އެމްޓީޑީގެ ރައީސްއަކަށް އަދީބު، އިލެކްޝަންސް އިން އެކަމާއި ދެކޮޅު
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސްގެ ރައީސްކަމުގެ މަގާމަށް ކުރީގެ ނައިބު ރައީސް ހ،ސާމަރާގެ، އަހުމަދު އަދީބު އަބްދުލްޣަފޫރު އައްުޔަންކުރުމަށް އެޕާޓީގެ އިންތިގާލީ ކައުންސިލުން ނިންމައިފިއެވެ.
އެޕާޓީން މިގޮތަށް ނިންމާފައިވަނީ މި ޑިސެމްބަރ މަހުގެ 27 ވަނަ ދުވަހުގެ ރޭ ބޭއްވުނު އިންތިގާލީ ކައުންސިލްގެ ބައްދަލުވުމުގައި ހާޒިރުވެ ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުންގެ އިއްތިފާގުންނެވެ.
ނަމަވެސް އަދީބު އެމަގާމަށް ލުމުން އެކަން އެގޮތަށް ނުވާނެ ކަމަށްބުނެ، އަދި އެއީ ގާނޫނާއި ޚިލާފުކަމެއްކަމަށްބުނެ އިލެކްޝަންސް ކޮމިޝަނުން ވަނީ މައްސަލަ ޖައްސާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލުގެ ގާނޫނުގައި ބުނާ ގޮތުން ސިޔާސީ ޕާޓީއާއި ޖަމިއްޔާތަކަށް އާންމު މެމްބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެނެއްނުވެއެވެ.
މިކަމަށް ރައްދުދެމުން ރޭ އެމްޓީޑީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރަޖިސްޓްރީކުރެވިފައިވާ ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން އަދި ޕާޓީގެ އަސާސީ ގަވައިދާ އެއްގޮތައް އިންތިގާލީ ރައީސަކު އިންތިޚާބު ކުރުމުގެ ހައްގު އެމްޓީޑީއަށްވެސް ލިބިގެންވާކަމަށާއި އެކަމަށް އިލެކްޝަންސް ކޮމިޝަނުންވެސް ހުރަހެއް ނޭޅޭނެކަމަށެވެ. އަދި ކޮމިޝަން ސިޔާސީ ނުވުމަށް އެޕާޓީ އިން ވަނީ ގޮވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް