ޖޭއެސްސީގެ މެންބަރު ކަމުން ރިޒާ އިސްތިއުފާ ދެއްވައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރު ކަމުން މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ޖޭއެސްސީގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ރިޒާ އިސްތިއުފާ ދެއްވި ވަކި ސަބަބެއް ސާފެއް ނުވެ އެވެ.
ރިޒާ އަކީ ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅުއްވާފައިވާ މެންބަރެވެ. ޖޭއެސްސީގެ މެންބަރަކަށް ރިޒާ ހަމަޖެއްސެވީ މިދިޔަ އަހަރުގެ ޖުލައި ހަތަރުވަނަ ދުވަހު އެވެ.
ރިޒާގެ އިސްތިއުފާއާއެކު މަޖިލީހުން ޖޭއެސްސީއަށް ކަނޑައަަޅާ މެންބަރުގެ މަގާމާއި ޖޭއެސްސީގެ ރައީސްގެ މަގާމު ހުސްވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް