ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 9 މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
ލިޔުންތެރިޔާ
ފާޠިމަތު އިނާ ސަވާދު
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 11.62 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަތްކަމަށް އެ އިދާރާއިން މިއަދު ހާމަކޮށްފިއެވެ.
އެކްސްގައި ކަސްޓަމްސްއިން ކޮށްފައިވާ ޕޯސްޓެއްގައި ވާގޮތުން، އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ 11.62 ކިލޯއެވެ. މީގެ ތެރޭގައި ހިމެނެނީ 0.680 ކިލޯގެ ކެތިނޯން، 10.20 ކިލޯގެ ކެނެބިސް އަދި 0.740 ކިލޯގެ ހެރޮއިންހިމެނެއެވެ.
މި މަސްތުވާތަކެތީގެ މަގުމަތީ އަގު 9.86 މިލިއަން ދިވެހި ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް