލްޖުމްހޫރިއްޔާ އަޒުލްކުރުމަށް އިދިކޮޅު އެމްޑީޕީއާއި ޑިމޮކްރެޓުން ރައްޔިތުންގެ މަޖިލީހުގެތެރޭގައި ކުޅެމުންދާ ގޭމަށް އާބޮޅެއް މިއަދު އިތުރުކޮށްފިއެވެ. 
މިއަދު އެމްޑީޕީން ކުރިކަމަކީ ވަޒީރުންނާއި ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެތެރޭގައި ކަނޑައަޅާފައި އޮންނަ ނިޒާމު ރޫޅާލައި ރައީސުލްޖުމްހޫރިއްޔާއާއި ނާއިބް ރައީސް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްގެން މެންބަރުންގެ ސުވާލުތަކަށް ޖަވާބުދާރީކުރުމުގެ އިސްލާހެއް ހުށަހެޅުމެވެ. 
މިހުށަހެޅުން ހުށަހެޅުއްވި އެމްޑީޕީގެ ހޯރަފުށީގެ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ މިނިޒާމު ރޫޅައިލާން އޭނާ ހުށަހަޅުއްވަނީ ސަރުކާރު ޖަވާބުދާރީކުރުމުގެ އަސްލު މަގްސަދު ހާސިލުވާނީ ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހާޒިރުކޮށްގެން ސުވާލުތަކަށް ޖަވާބުދެވޭނެ ގޮތެއް ހެދުންކަމުގައި އޭނާއަށް ފެނިވަޑައިގަންނަވާތީ ކަމުގައެވެ.

އެމްޑީޕީން މިކުރާން އުޅޭކަމުގެ ފަހަތުގައިވަނީ ހަގީގަތުގައި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހުވަފެނެއް ހަގީގަތަކަށް ހަދައިދެވޭތޯ ބެލުމެވެ. 
އުމުރު ހުސްވަމުންދާ ރައްޔިތުންގެ މަޖިލީހުގެ ބާރު އެމްޑީޕީއަށް މިއޮތް ކުޑަދުވަސްކޮޅުގެތެރޭގައި، އިންޑިއާގައި އޮންނަ ކަހަލަ ޕާލެމެންޓްރީ ނިޒާމެއްގައި ހަދާގޮތަށް ވެރިކަންކުރާ ބާރުގެ ވެރިޔާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ރައީސުލްޖުމްހޫރިއްޔާއަކީ ރައްޔިތުންގެ މަޖިލީހުން އަންގާގޮތަށް ކަންތައްކުރަންޖެހޭ މީހަކަށް ހެދުމެވެ. 
މިކަން އެމްޑީޕީން ވަރަށް އަވަސްއަރުވާލައިގެން ކޮށް ނިންމާނެކަމާމެދު އެއްވެސް ޝައްކެއްނެތެވެ. ބޭނުމަކީ މިގޮތަށް ނިންމައިގެން ރައީސުލްޖުމްހޫރިއްޔާއާއި ނާއިބްރައީސް އެމްޑީޕީއާއި ނަޝީދުގެ ޑިމޮކްރެޓިކް ޕާޓީގެ މެޖޯރިޓީ އޮތް މަޖިލީހަށް ގިނަގިނައިން ހާޒިރުކޮށް ޒިންމާދާރު ނޫން ވެރިންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ނިންމައި، އެދެބޭފުޅުން އަޒުލުކުރުމުގެ ކަންކަމަށް އިތުރު ދޮރެއް ހުޅުވާފައި ބޭއްވުމެވެ. ކުރިއަށް މިއޮތް ކުޑަ ދުވަސްކޮޅެއްގެތެރޭގައި މިގޮތަށް ހަދައި ރައީސާއި ނާއިބް ރައީސް މަގާމުން ވަކިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގައި އިންނެވި މުހައްމަދު އަސްލަމް ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޒިންމާއާއި ކުޑަހިނދުކޮޅަކަށް ނަމަވެސް ހަވާލުކުރެވޭތޯ ބެލުމެވެ.

މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވަނީ ރައްޔިތުންގެ މަޖިލީހުން ކުރަން އުޅޭކަމަކަށް އެހެން ބާރަކުން އަރައިނުގަނެވޭނެ ކަމަށެވެ. މިހަމައިން ބަލާކަމަށް ވަންޏާ ސުޕްރީމް ކޯޓުން ނުވަތަ ދައުލަތް ހިންގުމުގެ ބާރުން ނިންމާ ނިންމުންތަކަށް ރައްޔިތުންގެ މަޖިލީހަކުންވެސް ނުބެހެވޭނެއެވެ. 
އެކަމަކު ރައީސުލްޖުމްހޫރިއްޔާ އަޒުލުކޮށްފީމޭ ނާއިބް ރައީސްވެސް އަޒުލުކޮށްފީމޭ މިހާރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ގޮނޑީގައި އިންމީހަކީ މަށޭ އަސްލަމް ރިޔާސަތުގައި އިންނަވައިގެން ވިދާޅުވިޔަސް އެނިންމުމަށް ތަބާވާނޭ އެހެންމީހަކު ހުންނާނެ ހެއްޔެވެ. 
ތެދެކެވެ. ޔާމީންގެ ވެރިކަން ވައްޓާލަން ގެންނަން އުޅުނު ޖުޑިޝަލް ކޫއަށް އެންމެ ފުރަތަމަ ތާއީދު ކުރި ގައުމަކަށް އަވަށްޓެރި އިންޑިޔާވި ފަދައިން ދިވެހި ދައުލަތުގެ މައްޗަށް ބާރު ހިންގަން އުޅޭ ބޭރުގެ ދައުލަތަކުން މިފަހަރުވެސް ބަޔާނެއް ނެރެފާނެއެވެ. މިއީ މިފަދަ ބަޔެއްގެ ބެކިން ނެތި އެމްޑީޕީން ކުރާނޭ ކަމެއްނޫން ކަން އެންމެންނަށްވެސް އެނގެއެވެ.

ދުސްތޫރީ މައްސަލައެއްގައި އެންމެފަހު ބަސް އިއްވާނީ ސުޕްރީމް ކޯޓުންކަމަށް ކަނޑައަޅާފައި އޮތްނަމަވެސް ރައްޔިތުންގެ މަޖިލީހުން އިއްޔެވަނީ ސުޕްރީމް ކޯޓުގެ ރޫލިންއަށް ކަނޑައެޅިގެން ދެކޮޅުހަދައި، ކޯޓުގެ ހުރުމަތްކަނޑައި މަޖިލީހުގެ ބާރުހުރިކަން ދައްކައިފައެވެ. 
ރައީސުލްޖުމްހޫރިއްޔާ އަޒުކުރުމަށް ވޯޓްހަމަކުރާ މެންބަރުން ގުނާގޮތަށް އެމްޑީޕީން މަޖިލީހުގެ ގަވާއިދަށް ގެންނަން އުޅޭ އިސްލާހް ދުސްތޫރީ މައްސަލަތަކެއް ހުރިކަމަށް ބެލެވޭތީ ބަންޑާރަ ނާއިބް ހުށަހަޅުއްވާފައިވާ މައްސަލަ ބަލައި ނިމެންދެން އިސްލާހް ގެނައުން މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައިވަނިކޮށް އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ރައީސްވަނީ މަޖިލީހަށް އެއިސްލާހް ހުށަހަޅުއްވައިގެން އޭނާގެ ޕާޓީ އެމްޑީޕީއާއި ރައީސް ނަޝީދުގެ ޕާޓީ ޑިމޮކްރެޓުން ވޯޓްދީގެން އިސްލާހް ފާސްކޮށްފައެވެ. 
ސުޕްރީމް ކޯޓުގެ އަމުރަށް ތަބާނުވެ، އެކޯޓުގެ ހުރުމަތް ކަނޑާލައި ބޯހަރުކަމާއި ގޮތް ދޫނުކުރުން ކުރިއަށް ނެރެ، މިއިސްލާހް ފާސްކުރިޔަސް، އެ އިސްލާހްގެ މައްޗަށް ނަގާ ވޯޓަކުން ރައީސުލްޖުމްހޫރިއްޔާ އަޒުލުކުރެވިއްޖެކަމަށް ނިންމިއަސް، ދައުލަތުގެ އެހެން އެއްވެސް ބާރަކުން އިހްތިރާމް ނުކުރާނެކަން އެގުމުން ކުރިންވެސް ދަންނަވާލިހެން މިއަދު އެހުޅުވައިލީ އެހެން ދޮރެކެވެ. މިއީ އެމްޑީޕީން ކުރަން އުޅޭ ކަންކަމަށް ނަޝީދުގެ ތާއީދު ހޯދަން ރައްޔިތުންގެ މަޖިލީހުގެތެރެއިން ވެރިކަން ހިންގުމުގެ ނިޒާމާއި ކުޅެ ޕާލަމެންޓްރީ ނިޒާމެއްގެ ސޫރަ ޖައްސައިދިނުމަށް ކުރާ ކަމެކެވެ. ރައްޔިތުންގެ މަޖިލީހުން ވަކިކުރި ރައީސާއި ރައްޔިތުންގެ ތާއީދު ނެތި ފައިބާންޖެހުނު ރައީސް މިކަމުގައި އަތާއިއަތްގުޅުއްވައިގެން އުޅުއްވާކަމަށް ދޭހަވެއެވެ.

