ލ.ގަމުގައި ބޭއްވި ރޭސިން މުބާރާތެއްގެ ތެރެއިން ނުރައްކާތެރި އެކްސިޑެންޓެއް ހިގައި އެކަކު ސީރިއަސް ހާލަތެއްގައި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ލ.ގަމުގައި ބޭއްވި ރޭސިން މުބާރާތެއްގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓިގެންގޮސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ސައިކަލް ދުއްވަން އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
މި އެކްސިޑެންޓްގައި ސައިކަލްގައި އިން މީހާއަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. އޭނާއަށް ގަމު ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގއި އޭނާގެ ބޮޅަށް ވަނީ ވަރަށްބޮޑަށް އަނިޔާވެފައެވެ.
މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލް ކޮންޓްރޯލުން ނެއްޓި ގޮސް މޫދަށް ވެއްޓިގެންނެވެ. ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ސައިކަލްގެ ބައެއް ބައިތައް ތޮށިގަނޑުމަތީގެ އިތުރުން މޫދުގައިވެސް ހުއްޓެވެ.

ސައިކަލް މޫދުން ނަގާފައިވާއިރު، ހާދިސާ ހިނގިތާ އިރުކޮޅެއްގެ ތެރޭގައި އަނިޔާވި މީހާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
އޭނާ މިހާރު އޮތީ ވަރަށް ސީރިއަސް ހާލަތެއްގައިކަމަށް މައުލޫމާތު ލިބެއެވެ.
ތަފްސީލް އަންނަނީ..
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް