އިމިގްރޭޝަނުގެ ޑެޕިއުޓީ ކޮންޓްރޯލަރ އަޝްފާން، ޔޫތުގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަނުކޮށްފި
ލިޔުންތެރިޔާ
އަޙްމަދު އާހިލް ސަޢީދު
އިމިގްރޭޝަންގެ ކުރީގެ ޑެޕިއުޓީ ކޮންޓްރޯލަރު، އަހުމަދު އަޝްފާން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް، އައްޔަނުކޮށްފިއެވެ.
އަޝްފާނު މި މަގާމަށް އައްޔަނުކޮށްފައިވަނީ މިއަދުއެވެ. އަޝްފާން ޔޫތް މިނިސްޓަރުގެ ނައިބަކަށް އައްޔަނުކުރެއްވިއިރު، އޭނާ ވަނީ އިމިގްރޭޝަނުގައި 19 އަހަރު ވަންދެން ހިދުމަތް ކުރައްވާފައެވެ. އަދި އޭނާ ވަނީ ކުރިން އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމުވެސް އަދާކޮށްފައެވެެ.
އިމިގްރޭޝަނުންވެސް ވަނީ، އަޝްފާން އެތަނުން ވަކިވެ ވަޑައިގެންނެވިކަމަށް ބުނެފައެވެ.
އަޝްފާންއަކީ ރާއްޖޭގެ ފުޓުބޯޅަ ލެޖެންންޑް، އަޝްފާގުގެ ކޮއްކޮއެވެ. އެގޮތުން، އަޝްފާން ވަނީ މީގެ ކުރިން ދިވެހިރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމަށް ވެސް ކުޅެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް