އިޝިކާވާ އާއި ކައިރީގައިވާ ޕްރިފެކްޗަރތަކަށް އައި ބިން ހެލުން--- ފޮޓޯ: އޭޕީ
އިޝިކާވާ އާއި ކައިރީގައިވާ ޕްރިފެކްޗަރތަކަށް އައި ބިން ހެލުން--- ފޮޓޯ: އޭޕީ
ދުނިޔެ 01 Jan 2024 | 07:41

ޖަޕާނަށް 7.4 ގެ ބާރުމިނުގެ ބިންހެލުމެއް؛ ރާއްޖެއަށް ނުރައްކަލެއް ނެތް

ޖަޕާނަށް އައި ބިންހެލުން ތަކުގެ ނުރައްކަލެއް ރާއްޖެއަށް ނެތްކަމަށް މޫސުމާއި ބެހޭ އިދާރާއިން ބުނެފިއެވެ.

ސިލްސިލާ ބާރުގަދަ ބިންހެލުންތަކެއް އައިސް ޖަޕާނުގެ ހުޅަނގުގެ ސަރަހައްދުތަކަށް ސުނާމީގެ އިންޒާރު ވަނީ ދީފައެވެ.

ޖަޕާނުގެ މީޓަރޮލޮޖިކަލް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ހޯމަ ދުވަހު އިޝިކާވާ އާއި ކައިރީގައިވާ ޕްރިފެކްޗަރތަކަށް ބިންހެލުމެއް އައިސްފައިވާއިރު އޭގެ ތެރެއިން އެއް ޕްރިފެކްޗަރަށް އައި ބިންހެލުން މެގްނިޓިއުޑް 7.6 އަށް އަރާފައިވެއެވެ.

އެހެންކަމުން އިޝިކާވާއަށް ސުނާމީގެ ބޮޑު އިންޒާރެއް ނެރެ، ހޮންޝޫގެ ހުޅަނގު އުތުރުގެ އެހެން ހިސާބުތަކަށް ވެސް ވަނީ ސުނާމީގެ އިންޒާރު ދީފައިއެވެ.

މި ސަރަހައްދު ތަކުގައި ދިރިއުޅޭ ހުރިހާ ރައްޔިތުން ވަގުތުން އުސް ބިމަކަށް ބަދަލުވާން ޖެހޭނެ ޕަބްލިކް ބްރޯޑްކާސްޓާ (އެންއެޗްކޭ) އިން ވަނީ ބުނެފައެވެ.

އިޝިކާވާގެ ވާޖިމާ ސިޓީގެ އައްސޭރިފަށުގައި އެއް މީޓަރަށް ވުރެ އުސްމިނުގައި (3.3 ފޫޓު) ރާޅުތަކެއް އަރާފައިވާ ކަމަށް އެންއެޗްކޭ އިން ބުނެ އެވެ. އަދިވެސް އިޝިކާވާއަށް އިތުރު ބިންހެލުން ތަކެއް އަތުވެދާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.

މި ބިންހެލުން ތަކުގެ ސަބަބުން ފަސް މީޓަރު (16.5 ފޫޓު) އުސްމިނުގެ ސުނާމީ ނޮޓޯއާ ހަމައަށް ފޯރާނެ ކަމަށް ބެލެވޭ ކަމަށް ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ބުނެ އެވެ.

ޖަޕާނުގެ ކަންސައި އިލެކްޓްރިކް އިން ބުނީ ބިންހެލުން އައި ސަރަހައްދުގައި ހުރި ނިއުކްލިއާ ޕްލާންޓްތަކުން އެއްވެސް އާދަޔާ ހިލާފު ކަމެއް ފެނިފައި ނުވާ ކަމަށް ޖަޕާނުގެ ކަންސައި އިލެކްޓްރިކް އިންވެސް ވަނީ ބުނެފައެވެ.

ދެކުނު ކޮރެއާގެ މޫސުމާބެހޭ އިދާރާއިން ބުނީ ޖަޕާނަށް އައި ބިންހެލުންތަކުގެ ސަބަބުން އެ ގައުމުގެ އިރުމަތީ އައްސޭރީގައި އޮންނަ ގަންގްވޮން ޕްރޮވިންސްގެ ބައެއް ސަރަހައްދުތަކުގެ ކަނޑުގެ ލޮނުގަނޑު އުފުލިފައިވާ ކަމަށެވެ.

ޖަޕާނަކީ ދުނިޔޭގެ ބިންހެލުންތަކުގެ ނުރައްކާ އެންމެ ބޮޑު އެއް ގައުމުކަން ފާހަގަ ކޮށްލެވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި
03 Nov 2026 ދުނިޔެ

އިންޑިއާގައި މީހަކު ޕާސްޕޯޓު ބޭނުންކުރީ ނޯޓު ފޮތެއްގެ ގޮތުގައި

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުން، އެ މީހާގެ ޕާސްޕޯޓުގެ ގިނަ ސޮފުހާތަކުގައި ހުރީ އެކި މީހުންގެ ފޯނު ނަންބަރުތަކާއި ނަންތައް ނޯޓުކޮށް، ރައްކާކޮށްފައެވެ.

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު
03 Nov 2026 ދުނިޔެ

މުޒާހަރާ އާ ގުޅިގެން ބަންގްލަދޭޝްގެ ގިނަ ފެކްޓްރީތަކެއް ބަންދު

މިދިޔަ އާދިއްތަ ދުވަހު ވެރިރަށް ޑާކާގައި ފެށި މި މުޒާހަރާތައް ވަނީ ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން މަގުތައް ބަންދުކޮށް، ބައެއް ފެކްޓްރީތަކަށް ގެއްލުންދީ، އުޅަނދުފަހަރުގައި ހުޅުޖަހާފައިވެއެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ. ޑާކާ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު މުހިދުލް އިސްލާމް ވިދާޅުވި ގޮތުގައި، ހޯމަ ދުވަހާ ހަމައަށް މަދުވެގެން 29 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ގާމެންޓް ސިނާއަތުގައި ގަސްދުގައި ނުތަނަވަސްކަން އުފައްދަން އުޅޭ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.