ޕީއެސްއެމްގައި ހުރި ވީޑިއޯތަކެއް ނައްތާލުމުން އެކަން ޔުމްނާ ކުށްވެރި ކުރައްވައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ދައުލަތުގެ މީޑީއާ ޕީއެސްއެމްއިން ވީޑިއޯތަކެއް ޑިލީޓްކޮށްލި މައްސަލަ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނު ކުށްވެރި ކުރައްވައިފިއެވެ.
މިނިސްޓަރ މިކަން ކުއްވެރި ކުރައްވާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ މިފަދަ ވީޑިއޯ ތަކަކީ ރައްކާތެރި ކުރަންޖެހޭ ވީޑިއޯތައް ކަމަށާއި މިމައްސަލަ ފުލުހުން ރަނގަޅަށް ތަހުގީގު ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
Miee gaanoony gothun rakkaatheri kuran jehey thakethi. Mi massala @PoliceMv in rangalhah thahugeegu kuravvaane kamah ummeedhu kuran @ArchivesMv 1/2 https://t.co/rhmbqWdVZy
— Yumna Maumoon (@yumna_maumoon) November 19, 2018
އަދި ހަމަމިކަމާ ގުޅުވައިގެން އިތުރަށް ކުރެއްވި ޓަވީޓް ގައި ޔުމްނާ ވިދާޅުވީ މިފަދަ ވީޑިއޯ އެއް ޑިލިޓް ކުރެވޭނީ ގައުމީ އަރުޝީފްގެ ޑިރެކްޓަރ ޖެނެރަލްގެ ހުއްދައާއެކު އެފަރައިތައް އެނގިގެންކަމަށެވެ.
Mi fadha audio / video naththaleven vaany Gaumy Arusheef @ArchivesMv ge Director General ge hudhdha libigen. 2/2 pic.twitter.com/NCHAdO2nQ7
— Yumna Maumoon (@yumna_maumoon) November 19, 2018
ކާކުކަން ނޭގޭގޮތައް ސީސީޓީވީ ކެމަރާތައް ނިންވާލައިގެން ވީޑިއޯތަކެއް ޑިލީޓް ކޮއްފައިވާ މައްސަލަ ފުލުހުން އިއްޔެ ބަލަންފެށި ނަމަވެސް މިހާތަނަށް ތަހުގީގު ގޮސްފައިވާ ހިސާބެއް އެފަރާތުން ހާމަކޮށްފައެއް ނުވެއެވެ.
ޕީއެސްއެމްގެ މުވައްޒަފަކު މައުލޫމާތު ދިންގޮތުގައި މިވީޑިއޯތައް ޑިލިޓް ކޮށްފައިވާކަން ފާހަގަކުރެވުނީ އާދީއްތަ ދުވަހުކަމަށެވެ.
ނަމަވެސް މިހާތަނަށް ޑިލިޓް ކޮށްފައިވަނީ ކިހާވީޑިއޯ އެއްކަމުގެ މައުލޫމާތުވަނީ ލިބޭގޮތް ނުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް