ގޮއިދޫ/ފެހެންދޫ ފަޅު ސަރަހައްދު... ފޮޓޯ: ވޮއިސް
ގޮއިދޫ/ފެހެންދޫ ފަޅު ސަރަހައްދު... ފޮޓޯ: ވޮއިސް
ހަބަރު 19 Aug 2025 | 18:01

ގޮއިދޫ އެތެރެވަރި ފަޅުހިއްކައިގެން ރިސޯޓް ހެދުމުގެ ވިސްނުން ދޫކޮށްލަންޖެހޭ: ނަޝީދު

ބ.އަތޮޅު ގޮއިދޫ ފަޅުގެ އެތެރެވަރި ހިއްކައިގެން ރިސޯޓް ތަރައްޤީކުރުމުގެ ވިސްނުން ދޫކޮށްލަންޖެހޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު މިއަދު ވިދާޅުވީ، ގޮއިދޫ އަތޮޅު އެތެރެވަރި ހިއްކައިގެން ރިސޯޓް ހެދުމަށްވުރެ، އެތަން އެ އޮތްގޮތަށް ބާއްވައި ބެލެހެއްޓުމުން އަތޮޅަށް ލިބޭނެ ތަނަވަސްކަމާއި ފައިދާ މާބޮޑުވާނޭކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެސަރަހައްދުގައި ރިސޯޓަށްވުރެ ގެސްޓްހައުސް ވިޔަފާރިން ރަށަށް ވަންނަ ފައިސާ އާއި މަންފާ މާބޮޑަށްވެސް އިތުރުވާނޭކަމަށެވެ.

އެ ސަރަހައްދުގައި ކޮންމެހެން ރިސޯޓެއް ތަރައްޤީކުރަން ވެއްޖެނަމަ، ގޮއިފުޅަ ފެހެންދޫ އިން ކޮންމެވެސް އެއް ރަށެއްގެ ބައިގައި ރިސޯޓެއް ތަރައްޤީ ކުރެވިދާނެކަމަށް ރައީސް ނަޝިދު ވަނީ ވިދާޅުވެފައެވެ.

ގޮއިދޫ އަދި ފެހެންދޫއަކީ އެއް ފަޅެއްގައި އޮންނަ ގުދުރުރަތީ ގޮތުން ވަރަށް ރީތި ސިފަތަކެއް ލިބިގެންވާ ސަރަހައްދެކެވެ.

ގޮއިދޫ/ފެހެންދޫ ސަރަހައްދު.... ފޮޓޯ: ވޮއިސް

މި ސަރުކާރުން ވަނީ ގޮއިދޫ ފަޅުގައި ރިސޯޓެއް ތަރައްޤީކުރުމަށް ނިންމާފައެވެ. އެގޮތުން މިމަހުގެ ތެރޭގައި ރިސޯޓް ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރެވޭނޭކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މިމަހުގެ 12 ވަނަ ދުވަހު ގޮއިދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގޮއިދޫ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީ ކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ.

ރިސޯޓު ތަރައްގީ ކުރުމަށް ބަޔަކަށް ބިޑު އެވޯޑު ކޮށްފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި މަސް ނިމުމުގެ ކުރިން ރިސޯޓު ތަރައްގީ ކުރުމަށް ސޮއި ކުރާނެ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
22 Nov 2026 ހަބަރު

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި
22 Nov 2026 ހަބަރު

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ
22 Nov 2026 ހަބަރު

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ

ދިވެހިރާއްޖެއިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ދޫނީގެ ބާވަތެއް ކަމަށްވާ "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" މ. މުލި އިން ފެނިއްޖެއެވެ.

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި
22 Nov 2026 ހަބަރު

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އިދާރާތައް ގުޅިގެން ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމްއެންޑީއެފުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން އަލިފާން ނިއްވުމުގެ ހާއްސަ ހަރަކާތްތަކެއް މިއަދު ފަށައިފިއެވެ.

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް
22 Nov 2026 ހަބަރު

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާން ހަސަންގެ ބަންދަށް އިތުރު 16 ދުވަސް ކޯޓުން ޖަހައި، ޖުމްލަ 45 ދުވަހަށް ބަންދުގެ މުއްދަތު އިތުރުވެއްޖެއެވެ.

ބ.ގޮއިދޫގައި އެންމެ އުސްކޮށް އިމާރާތް ކުރެވޭނެ މިންގަނޑު ކަނޑައަޅައިފި
26 Mar 2026 ހަބަރު

ބ.ގޮއިދޫގައި އެންމެ އުސްކޮށް އިމާރާތް ކުރެވޭނެ މިންގަނޑު ކަނޑައަޅައިފި

ގެސްޓްހައުސް ވިޔަފާރި ފުޅާވަމުން އަންނަ ބ.އަތޮޅު ގޮއިދޫގައި އެންމެ އުސްކޮށް އުމާރާތް ކުރެވޭނެ މިންގަނޑު އެ ރަށުގެ ކައުންސިލުން ކަނޑައަޅައިފިއެވެ. ގޮއިދޫ ކައުންސިލުން ނިންމާފައިވާ މި ނިންމުމުގައިވާގޮތު...