ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުތަކުން އެއްފަހަރާ 20 ފަރާތެއް ވަކިކޮށްފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ދިވެހި ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުތަކުގެ އިސްވެެރިންނާއި މެންބަރުންގެ ތެރެއިން، ގާތްގަނޑަކަށް 20 ފަރާތެއް އެކި މަގާމުތަކުން ވަކިކޮށްފިއެވެ.
މިއަދުގެ ވަގުތެއްގައި މިކަން ހާމަކޮށްފައިވަނީ ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓްވީޓަކުންނެވެ. ނިޒާރު ވިދާޅުވެފައިވަނީ އެ ފަރާތްތައް މިއަދުން ފެށިގެން މަގާމުން ވަކިކޮށްފައިވާކަމަށެވެ.
މިއަދު ވަކިކުރި ފަރާތްތަކުގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކުގެ ޗެއަރމަނުންނާއި، މެނޭޖިންގް ޑިރެކްޓަރުންނާއި، އާންމު މެންބަރުން ހިމެނެއެވެ.
އެގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޒުހޫރާއި އެމްޓީސީސީ އާއި ފެނަކަ ކޯޕަރޭޝަންގެ ޗެއާމަން އަދި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް , ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް ފަދަ މުހިންމު ފަރާތްތައް ހިމެނެއެވެ.
މިގޮތަށް ކުންފުނިތަކުގެ ބޯޑަށް ބަދަލު ގެނެސްފައިވާއިރު، ރައީސް ޔާމީންގެ ދައުރު ނިމުމުގެ ކުރިން ބައެއް ބޯޑުތަކުގެ މެންބަރުން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް