ރަތްކަނޑަކީ އެންމެ ގިނައިން އެއްޤައުމުން އަނެއް ޤައުމަށް މުދާ ގެންދެވޭ އެއްމަގު
ރަތްކަނޑަކީ އެންމެ ގިނައިން އެއްޤައުމުން އަނެއް ޤައުމަށް މުދާ ގެންދެވޭ އެއްމަގު
ދުނިޔެ 13 Jan 2024 | 06:16

ރަތްކަނޑު ސަރަޙައްދުގެ މައްސަލަ ބޮޑުވެ ކޮންޓޭނަރު އުފުލުމުގެ އަގުތައް ބޮޑުވެއްޖެ

ރަތް ކަނޑުން ލައިފައި ޔަހޫދީންގެ ރަށްތަކަށް ދަތުރުކުރާ ބޯޓުފަހަރަށް ޔަމަނުގައި ޙަރަކާތްތެރިވާ ޙޫޠީ ޖަމާޢަތުން ދެމުންދާ ޙަމަލާތައް ހުއްޓުވުމަށް ކަމަށް ބުނެ، އެމެރިކާ އިސްވެ ޔަމަނަށް ބޮން އަޅަން ފެށުމުން ރަތް ކަނޑުގެ ހަމަނުޖެހުން ދިގު ދެމިގެން ގޮސްދާނެ ކަމުގެ ބިރު ބޮޑުވުމާއި އެކު ، ކަނޑުމަގުން ކޮންޓޭނަރުގައި މުދާ އުފުލުމަށް ނަގާ އަގުތައް އުފުލިއްޖެއެވެ.

ރަތްކަނޑު ހިމެނޭ ސަރަހައްދަކީ ދުނިޔޭގައި އެންމެ ގިނައިން މުދާ އުފުލާ ބޯޓް ފަހަރުތައް ދަތުރުކޮށް ހަދާ ސަރަހައްދަށް ވާއިރު  ޙޫޠީންގެ ޙަމަލާތަކާ ގުޅިގެން ޝިޕިން ކުންފުނިތަކުން ރަތް ކަނޑުގެ ދަތުރުތައް ހުއްޓައިލުމުން ސުއޭޒް ކެނަލުން ދަތުރުކުރާ ބޯޓުތަކުގެ ޢަދަދު ވެސް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

އެ ގޮތުން މިދިޔަ އަހަރަށްވުރެ މި އަހަރުގެ މިހާތަނަށް ސުއޭޒް ކެނަލުން ދަތުރުކުރި ބޯޓުގެ އަދަދު ވަނީ 777ން 544އަށް މަދުވެފައެވެ. މިއީ 233 ބޯޓްގެ މަދުވުމެކެވެ.

ރަތް ކަނޑުން ޔަހޫދީންގެ ރަށްތަކަށް ދަތުރުކުރާ ބޯޓުފަހަރަށް ޙޫޠީ ޖަމާޢަތުން ހަމަލާދޭ ކަމަށް ބުނެ އެމެރިކާއިން އެމީހުންނަށް އަމާޒުކޮށް ޙަމަލާތައް ދޭންފަށާފައިވާ މި ދަނޑިވަޅުގައި އެމެރިކާއިން ވެސް މިހާރު ވަނީ އެ ސަރަޙައްދުން ދަތުރުނުކުރުމަށް ޝިޕިން ކުންފުނިތަކަށް ލަފާ ދީފައެވެ.

އެމެރިކާގެ މި އިލްތިމާސާއި އަދި އެމެރިކާއިން ޔަމަނަށް ދޭންފެށި ހަމަލާތަކާއި ގުޅިގެން ދުނިޔޭގައި ތެލާއި އެނޫން ވެސް މުހިންމު މުދާ ހިފައިގެން ދަތުރުކުރާ ބޯޓުތަކުން ނަގާ ކޮންޓޭނަރުގެ އަގު އުފުލި އިންފްލޭޝަން މަތިވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. އަދި ދަތުރުތައް ހުއްޓައިލުމުން މިދިޔަ އަހަރަށްވުރެ މި އަހަރުގެ މިހާތަނަށް ސުއޭޒް ކެނަލަށް ލިބުނު އާމްދަނީ ވަނީ %40   އިންސައްތައަށް ދަށަށް ގޮއްސައެވެ.

ރަތްކަނޑު ހިމެނޭ ސަރަހައްދުގެ މައްސަލަ ދިގުދެމިގެންދާ ނަމަ ކަނޑުމަގުން މުދާ އުފުލުމަށް ބުރޫ އަރާނެ ކަމަށާއި ޚަރަދުތައް ވެސް ބޮޑުވާނެ ކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އަދި އެކަމުގެ އަސަރު މުޅި ދުނިޔެއަށް ވެސް ކުރާނެކަމަށް އެފަރާތްތަކުން ލަފާކުރައްވައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.