ސައުދީ މިސްކިތެއްގެ ތެރެއަށް ޗީތާއެއް ވަދެއްޖެ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ސައުދީ އަރަބިއްޔާގެ މިސްކިތެއްގެ ތެރެއަށް ޗީތާއެއް ވަދެއްޖެއެވެ.
ސައުދީގެ މީޑިޔާތަކުން ރިޕޯޓްކުރާގޮތުގައި އެގައުމުގެ ބުރައިދާ އަވަށުގެ މިސްކިތަކަށް ވަދެފައިވަނީ މީހެއްގެ ގޭގައި އޮޅުކޮށްގެން ގެންގުޅޭ ޗީތާއެކެވެ.
އިންޓަރނެޓްގައި އާންމުވެފައިވާ ވީޑިޔޯއަކުން ފެންނަ ގޮތުގައި މި ޗީތާ މިސްކިތަށް ވަނުމަށްފަހު، މިސްކިތުގެ ކަނެއްގައި އިނދެ، މިސްކިތުގައި ތިބި މީހުން ކުރަމުންދިޔަ އަޅުކަންތައްތަކަށް ބަލަމުންދިޔައެވެ. ނަމަވެސް އޭތި، އެތަނުގައި ހުރި އެެއްވެސް މީހަކަށް ގޯނާކޮށްފައެއް ނުވެއެވެ.
ޗީތާ މިސްކިތަށް ވަނުމުން، މިސްކިތުގެ ފަރާތްތަކުން އޭގެ ވެރިމީހާ ހޯދައި ގުޅުމުން، އެމީހާ ވަނީ މިސްކިތަށް އައިސް އެ ޗީތާ އަނބުރާ ގެންގޮސްފައެވެ. އެމީހާ ބުނިގޮތުގައި ޗީތާ ފިލާފައިވަނީ އޭތި ފެންވެރުވުމަށްފަހު ހިއްކަން ބަހައްޓާފައި ހުއްޓައެވެ.
ސައުދީ އަރަބިއްޔާގައި މިފަދަ ވަލުޖަނަވާރު އޮޅުކޮށްގެން ގެންގުޅުމަކީ އާދައެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް