އެތެރޭގެ އުދުހުންތައް ދެތިން ހަފްތާފަހުން އަގުހެޔޮވަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ދިވެހިރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގުތައް ކުރިއަށް އޮތް ދޭއް ނުވަތަ ތިން ހަފްތާތެރޭގައި އަގުހެޔޮވެގެންދާނެކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ނަހުލާ މިހެން ވިދާޅުވީ، މިއަދު ޓްރާންސްޕޯޓް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނަހުލާ ވިދާޅުވީ އެކަމާއި ގުޅިގެން މިނިސްޓްރީން ތައްޔާރުކުރަންޖެހޭ ހުރިހާ ޕްލޭނެއް ތައްޔާރުކޮށްފައިވާ ކަމަށާއި، އެކަމުގެ ޖުމްލަ މަސައްކަތުގެ 60 އިންސައްތަ ފުރިހަމަކޮށްފައިވާ ކަމަށެވެ.
އަދި އަގުހެޔޮކުރުމަށްފަހު ކަނޑައެޅޭ އަގުތައް ކުރިއަށް އޮތް ދެދުވަހެއްގެ ތެރޭގަައި ހާމަކުރެވިގެންދާނެކަމަށް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެތެރޭގެ އުދުހުންތަކުގެ އަގުތައް ތިރިކުރަނީ މިހާރު ހުރިވަރަށްވުރެ 30 އިންސަައްތަ ދަށަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް