އިންޑިއާ ކަނޑުގައި އުފެދިފައިވާ ތޫފާންތަކުގެ ސީދާ އަސަރު ރާއްޖެއަކަށް ނުކުރާނެ، އެކަމަކު ދިޔަވަރު ބޮޑުވާނެ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މިހާރު ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ތޫފާންތަކުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެކަމަށް މޯލްޑިވްސް މީޓްރޮލޮޖީން ހާމަކުރައްވައިފިއެވެ.
އެއިދާރާއިން ހާމަކުރި ގޮތުގައި މި ތޫފާންތަކުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރިނަމަވެސް އެތޫފާންތަކުގެ ސަބަބުން އުފެދޭ ބޮޑެތި ރާޅުތަކުގެ ސަބަބުން، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދު ރާއްޖެތެރޭގެ ރަށްތަކަށް އުދައެރުން އެކަށީގެންވާކަމަށެވެ.
މެޓް އޮފީހުންވަނީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި މިކަމަށް ސަމާލުވެތިބުމަށާއި، އުދައަރައި މުދަލަށް ގެއްލުންވުމުގެ ކުރިން ގޭގައި ހިފާ ގެންގުޅޭ ތަކެއްޗާއި، ކަރަންޓް ސާމާނު ފެނުގެ އަސަރު ނުފޯރާނެ ރައްކާތެރި ތަނެއްގައި ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.
މިދުވަސްވަރަކީ ދެކުނު އިންޑިއާ ކަނޑުގައި ތޫފާންތަކެއް އުފެދެމުންދާ ދުވަސްވަރެކަން ފާހަގަކޮށްލަންޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް