މެސީ
މެސީ
ކުޅިވަރު 17 Jul 2026 | 12:02

ފާޑުކިޔުންތެރިންނަށް މެސީގެ ވަރުގަދަ ރައްދެއް: ކޮންމެ އެއްޗެއް ކިޔަސް މިއީ އެންމެ މޮޅު ޓީމު، އެއްވެސް ކަމެއް ހިލޭއެއް ނުލިބޭ

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

އާޖެންޓީނާގެ ގައުމީ ޓީމަށް ރެފްރީންގެ އެހީތެރިކަމާއި ފުޓްބޯޅަ އިދާރާތަކުގެ ހާއްސަ އިނާޔަތްތަކެއް ލިބޭކަމަށް ބުނެ ކުރަމުންދާ ތުހުމަތުތަކަށް އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ވަރުގަދަ ރައްދެއް ދީފިއެވެ.

ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި އިންގްލެންޑާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު 2-1 އިން ކާމިޔާބުކޮށް، މުބާރާތުގެ ފައިނަލަށް ދިއުމަށްފަހު ވާހަކަދައްކަމުން މެސީ ބުނީ އާޖެންޓީނާއަށް މިހާތަނަށް ލިބުނު އެއްވެސް ކާމިޔާބީއަކީ "ހަދިޔާއަކަށް" ލިބުނު އެއްޗެއް ނޫން ކަމަށެވެ.

މިދިޔަ ބުދަ ދުވަހު ކުޅުނު ސެމީ ފައިނަލް މެޗުގެ 85 ވަނަ މިނެޓާ ހަމައަށް އާޖެންޓީނާ އޮތީ 1-0 އިން ފަހަތުގައެވެ. ނަމަވެސް މެޗުގެ ފަހުކޮޅު ދެ ލަނޑު ޖަހައި، އެ ޓީމުން ވަނީ ފަހަތުން އަރައި މެޗު ކާމިޔާބުކޮށްފައެވެ.

މި ކާމިޔާބީއާއެކު އާޖެންޓީނާގެ ވެރިރަށް ބުއެނޯސް އައިރެސްގެ މަގުތަކަށް އެތައް ހާސް ބަޔަކު ނުކުމެ އުފާފާޅުކޮށްފައިވާއިރު، އާޖެންޓީނާ މިހާރު އޮތީ ޖެހިޖެހިގެން ދެވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކުރުމާ އެންމެ ފިޔަވަޅަކާ ގާތުގައެވެ. އަންނަ އާދީއްތަ ދުވަހު ކުޅޭ ފައިނަލުގައި އާޖެންޓީނާ ނުކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ.

މި މުބާރާތުގައި އާޖެންޓީނާއިން ވަނީ މީގެ ކުރިން ސްވިޒަލޭންޑާއި ކޭޕް ވާޑް އަތުން އިތުރު ވަގުތުގައި މޮޅުވެ، މިޞްރު އަތުން 2-0 އިން ފަހަތުގައި އޮވެ 3-2 އިން މެޗު ކާމިޔާބުކޮށްފައެވެ. ނަމަވެސް މި މެޗުތަކަށްފަހު ސްވިޒަލޭންޑާއި މިޞްރުގެ ކޯޗުން ވަނީ ރެފްރީންގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. މިޞްރުގެ ކޯޗު ހުސާމް ހަސަން ތުހުމަތު ކުރި ގޮތުގައި، ފުޓްބޯޅަ އިދާރާތަކުން ބޭނުންވަނީ މެސީ އާއި އާޖެންޓީނާއަށް ކާމިޔާބު ހޯދައިދޭށެވެ.

"ވޭތުވެދިޔަ ހަތަރު އަހަރު އަހަރެމެން މިއީ އެންމެ މޮޅު ޓީމު، ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކިޔަސް، އަދި އެކަމާ ގަބޫލުވިޔަސް ނުވިޔަސް. އަހަރެމެން އަނެއްކާވެސް މިވަނީ ދުނިޔޭގެ އެންމެ މޮޅު ދެ ޓީމުގެ ތެރޭގައި ހިމެނިފައި. މިއީ އެއްވެސް ކަމެއް އިއްތިފާގުން ވީ ކަމެއް ނޫންކަން މީގެން ސާބިތުވޭ. އަދި އަހަރެމެންނަށް އެއްވެސް ކަމެއް ހިލޭ ލިބިފައެއް ނެތް." ފާޑުކިޔުންތަކަށް ރައްދުދެމުން މެސީ ބުންޏެވެ.

މެސީ އިތުރަށް ބުނި ގޮތުގައި، އިންގްލެންޑް އަތުން ބަލިވިނަމަ ބައެއް މީހުން ބޭކާރު ވާހަކަތައް ދައްކަން ނުކުތީސް ކަމަށާއި، ނަމަވެސް އެ ފުރުސަތު އެމީހުންނަށް ނުދޭ ކަމަށެވެ.

އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނީ، "އެހީތެރިކަން" ލިބޭ ކަމަށް ދެކެވޭ ވާހަކަތަކާ މެދު އޭނާ ކަންބޮޑުނުވާ ކަމަށެވެ.

"މިހާރުގެ ވީއޭއާރު ނިޒާމާއެކު ބަޔަކަށް އެހީތެރިވުމަކީ ވަރަށް އުނދަގޫ ކަމެއް. އެހީތެރިކަމެއް ލިބޭނަމަ އެކަން އޮންނާނީ ވަރަށް ސާފުކޮށް ފެންނަން. އަހަރެމެންނަށް އެނގޭ އެއްވެސް އެހީތެރިކަމެއް ނުލިބޭކަން،" ސްކަލޯނީ ބުންޏެވެ.

މެޗުގެ ތެރޭގައި އާޖެންޓީނާގެ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރިއިރު، ކަންފަތުގައި އަތްއަޅައި ފާޑުކިޔުންތެރިންނަށް އިޝާރާތްކޮށްފައިވެއެވެ. އޭނާ ބުނީ އެއީ ގިނަ ބަޔަކު ދައްކަމުންދިޔަ ދޮގު ވާހަކަތަކަށް ދިން ރައްދެއް ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން
07 Oct 2026 ކުޅިވަރު

މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީ މެޗް ނިންމާލީ މޮޅަކުން

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ގިނަބަޔަކު ގަބޫލްކުރާ އާޖެންޓީނާގެ ލިއޮނެލް މެސީ ޤައުމީޓީމަށް ކުޅުނު ވަދާއީމެޗް މޮޅަކުން ނިންމާލައިފިއެވެ. ބުއެނޯސް އައިރީސްގައި ކުޅުނު...

މެސީ އާޖެންޓީނާއަށް ކުޅޭނެ އެންމެ ފަހު މެޗު އަންނަ މަހު 6 ގައި
16 Sep 2026 ކުޅިވަރު

މެސީ އާޖެންޓީނާއަށް ކުޅޭނެ އެންމެ ފަހު މެޗު އަންނަ މަހު 6 ގައި

ޤައުމީ ޓީމުން ރިޓަޔާކުރިކަން އިޢުލާނުކޮށްފައިވާ ލިއޮނަލް މެސީއަށް ވަދާޢީ މެޗެއް ކުޅެދިނުމުގެ ގޮތުން ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކުގެ ސްކޮޑުގައި އޭނާ ހިމެނުމަށް އާޖެންޓީނާ ފުޓްބޯޅަ ފެޑެރޭޝަނުން ނި...

އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ލިއޮނަލް މެސީ ބައިނަލްއަޤްވާމީ ފުޓްބޯޅައިން ރިޓަޔަރކޮށްފި
31 Aug 2026 ކުޅިވަރު

އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ލިއޮނަލް މެސީ ބައިނަލްއަޤްވާމީ ފުޓްބޯޅައިން ރިޓަޔަރކޮށްފި

އާޖެންޓީނާގެ ލިއޮނަލް މެސީ، ބައިނަލްއަޤްވާމީ ފުޓްބޯޅައިން ރިޓަޔަރ ކުރިކަން ރަސްމީކޮށް އިޢުލާންކޮށްފިއެވެ. އުމުރުން 39 އަހަރުގެ މެސީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ހާމަކުރަމުން ބުނެފައިވަނީ، މިއީ އޭ...

ބައްޕަ މަރުވުމާ ގުޅިގެން މެސީގެ އަސަރުގަދަ ޕޯސްޓެއް
12 Aug 2026 ކުޅިވަރު

ބައްޕަ މަރުވުމާ ގުޅިގެން މެސީގެ އަސަރުގަދަ ޕޯސްޓެއް

އާޖެންޓީނާގެ ޤައުމީ ފުޓްބޯޅަ ޓީމްގެ ކެޕްޓަން ލިއޮނެލް މެސީއަކީ ދުނިޔެދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. މެސީގެ ފުޓްބޯޅަ ހަޔާތަށް ބަލާއިރު އޭނާގެ ބައްޕަ ޖޯޖް މެސީއަކީ، މެސީ މެސީއަކަށް ވުމުގެ އަސްލ...

އިންފަންޓީނޯ އުޅެނީ އަމިއްލަ ޖީބު ބޮޑުކުރުމަށް؛ ވަގުތުން ވަގުތައް އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ
06 Aug 2026 ކުޅިވަރު

އިންފަންޓީނޯ އުޅެނީ އަމިއްލަ ޖީބު ބޮޑުކުރުމަށް؛ ވަގުތުން ވަގުތައް އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ފުޓުބޯޅަ ލެޖެންޑް ލުއިސް ފީގޯ ގޮވާލައިފިއެވެ. ޕޯޗުގަލްގެ ކުރީގެ ތަރި މިކަމަށް ގޮވާލާފައިވަނީ ފީފާގެ ...

މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
05 Aug 2026 ކުޅިވަރު

މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް

ސްޕެއިނުގެ ވެރިރަށް މެޑްރިޑު ކައިރީ އޮންނަ ޖަންގަލީގައި ރޯވެ ފެތުރުނު އަލިފާންގަނޑުގެ ސަބަބުން ގެއްލުން ލިބުނު ސަރަހައްދު އަލުން ބިނާކުރުމަށް ލިއޮނެލް މެސީގެ ފަރާތުން މާލީ އެހީތެރިކަން ފޯރުކޮށްދީފިއެވ...