ކުރިއަށް އޮތީ ދިވެހި ގައުމަށް އުނދަގޫ ދަތި ދުވަސްތަކެއްކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ. ރައްޔިތުންގެ މަޖިލީހުގެތެރެއިން ބަޣާވާތެއް ގެނެސް ސަރުކާރު ވައްޓާލުމަށް ހިންގާ ހަރަކާތުން ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި މާލޭގެ އަމަންއަމާންކަންނ ގެއްލުވާލާނޭކަމާމެދު ސުވާލެއްވެސް ނެތެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކުލި ނުދައްކާ ދިގު މުއްދަތެއްވުމުން ރިވެލީގެ ވިޔަފާރި ހުއްޓުވާ އެ ބިން އެޗްޑީސީއަށް ނަގައިފި 
02 Nov 2026 ހަބަރު

ކުލި ނުދައްކާ ދިގު މުއްދަތެއްވުމުން ރިވެލީގެ ވިޔަފާރި ހުއްޓުވާ އެ ބިން އެޗްޑީސީއަށް ނަގައިފި 

އެޗްޑީސީން ބުނީ މިއަދުން ފެށިގެން އެ ބިން އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށަށް ނެގުމަށް ނިންމާފައިވާ ކަމަށެވެ.

ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ޑައިވަރަކު ސަސްޕެންޑުކޮށްފި
02 Nov 2026 ހަބަރު

ޑައިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ޑައިވަރަކު ސަސްޕެންޑުކޮށްފި

މިކަމާ ގުޅިގެން މޯލްޑިވްސް ލެޖެންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހާދިސާ ހިނގި ވަގުތު އެ ލިވްއަބޯޑުން ޑައިވިންއަށް ގޮސް އުޅުނު ގެސްޓުންނާއި ޑައިވް ޓީމުގެ މެންބަރުންގެ ލިޔުންތަކާއި ބަޔާންތައް ހޯދައި މައްސަލަ އޮޅުންފިލުވާފައިވާ ކަމަށެވެ. އޭޖެންސީން ބުނީ، ހަމަނުޖެހުން އުފެދުނީ އެހެން އުޅަނދެއްގެ ޑައިވް ގައިޑަކާ ދެމެދު ކަމަށާއި، މޯލްޑިވްސް ލެޖެންޑުގެ ޓީމުން މަސައްކަތްކުރީ އެ މައްސަލަ ހުއްޓުވުމަށް ކަމަށެވެ.

މިދިޔަ ހަފުތާގައި އެމްޕީއެލްއިން 41 ހާހަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފި
02 Nov 2026 ހަބަރު

މިދިޔަ ހަފުތާގައި އެމްޕީއެލްއިން 41 ހާހަށްވުރެ ގިނަ ފްރައިޓް ޓަނުގެ މުދާ ކްލިއާކޮށްފި

އެމްޕީއެލް އިން އާންމުކޮށްފައިވާ މިދިޔަ އޮކްޓޫބަރު މަހުގެ ފަހު ހަފުތާގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެ މުއްދަތުގެ ތެރޭގައި ޖުމުލަ 1،958 ކޮންޓެއިނަރު ވަނީ ކްލިއާ ކޮށްފައެވެ. މީގެ ތެރޭގައި ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން ގެނައި 1،472 ކޮންޓެއިނަރާއި، އާންމު މުދާ އުފުލާ ބޯޓުފަހަރުން ގެނައި 486 ކޮންސައިންމަންޓް ހިމެނެއެވެ.

މެއިންޓަނަސް މަސައްކަތައް ވިލިމާލެއިން މިރޭ ފެނުގެ ހިދުމަތް މެދުކަނޑާލަނީ
02 Nov 2026 ހަބަރު

މެއިންޓަނަސް މަސައްކަތައް ވިލިމާލެއިން މިރޭ ފެނުގެ ހިދުމަތް މެދުކަނޑާލަނީ

އެމްޑަބްލިއުއެސްސީން މިކަން އިއުލާންކޮށްފައިވަނީ، އެ ކުންފުނިން މިއަދު އެކްސްގައި ކުރި ޕޯސްޓަކުންނެވެ.

އާރުވެރި މެޗިންގް ގްރާންޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 Nov 2026 ހަބަރު

އާރުވެރި މެޗިންގް ގްރާންޓަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި ސަރުކާރާއި ވާރލްޑް ބޭންކް ގުޅިގެން ހިންގާ "އާރުވެރި" މެޗިންގ ގްރާންޓް ޕްރޮގްރާމްގެ – 7 ދާއިރާގެ ތެރެއިން 5 ދާއިރާއަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.