ލޮރީ ދަށުވެ މަރުވީ 39 އަހަރުގެ ދިވެއްސެއް، ލޮރީގައި ޖެހި އެކްސިޑެންޓްވީ ކަމަށް ނުބެލެވޭ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވެފައިވަނީ ހމ. ގޯތި ނަންބަރު 20054 (ގްރީންޕީކް) / މާލެ، އިބްރާހީމް ނާޞިޙު (39އ) ކަމަށް ފުލުހުން ބުނެފި އެވެ.
މިއަދުގެ އެކްސިޑެންޓާއި ގުޅޭގޮތުން ތަހުގީގަށް މިހާތަނަށް އެނގުނު މައުލޫމާތު ހާމަކޮށް ފުލުހުން ބުނީ ނާސިހް ނިޔާވެފައިވަނީ ޓްރެއިލާ ލޮރީ ދަށުވެގެންކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ. އަދި އުޅަނދުގެ ދަށުވާން މެދުވެރިވީ، އުޅަނދުގައި ޖެހި އެކްސިޑެންޓް ވެގެން ކަމަށް ނުބެލެވޭ ކަމަށް ވެސް ބުންޏެވެ
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނީ ބާރު ސްޕީޑްގައި އައި ސައިކަލު ކަހާލީ ކަމަށެވެ. ނާސިހް ލޮރީ ދަށުވީ ސައިކަލު ކަހާލައިގެން ވެއްޓި ކަމަށެވެ.
ލޮރީ ދަށުވެ އޭނާގެ ބޮލަށް ވަރަށް އަނިޔާވި އެވެ.
އެކްސިޑެންޓުގައި އަނިޔާވި މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް