މެންބަރުން ގަޑިޖެހޭ މައްސަލަ ބޮޑުވެ، ފިޔަވަޅުއަޅަނީ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޖަލްސާއަށް ގަޑިޖެހިގެން އައުމުގެ ސަބަބުން ކޯރަމް ހަމަނުވުމުގެ މައްސަލަ ބޮޑުވެ، އެކަމާއި މެދު ފިޔަވަޅު އެޅުމަށް މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ނިންމަވައިފިއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، މަޖިލީހަށް ގަޑިޖެހިގެން މެންބަރުން އަންނަ މައްސަލަ ސުލޫކީ ކޮމެޓީއަށް ހުށައަޅާނެކަމަށާއި، އެކަމަށް ހައްލެއް ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ.
މިއަދު ހެނދުނު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ 9.00 ޖަހާއިރު ފެށުމަށް ތާވަލްކޮށްފައި އޮތަސް، ކޯރަމް ހަމަނުވުމުގެ ސަބަބުން ޖަލްސާ ފެށުނީ އޭގެ ބައިގަޑިއިރެއްހާ އިރު ފަހުންނެވެ.
މަޖިލީހުގައި މިއަދަށް މުހިންމު ކަންކަން ތާވަލްވެފައިއޮއްވާ މެންބަރުން ގަޑިއަށް ހާޒިރުނުވުމުން ގިނަބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް