މިވަގުތު ރާއްޖޭގެ އެންމެ އިސްވެރިއަކަށް ޤާސިމް އިބްރާހިމް
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސުލްޖުމްހޫރީއްޔާ ކަމުގެ ހުވާ ކުރެއްވުމުގެ ނިޔަލަށް މިހާރުން ފެށިގެން އެންމެ އިސްވެރިއަކަށް ޤާސިމް އިބްރާހިމް ވެވަޑައިގެންފިއެވެ.
ކުރީގެ ރައީސުލްޖުމްހޫރީޔާ އަބްދުﷲ ޔާމީން އަބްދުﷲ ޤައްޔޫމް ގެ ފަސް އަހަރުގެ ދައުރު ވަނީ މިއަދު ގެ 13:20 ހަމަވެފައެވެ. އެހެން ކަމުން މިއީ އެމަނިކުފާނުގެ ސަރުކާރު އުވި އިންތިގާލީ މަރުހަލާގައި ރާއްޖެ ހޭދަ ވަމުން ދާ ވަގުތުކޮޅެކެވެ.
ޤާސިމް އިބްރާހިމް އަކީ މިވަގުތު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން، އެ މަނިކުފާނަށް ޤާނޫނު އަސާސީގެ ހަމަތަކުން ރައީސް އަދި ނައިބް ރައީސް ނެތުމުގެ ސަބަބުން ގައުމުގެ އެންމެ އިސްވެރިއަކަށް ހަމަ ޖެހުނީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް