އެމްޓީސީސީ
އެމްޓީސީސީ
ހަބަރު 22 Mar 2026 | 12:31

އެމްޓީސީސީގެ 'މާލެ ޓެކްސީ ލައިން' އަށް ޑްރައިވަރުން ހޯދުމަށް ވޯކް-އިން އިންޓަވިއުތަކެއް ބާއްވަނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އަލަށް ފެށުމަށް ތައްޔާރުވަމުންދާ "މާލެ ޓެކްސީ ލައިން" ޚިދުމަތަށް ބޭނުންވާ ޑްރައިވަރުން ހޯދުމަށް ވޯކް-އިން އިންޓަވިއުތަކެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ ވޯކް-އިން އިންޓަވިއުތައް އޮންނާނީ މާދަމާ، 23 މާރިޗު 2026 ވާ ހޯމަ ދުވަހުއެވެ. އިންޓަވިއުތައް ކުރިއަށް ދާނީ އެ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ. އިންޓަވިއުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މާފަންނު ބަސް ޓާމިނަލްގައެވެ.

މި ޚިދުމަތަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި ސައްހަ ޑްރައިވިންގ ލައިސަންސެއް އޮތުމާއި، މުއާމަލާތްކުރުމުގެ ހުނަރު ހުރުން ހިމެނެއެވެ. އިންޓަވިއުއަށް އަންނައިރު އައިޑީ ކާޑާއި، ލައިސަންސްގެ އިތުރުން ތައުލީމީ ސެޓްފިކެޓްތަކާއި ވަޒީފާގެ ތަޖުރިބާ އަންގައިދޭ ލިޔުންތައް ގެންދިއުމަށް އެމްޓީސީސީން އިލްތިމާސްކުރެއެވެ.

އެމްޓީސީސީގެ މާލެ ޓެކްސީ ލައިން ފެށުމަށް ހަމަޖެހިފައިވަނީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އުޅަނދުތައް ބޭނުންކޮށްގެންނެވެ. މި ޚިދުމަތުގެ ސަބަބުން މާލެއާއި ހުޅުމާލެ ސަރަހައްދުގައި ޓެކްސީ ހޯދުމަށް އާންމުން އުފުލަމުންދާ ތަކުލީފުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެމްޓިސީސީން މީގެ ކުރިންވެސް ވަނީ މި ޚިދުމަތަށް ޑްރައިވަރުން ހޯދުމަށް އިންޓަވިއުތަކެއް ބާއްވާފައެވެ. އެގޮތުން ގިނަ އަދަދެއްގެ މީހުން ވަނީ އެ ފުރުސަތުގެ ބޭނުން ހިފާފައެވެ. އެމްޓީސީސީން ބުނީ އެކުންފުނިން މަސައްކަތް ކުރަމުންދަނީ އެންމެ ޒަމާނީ އެޕްލިކޭޝަނެއް މެދުވެރިކޮށް، 24 ގަޑިއިރު ހިދުމަތް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އައިޖީއެމްއެޗް ކުރިމަތީގައި ކޮންސްޓްރަކްޝަން މަސައްކަތް ހިނގަމުންދިޔަ އިމާރާތެއްގެ ބައެއް ވެއްޓިއްޖެ
23 Nov 2026 ހަބަރު

އައިޖީއެމްއެޗް ކުރިމަތީގައި ކޮންސްޓްރަކްޝަން މަސައްކަތް ހިނގަމުންދިޔަ އިމާރާތެއްގެ ބައެއް ވެއްޓިއްޖެ

ވީޑިއޯއަކުން ފެންނަ ގޮތުގައި، އެ އިމާރާތުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ޕޭމަންޓް މަތީގައި ބަހައްޓާފައި ހުރި ބައެއް ވަނީ އެތަނަށް ވެއްޓިފައެވެ. އަދި އެ ވީޑިއޯގައި މީހަކަށް އަނިޔާވެގެން ބިންމަތީގައި ހުރި މަންޒަރުވެސް ފެނެއެވެ.

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި
23 Nov 2026 ހަބަރު

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި

ފުލުހުން މައުލޫމާތު ދިންގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ ކޫއްޑޫގައި މީހަކު މަސްތުވާތަކެތި ރައްކާކޮށް، ފުޅާދާއިރާއެއްގައި އެ ތަކެތި ވިއްކާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ގއ. ވިލިނގިލި ޕޮލިސް އަދި މާމެންދޫ ޕޮލިސް ގުޅިގެންނެވެ.

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް
23 Nov 2026 ހަބަރު

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ދުންފުހުގެ އަސަރު ކުރިއަށް އޮތް ތިން ދުވަހުވެސް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް
23 Nov 2026 ހަބަރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓް ހުށަހަޅާފައިވާއިރު، އެ ރިޕޯޓަށް 23 އިސްލާހެއް ހުށަހަޅާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ. އެ އިސްލާޙް ތަކާއި ހުށަހެޅުއްވި މެމްބަރުން ހާމަކުރައްވާފައެއް ނުވެއެވެ.

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް
23 Nov 2026 ހަބަރު

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ބޭއްވި ތިން ބީޗް ވޮލީ މުބާރާތެއްގައި އެއްވެސް މެޗަކުން ބަލިނުވެ، ތިން މުބާރާތުގެ ޗެމްޕިއަންކަން ވެސް މި ކޯޕަރޭޝަންގެ "ކްލަބް އެޗްޑީސީ"ން ހޯދައިފިއެވެ.

މި ދައުރު ނިމުމުގެ ކުރިން މަސައްކަތް ކުރިއަށްދާ ހުރިހާ އެއާޕޯޓެއް ހުޅުވާނަން: ރައީސް ޑރ. މުއިއްޒު
17 Nov 2026 ހަބަރު

މި ދައުރު ނިމުމުގެ ކުރިން މަސައްކަތް ކުރިއަށްދާ ހުރިހާ އެއާޕޯޓެއް ހުޅުވާނަން: ރައީސް ޑރ. މުއިއްޒު

ރައީސް ވިދާޅުވީ މި ހިނގާ އަހަރަކީ ލޯނުތައް ދެއްކުމުގެ އަހަރު ކަމަށާއި، ކުރިއަށް އޮތް އަހަރަކީ މަޝްރޫޢުތައް ބާރު ސްޕީޑުގައި ނިންމައި ރައްޔިތުންނާ ޙަވާލުކުރާނެ އަހަރު ކަމަށެވެ. އެގޮތުން، އެމްޓީސީސީއާއި އެމްއޭސީއެލްއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ އެއާޕޯޓްތަކުގެ މަސައްކަތްތައް ވެސް ވަރަށް ބާރަށް ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކ. ގުޅީ ސްކޫލްގެ މަލްޓި ޕާޕަސް ހޯލްއާއި 6 ކްލާސްރޫމްގެ މަސައްކަތުގެ 37 އިންސައްތަ ނިމިއްޖެ
09 Nov 2026 ހަބަރު

ކ. ގުޅީ ސްކޫލްގެ މަލްޓި ޕާޕަސް ހޯލްއާއި 6 ކްލާސްރޫމްގެ މަސައްކަތުގެ 37 އިންސައްތަ ނިމިއްޖެ

އެގޮތުން، މިހާރު އެ އިމާރާތުގައި ކުރިއަށްދަނީ އެ އިމާރާތުގެ ފުރާޅު ވަރުގަދަ ކުރުމުގެ މަސައްކަތެވެ.

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
03 Nov 2026 ހަބަރު

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި

އެންމެ މުހިންމު ދެ ޝަރުތަކީ ދިވެއްސަކަށްވުމާއި ކުންފުނީގެ ހިއްސާދާރަކަށް ވުމެވެ. މީގެ އިތުރުން އުމުރުން 30 އަހަރުވުމާއި، ކުންފުނީގެ ވިޔަފާރިއާއި، ވިޔަފާރީގެ ދާއިރާތަކަށް އަހުލުވެރި ވުމާއި މާލީ ރިޕޯޓްތައް ދިރާސާކުރުމުގެ ގާބިލްކަންވެސް ހުންނަން ޖެހެއެވެ. މީގެ އިތުރުންވެސް އެކުންފުނިން ވަނީ ހުންނަންޖެހޭ ޝަރުތުތައް އާންމުކޮށްފައެވެ.