މާދަމާވެސް ފުލުހަށް ހާޒިރުވުމަށް ޒަމީރަށް އަންގައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކާއި ގުޅިގެން ކުރީގެ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު، މާދަމާވެސް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގައިފިއެވެ.
މައުލޫމާތު ލިބޭގޮތުގައި ޒަމީރަށް ހާޒިރުވުމަށް އަންގާފައިވަނީ ފުލުހުން ތަހުގީގުކުރަމުންދާ އެމްއެމްޕީއާރްސީގެ މައްސަލައަކާއި ގުޅިގެންނެވެ.
މިއަދުގެ ހަވީރު ހަތަރެއް ޖެހިއިރުވެސް ޒަމީރުވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ. ނަމަވެސް ޒަމީރާއި އެކުގައި ހާޒިރުވި ގާނޫނީ ވަކީލަކީ މަސްލަހަތު ފުށޫއަރާފާނެފަދަ ބޭފުޅަކަށްވާތީ، އެހެން ވަކީލަކާއި އެކު މާދަމާ ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ ހިނގި ދުވަސްވަރުގައި ޒަމީރު ހުންނެވީ އެ މިނިސްޓްރީގެ މަގާމެއްގައި ނޫނެވެ. ޒަމީރަކީ ރައީސް ޔާމީންގެ އަރިސް ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް