އިމިގްރޭޝަން ކޮންޓްރޯލަރ އަންވަރު އިސްތިއުފާދެއްވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަގާމުގައި ހުންނެވި މުހައްމަދު އަންވަރު އިސްތިއުފާދެއްވައިފިއެވެ.
އަންވަރު އިސްތިއުފާ ދެއްވިކަން އެބޭފުޅާ ވަނީ މީޑިޔާތަކަށް ކަށަވަރުކޮށްދެއްވާފައެވެ.
ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިމިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން އަންވަރު އޮފީހަށްވެސް ވަޑައިގެންފައެއް ނުވެއެވެ. އަދި އަންވަރު ވަނީ މަގާމުގައި ހުންނެވި ދުވަސްވަރު މުވައްޒަފުން ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު ދަންނަވާ މެމޯއެއްވެސް ފޮނުއްވާފައެވެ.
އަންވަރު ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަގާމަށް އައްޔަންކުރެވުނީ ކުރީގެ ރައީސް ޔާމީންގެ ދައުރުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް