ރޭ ބްރިޖުގައި ހިނގި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާވި؛ އެކަކުގެ ހާލު ސީރިއަސް
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ސިނަމާލެ ބުރިޖު، މާލެ އިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި އެކެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފިއެވެ.
މި އެކްސސިޑެންޓް ހިނގީ ބްރިޖުގެ ހުޅުމާލެއަށް ދަތުރުކުރާ ފަޅިން ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކަހާލައިގެން ވެއްޓި އިތުރު ސައިކަލަކާއި ކާރެއްގައި ޖެހިއެވެ.
މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ ރޭ 19:20 އެހައިކަންހާއިރުއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓްގައި ޖުމުލަ 3 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އެއް ސައިކަލުގައި ތިބި ދެ މީހުންނާއި އަނެއް ސައިކަލުގައި އިން މީހާ ކަމަށެވެ.
މީގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް