ނިލަންދޫއިން ގެއްލުނު 14 އަހަރުގެ އަންހެންކުއްޖާ ރޭ މެންދަމު ފެނިއްޖެ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ފ.ނިލަންދޫއިން ގެއްލުނު 14 އަހަރުގެ އަންހެންކުއްޖާ އެ ރޭގެ މެންދަމުގެ ވަގުތެއްގައި ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، އެކުއްޖާ ފެނިފައިވަނީ ރޭގެ ވަގުތެއްގައި މެންދަމު 02.40 ހާއިރުކަމަށެވެ. ކުއްޖާގެ ހާލު ރަނގަޅުކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ގެއްލުނު ސަބަބެއް ފުލުހުން ނުބުނެއެވެ.
ނިލަދޫއިން ގެއްލުނު އެކުއްޖާގެ ހަބަރެއް ކުއްޖާގެ އާއިލާއަށް ނުވެގެން ހޯދުމުގެ މަސައްކަތް ފަށާފައިވަނީ އިއްޔެ ހަވީރުން ފެށިގެންނެވެ. ކުއްޖާ ހޯދުމުގެ މަސައްކަތް ރަށުގެ ރައްޔިތުންނާއި ފުލުހުން ގުޅުގެން ވަނީ ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް