N/A
N/A
ހަބަރު 19 Nov 2018 | 13:21

ދައުލަތުން ގެއްލުނު ފައިސާ ހޯދުމަށްް ސައުދުﷲ ގޮވާލައިފި

ދައުލަތަށް ފައިސާ ހޯދުމަށް ރައްޔިތުންނާއި ދައުލަތަށް ގެއްލުން ދޭ ފަރާތްތަކުގެ މިލްކިއްޔާތު ވިއްކައިގެންވެސް ނުވަތަ އެއެހެންގޮތަކުުން ނަމަވެސް އަމަލު ކުރަން ޖެހޭ ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެ އެވެ.

މަޖިލީސް ގައި ބަހުސް ކުރެވެމުން އަންނަ 2019 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓްގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ސައުދުﷲ ވަނީ ނިމިގެންދިޔަ ސަރުކާރުން ވަރަށް ގިނަ ފަރާތްތަކަށް މާލީ ގެއްލުންތަކެއް ދީފައިވާކަމަށް ތުހުމަތު ކުރައްވާ އޭގެ ބަދަލު ހޯދަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

"މި ސަރުކާރުން އެ ފަރާތްތަކަށް ބަދަލުތަކެއް ދޭން ޖެހޭނެ. ކޯޓުތައް މެދުވެރިކޮށްގެން ނަމަވެސް އަދި އެނޫން ގޮތްގޮތަށް ވެސް ބަދަލުތަކެއް ދޭން ޖެހޭނެ،" ސައުދުﷲ ވިދާޅުވިއެވެ.

ނަމަވެސް ދައުލަތަށް މިކަމުން ހުރިހާ ބުރައެއް އުފުލަންޖެހޭފަދަ ގޮތަކަށް ކަންކަން ނިމިގެންދިޔުމަށް އެދި ނުލައްވާ ކަމަށާއި އެއްވެސް ސަރުކާރަކަށް އެފަދަގޮތަކަށް ކަންކަން އޮންނަން ނުޖެހޭނެކަން އެންމެންވެސް ވިސްނަން ޖެހޭނެ ކަމަށް ސައުދުﷲ ވިދާޅުވިއެވެ.

ނިމިދިޔަ ސަރުކާރަކީ ރާއްޖޭގެ މިހާތަނަށް ހިނގި އެންމެ ބޮޑު ހިޔާނާތުގެ ތހުމަތު ކުރެވޭ ސަރުކާރެވެ. މި މައްސަލައިގެ ތުހުމަތުގެ އިނގިލި އެތައްފަރާތަކަށް ދިއްކުރެވުނުުއިރު ރައީސް ޔާމީންއަށް އިނގިލިދިއްކުރި މީހުންވެސް މަދެއް ނޫނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް
23 Nov 2026 ހަބަރު

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ދުންފުހުގެ އަސަރު ކުރިއަށް އޮތް ތިން ދުވަހުވެސް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް
23 Nov 2026 ހަބަރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓް ހުށަހަޅާފައިވާއިރު، އެ ރިޕޯޓަށް 23 އިސްލާހެއް ހުށަހަޅާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ. އެ އިސްލާޙް ތަކާއި ހުށަހެޅުއްވި މެމްބަރުން ހާމަކުރައްވާފައެއް ނުވެއެވެ.

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް
23 Nov 2026 ހަބަރު

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ބޭއްވި ތިން ބީޗް ވޮލީ މުބާރާތެއްގައި އެއްވެސް މެޗަކުން ބަލިނުވެ، ތިން މުބާރާތުގެ ޗެމްޕިއަންކަން ވެސް މި ކޯޕަރޭޝަންގެ "ކްލަބް އެޗްޑީސީ"ން ހޯދައިފިއެވެ.

ފައިސަލަށް ތާއީދުކުރުމާއި ގުޅޭ ސުވާލަށް ފުރިހަމަ ޖަވާބެއްދޭން އިބޫ ފަސްޖެހިއްޖެ؛ ކީއްވެ؟
22 Nov 2026 ހަބަރު

ފައިސަލަށް ތާއީދުކުރުމާއި ގުޅޭ ސުވާލަށް ފުރިހަމަ ޖަވާބެއްދޭން އިބޫ ފަސްޖެހިއްޖެ؛ ކީއްވެ؟

"ފައިސަލް އެ އޮތީ ކުރިމަތިލައްވަން އިއުލާނު ކުރައްވާފައި. އަޅުގަނޑެއް ކުރިމަތިލާކަށް އިއުލާނެއް ނުކުރަން،" ރައީސް ސޯލިހް ފުރަތަމަ ވިދާޅުވި އެވެ.

ރޮހިންޖާ ޤަތުލުޢާންމުގެ ޒިންމާ މިޔަންމާ އުފުލަން ޖެހޭނެ ކަމަށް އައިސީޖޭއިން ކަނޑައަޅައިފި
22 Nov 2026 ހަބަރު

ރޮހިންޖާ ޤަތުލުޢާންމުގެ ޒިންމާ މިޔަންމާ އުފުލަން ޖެހޭނެ ކަމަށް އައިސީޖޭއިން ކަނޑައަޅައިފި

ޖެނޮސައިޑް ކޮންވެންޝަންގެ ބައިވެރިއެއްގެ ޙައިޞިއްޔަތުން މި މައްސަލައަށް ތަދައްޚުލުވާނެ ކަން އެންމެ ފުރަތަމަ އިޢުލާންކުރީ ދިވެހިރާއްޖެއިންނެވެ