ވ. އާރަށް މައްސަލަ، އަބްދުﷲ ރަޝީދުގެ ހެކިބަސް ނަގަނީ
ވ. އާރަށް މައްސަލަ، އަބްދުﷲ ރަޝީދުގެ ހެކިބަސް ނަގަނީ
ހަބަރު 10 Sep 2022 | 10:09

ވ. އާރަށް މައްސަލަ: އަބްދުﷲ ރަޝީދާއި ނަރީޝްގެ ހެކިބަހުގައި އެއް ވާހަކަތަކެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޔޫސުފް ނައީމުގެ އަތްޕުޅުން އެއްމިލިއަން ޑޮލަރު ބައްލަވައިގަތުމަށް ދެއްވި ފައިސާ ޔޫސުފު ނައީމާއި ހަވާލުކުރިކަމަށް އަބްދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ.

އެ މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހެއްކެއްގެ ގޮތުގައި ހުށައެޅުއްވި މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ދެއްވި ހެކިބަހުގައި ވިދާޅުވީ ޔޫސުފު ނައީމުގެ އަތުން ޑޮލަރު ބައްލަވައިގަތުމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމު ދެއްވި ފައިސާ ގެންގޮސްދީފައިވާނެކަމަށެވެ.

އަދި އެކަން ކުރީ އޭނާ އާއި އަބްދުﷲ ރަޝީދު ނަމަކަށް ކިޔާ މީހަކާއި ދެމީހުންކަމަށް ނަރީޝް ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމުގައި އަބްދުﷲ ރަޝީދުގެ ހެކިބަސް ނަގާފައިވާއިރު، އޭނާވެސް ވަނީ ނަރީޝް ވިދާޅުވިގޮތަށް، އެއް މިލިއަން ޑޮލަރަށްވާ ފައިސާ ޔޫސުފު ނައީމާއި ހަވާލުކުރުމުގައި ބައިވެރިވިކަމަށް ވިދާޅުވެފައެވެ.

އޭނާގެ ހެކިބަހުގައި ވިދާޅުވެފައިވަނީ ރައީސް ޔާމީން ގުޅުއްވައިގެން 2015 ވަނަ އަހރުގެ ސެޕްޓެމްބަރު މަހުގައި އެމަނިކުފާނު އޭރު ދިރިއުޅުއްވަމުން ދިޔަ ގެކޮޅަށް ދިޔަކަމަށް ވިދާޅުވެފައެވެ. އަދި ފައިސާ ގުނުމަށްފަހު، އެއީ އެއްމިލިއަން ޑޮލަރަށްވާ ދިވެހި ފައިސާކަން ޔަގީންކުރުމަށްފަހު، އެ ފައިސާ ޔޫސުފު ނައީމާއި ހަވާލުކުރިކަމަށް އޭނާ ވިދާޅުވިއެވެ.

ދައުލަތުގެ ފަރާތުން ވަނީ ފައިސާ ގުނި ގޮތާއި މެދު ސުވާލުކުރައްވާފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން އަބްދުﷲ ރަޝީދު ވިދާޅުވީ ރައީސް ޔާމީން ވިދާޅުވެގެން ގ. ދޫވެއްސަށް ދިޔަ ކަމަށާއި، އެއް މިލިއަން ޑޮލަރަށްވާ 15 މިލިއަން 4 ލައްކަ 20 ހާއްސަ ރުފިޔާ އެމަނިކުފާނުގެ ހާޒިރުގައި ގުނި ކަމަށެވެ.

އެފައިސާ ގުނީ ނަރީޝާ ދެމީހުން އަތުން ކަމަށާއި ފައިސާ ހުރީ ގ. ދޫވެހީގެ ސިޓިންރޫމްގައި ދަބަހެއްގައި ކަމަށް ހެކިބަސްދީފައިވެއެވެ. އަބްދުﷲ ބުނީ އެ ފައިސާ އަތުން ގުނީ ވަކިވަކި ނޫޓުން ނޫން ކަމަށާއި، ގުނީ ފައިސާ ބޮނޑީގެ އަދަދު ކަމަށް އަބްދުﷲ ވަނީ ކޯޓަށް ކިޔާދެއްވާފައެވެ. ފައިސާ ގުނުމުން އެއް މިލިއަން ޑޮލަރަށްވީ ފައިސާ ހަވާލުކުރާ ކަމަށް ލިޔެފައިވާ ލިޔުމުގައި ރައީސް ޔާމީން ސޮއި ކުރެއްވިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމުގައިވެސް ދައުަތުން ވަނީ މައުލޫއިން ބޭރު، އަދި ހެކި ހުށައެޅި ސަބަބުތަކާއި ނުގުޅޭ ސުވާލުތައް ކުރުމަށް މަސައްކަތްކޮށްފައެވެ. އެގޮތުން އޭނާ ޔޫސުފު ނައީމުގެ ގެއަށް ދިޔަ ކާރުގެ ޑިޒައިނާއި، ގުޅޭގޮތުން ދައުލަތުގެ ވަކީލުން ވަނީ ސުވާލުކޮށްފައެވެ. އަދި ނަރީޝްއާއި ކާރު ޑްރައިވަރާއި ދެމެދު ދެކެވުނު ވާހަކަތަކާއި ގުޅޭގޮތުންވެސް ސުވާލުކޮށްފައިވެއެވެ.

ރައީސް ޔާމީންގެ ފަރާތުންވަނީ އެފަދައިން ސުވާލުކުރަމުން ދިއުމާއި ގުޅިގެން އިއުތިރާޒު ކުރައްވާފައެވެ. އަދި އެއީ މީގެކުރިންވެސް ދައުލަތުން އަމަލުކުރި ގޮތަށް ހެކިންނަަށް ފުރައްސާރަކުރުންކަން ފާހަގަކޮށް އެ ފުރުސަތު ނުދިނުމަށްވެސް ރައީސް ޔާމީންގެ ވަކީލުން ވަނީ އެދިފައެވެ.

އެއާއެކު މައްސަލަ ބައްލަވާ އިސް ގާޒީ ޝަކީލުވެސް ވަނީ އެފަދައިން އެކަން ނުކުރުމަށް މިއަދުވެސް އަންގާފައެވެ.

ވ. އާރަށުގެ މުއާމަލާތާއި ގުޅިގެން މިއަދު އިތުރު ދެ ހެކިންގެ ހެކިބަސްވެސް ވަނީ ނަގާފައެވެ. އެއީ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލްއާއި، ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދުގެ ހެކިބަހެވެ.

ތިން ހެކިންގެ ހެކިބަހަށްފަހު މިއަދުގެ އަޑުއެހުން ވަނީ ނިންމާލާފައެވެ. އެހެން ނަމަވެސް މި މައްސަލައިގައި އަދި ދިފާއުގެ ފަރާތުން ހުށައަޅާފައިވާ އިތުރު ތިން ހެކިންގެ ހެކިބަސް ނެގުން އޮންނާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.