N/A
N/A
ހަބަރު 25 Nov 2018 | 15:12

ތިނަކުން އެކެއް: ހަނުހުރެވޭކަށެއް ނެތް!

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

"އެއީ ހަމަ ވާންވީ ގޮތް"، މިއީ އާންމުގޮތެއްގައި އަޅުގަނޑުމެންގެ މުޖުތަމައުއާއި އާންމު ދިރިއުޅުމުގައި އިވޭ އަޑެކެވެ. އާންމުގޮތެއްގައި މި ބަސް ބޭނުންކޮށް އުޅެނީ، ބަދުނަސީބުވެރި ނުވަތަ އަނިޔާވެރިކަމެއް ދިމާވުމުން އެއީ އެމީހަކަށް ހައްގު މިންވަރެއްކަމުގައި ބުނުމަށެވެ. އާފިޔާ (އަސްލު ނަމެއް ނޫން) އޭނާގެ މައިދައިތަ ގާާތުގައި، ފިރިމީހާގެ ފަރާތުން ޖިސްމާނީ އަނިޔާ ލިބޭކަމަށް ބުނުމުން އާފިޔާއަށް ޖަވާބުގައި ލިބުނީ އެއީ ވާންވީ ގޮތް ކަމުގައެވެ.

ކައިވެނީގެ މަތިވެރި ގުޅުމުން އާފިޔާއާއި އޭނާގެ ފިރިމީހާ ގުޅުނުއިރު، އާފިޔާއަށް ހީވެފައިއޮތީ އޭނާގެ ފިރިމީހާއަކީ ޚުލްގު ހެޔޮ، ހަރުދަނާ މީހެއް ކަމަށެވެ. ކައިވެނީގެ ފުރަތަމަ ދުވަސްކޮޅު މިފަދަ ފޮނި އިހުސާސެއް މަތީ އާފިޔާ ހުއްޓާ، ކުއްލިއަކަށް އޭނާ ހުންނަންޖެހުނީ ވިހަ ކަށިތަކެއްގެ މަތީގައެވެ. ފުރަތަމަ ދަރިއަށް ބަނޑުބޮޑު ވުމާއި އެކު، ފިރިމީހާގެ ފަރާތުން އަޅާލުން ލިބުން ކުޑަވެ، ގޭތެރޭގައި އެކަނިވެ ބާކީވެދިޔައެވެ. އެކަމުގެ ޝަކުވާކުރުމުން، ފިރިމީހާގެ ކިބައިން ލިބުނީ ވިހަ ބަސްތަކާއި ވޭންދެނިވި އަނިޔާއެވެ. އެ އަނިޔާ ތަހައްމަލް ކުރާ ހާލު ފުރަތަމަ ދަރިފުޅު މި ދުނިޔެއަށް ގެނެސްދިނެވެ. ދަރިފުޅު އައުމާއި އެކު ފިރިމީހާއަށް ބަދަލު އަންނާނެ ކަމަށް ހީކޮށް، ލިބުނު އަނިޔާތައް އާފިޔާ ސިއްރުކުރިއެވެ. ނަމަވެސް ކަންދިމާވީ މުޅިން އިދިކޮޅަށެވެ.

އާފިޔާއަށް އޭނާގެ ފިރިމީހާ އަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްކަން ފަޅާއެރުމުން އެކަން ހުއްޓުވުމަށް މަސައްކަތްކުރިއެވެ. ނަތީޖާއަކަށްވީ، އެތަކެއް އަނިޔާތަކާއި އާފިޔާ ކުރިމަތިލުމެވެ. އާފިޔާގެ ތުއްތު ދަރިފުޅު ރޯލަރޯލައި އޮތްހާލުގައި އާފިޔާ ގައިގައި ތަޅަމުންދިޔައިރު، ފިރިމީހާއަށް ދުނިޔޭގެ ހޭވެރިކަމެއް ނެތެވެ. ތިހުރީ ބުނި އަގެއް ދީގެން ގެނެސްފައިކަމަށާއި، ހުންނަންވާނީ މަޑުންކަމަށްބުނެ އޭނާގެ ގަަދަކަމާއި "ފިރިހެންވަންތަކަން" ދައްކަމުންދިޔައެވެ.

އެންމެފަހުން އެ އަނިޔާއަށް ކެތްނުވެގޮސް، އާފިޔާ ނިންމީ މައްސަލަ ހައްލުކުރާށެވެ. ނަމަވެސް ރިޕޯޓްކުރާނެހާ ހިތްވަރެއް އާފިޔާ ގަޔަކުއެއް ނެތެވެ. އާއިލާއަށް ލިބިދާނެ ހުތުރުނަމަކަށްޓަކައި ކަމަށްބުނެ، ދަރިފުޅު ބިކަވާނެ ކަމަށްބުނެ ފިރިމީހާ އާއިލާ ތެރެއިން މައްސަލަ ހައްލުކުރެވޭތޯ ބެލީއެވެ. މައިދައިތައަށް ހިތުގެ އުދާސްތައް އޭނާ ބަންޑުން ކޮށްލިއެވެ. ޖަވާބަކަށްއައީ ކުރިންވެސް ބުނިފަދައިންނެވެ. އެއީ އާފިޔާއަށް ހަމަވާންވީ ގޮތްކަމަށާއި އަނބިންނަކީ ބަސްބުނެ ހަދަންޖެހޭ ބައެއް ނޫންކަމަށް މައިދައިތަ ބުންޏެވެ.

ސުވާލަކީ މިއީ ހަމަ އާފިޔާއަށް ހައްގު މިންވަރުބާވައެވެ؟ އާފިޔާއަށް ލިބެމުންދިޔަ އަނިޔާގައި އާފިޔާގެ ކުށެއް އެބައޮތްބާވައެވެ؟ އަނބިމީހާއަށްވުމުގެ ވާޖިބު އަދާކުރުމުން އޭގެ އަދަބަކީ އަނިޔާ ބާވައެވެ؟ ހަގީގަތަކީ މި ސުވާލުތަކުގެ ޖަވާބަކީ ނޫނެކޭކަމެވެ. ނަމަވެސް މަދުމަދުން ނަމަވެސް އަޅުގަނޑުމެންގެ މުޖުތަމައުގައި އަންހެނުންނާއި އަންހެންކުދިންނަށް ކުރާ އަނިޔާއަކީ އާދައިގެ ކަމަކަށް ހަދާފައިވާ ކަމީ ހިތާމަކުރަންޖެހޭކަމެވެ. އާފިޔާގެ މައިދައިތަ ފަދަ އެތައް ބަޔަކު މި ދިވެހި ދީބުގައި އުޅޭކަމެވެ.

މިއަދަކީ އާފިޔާފަދަ އަންހެނުންގެ ހައްގުގައި އަދި އާފިޔާގެ މައިދައިތަ ފަދަ މީހުންނާއި ދެކޮޅަށް ފާހަގަކުރާ ބައިނަލްއަގްވާމީ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަހެވެ. މި ދުވަހުގެ މުނާސަބަތުގައި ކުރިއަށް އޮތް ސޯޅަ ދުވަހަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ދިރާސާތަކުން ދައްކާގޮތުގައި 15 އަހަރާއި 49 އަހަރާ ދެމެދުގެ ކޮންމެ ދިވެހި އަންހެނަކީ އުމުރުގެ ކޮންމެވެސް ހިސާބެއްގައި އަނިޔާއެއްގެ ޝިކާރައަކަށްވެފައިވާ މީހެކެވެ. ތިނަކުން އެކަކަށް މިފަދަ އަނިޔާ، އަޅުގަނޑުމެންގެ އިސްލާމީ މުޖުތަމައުގައި ލިބޭއިރު އާންމުކޮށް މިކަން ހިނގަނީ އެންމެންނަށްވެސް އެނގޭ ބީދައިންނެވެ. ނަމަވެސް ހިތާމައަކީ ގިނަ ފަރާތްތަކުން އަދިވެސް މިފަދަ މައްސަލަތައް ރިޕޯޓްނުކޮށް ހަނުހުންނަކަމެވެ. ހަނުހުރުމަކީ ބޮޑު ޚިޔާނާތަކަށް ވަނީ މިފަދަ ދަނޑިވަޅުތަކުގައެވެ.

އާފިޔާ ފަދަ އެތަކެއް އަންހެނުން މި ދިވެހި މުޖުތަމައުގައި އުޅޭނެއެވެ. އެފަދަ އަނިޔާތަކުން އެ އަންހެނުން މިންޖުކުރުމަކީ ދައުލަތާއި މުޖުތަމައުގެ ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ މަތިވެރި ޒިންމާއެކެވެ. މުޖުތަމައުގެ ފަރުދުން، އެބައިމީހުންގެ ފަރުދީ ޒިންމާ އަދާކުރާށެވެ. ދައުލަތުން ގާނޫނުތައް ވަރުގަދަކޮށް، އެގާނޫނު ތަންފީޒުކުރުންވެސް ވަރުގަދަކުރާށެވެ. އޭރުން ދެފަރާތުގެ މަސައްކަތުން ތިނަކުން އެކެއްގެ އަދަދު މަދުކުރެވޭނެއެވެ. ހަނުހުރުމުގެ ޚިޔާނާތުގެ ބަދަލުގައި ފާޅުކުރުމުގެ އަމާނާތް އިތުރުވާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...