N/A
N/A
ހަބަރު 21 Nov 2018 | 14:29

ސައުތު އޭޝިއާގައި 5ޖީ ޑެމޯ ދައްކާލި ފުރަތަމަ ކުންފުނިތަކުގެ ތެރޭގައި ދިރާގު!

ޝަފްރާޒް އަހްމަދު

ލިޔުންތެރިޔާ

ޝަފްރާޒް އަހްމަދު

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުނި ކަމަށްވާ ދިރާގުން ވުމާސަލާތީ ޓެކްނޮލޮޖީގެ ތެރެއިން މޮބައިލް އިންޓަނެޓް ކަނެކްޓިވިޓީގެ ފަސްވަނަ ޖީލުގެ ޚިދުމަތް ކަމަށްވާ 5ޖީގެ ޑެމޯ އެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ދައްކާލައިފިއެވެ. ދިރާގު ހޭޑް އޮފީހުގައި މިއަދު ބޭއްވީ ހާއްސަ ހަފުލާއެއްގައި ވަނީ 5ޖީ ގެ ޑެމޯ އާންމުނާ ހަމައަށް ދައްކާލާފައިއެވެ.

އޭޝިއާ ބައްރުން ރާއްޖެ ފިޔަވާ ދެން 5ޖީގެ ޑެމޯ ދައްކާފައިވަނީ މެލޭޝިއާ، ސިންގަޕޫރު، ހޮންގްކޮންގް އަދި އިންޑީޔާ ފަދަ ގައުމުތަކުގައިއެވެ.

މިއަދުގެ ހަފުލާފައި ވާހަކަ ފުޅުދައްކަވަމުން ދިރާގު ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވި ގޮގުތައި ދިރާގުން މަސައްކަތްކުރަމުން ދަނީ އަލަށް ތައާރަފު ކުރާ އައު ޓެކްނޮލޮޖީ އާއި ޑިޖިޓަލް ހިދުމަތް ރާއްޖޭގެ މާކެޓަކަށް ގެނެސްދިނުމެވެ. އަދި ދިވެހި ރާއްޖެއަށާއި ދިވެހި މުޖްތަމައަށް ޑިޖިޓަލް މުވާސަލާތީ ހިދުމަތުގެ ތެރެއިން އިތުރު ފާގަތިކަމާއި ކުރިއެރުން ފޯރުކޮށްދިނުމަށް ދިރާގުން ކެނޑިނޭޅި މަސައްކަތް ކުރަމުންގެންދާ ވާހަކަ ފާހަގަކުރެއްވިއެވެ.

5ޖީ ހިދުމަތް ތަޢާރަފު ވުމުން ރާއްޖެއަށް ލިބޭނެ ކުރިއެރުމާއި ފައިދާތައް

5ޖީ ކަނެކްޓިވިޓީ އާދަޔާޚިލާފަށް ހަލުވިވާނެއެވެ. އެގޮތުން މިޚިދުމަތަކީ މިހާރުގެ 4ޖީ ހިދުމަތުގެ ޑައުންލޯޑް ކުރެވޭ ސްޕީޑަށްވުރެ ދިހައެއް ނުވަތަ ވިހިގުނަ އަވަހަށް ޑައުންލޯޑްކުރުމުގެ ގާބިލުކަން ހުންނާނެ ހިދުމަތެކެވެ. އެހެން ކަމުން ރިމޯޓް ސާޖަރީ އަދި އޮޓޮމޭޓެޑް ދަތުރުފަތުރު ކުރުމުގެ ސިސްޓަމްޓަކުން ރިއަލްޓައިމް ނުވަތަ އަސްލު ވަގުތާ އެއްފަދަ ތަޖުރިބާއެއް ލިބިގެންދާނެއެވެ.

މީގެ އިތުރުން، ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި މިހާރަށްވުރެ އަވަހަށް ޑައުންލޯޑް އަދި އަޕްލޯޑް ސްޕީޑު އަވަސްވާނެއެވެ. އަދި ގުދުރަތީ ކާރިސާތައް ދިމާވާ ހާލަތްތަކުގައި ވުމާސަލާތީ ގުޅުން ދެމެހެއްޓުމަށް ފަސޭހަވެގެންދާނެއެވެ. އަދި ހަމައެއާއެކު 5ޖި ނެޓްވޯކް ގާއިމު ވުމާއި އެކު މުޅިން އައު ޑިޖިޓަލް ހިދުމަތައްތަކަށް މަގު ފަހިވެގެން ދާނެއެވެ.

5ޖީ ފޯނާއި އަދި ޑިވައިސްތައް އަދި މާކެޓްގައި ލިބޭކަށްނެތެވެ. ނަމަވެސް ދުނިޔޭގެ ބޮޑެތި ޓެކް ކުންފިނިތަކުން މިހާރު ދަނީ އެފަދަ ޑިވައިސްތައް އުފެއްދުމުގެ މަސައްކަތް ފަށާ އަދި ޓެސްޓް ކުރަން ފަށާފައިއެވެ.

ދިރާގުން މުސްތަގުބަލަށް ތައްޔާރު ކޮށްދިނުމަށް ވެވައިފާ ވައުދު

ދުވަހަކުން ދުވަހަކަށް ދުނިޔެ މިދަނީ ޑިޖިޓަލް ވަމުންނެވެ. ދުނިޔެއަށް ޓެކްނޮލޮޖީގެ ގޮތުން އަންނަ ބަދަލުތަކާއި އެއްވަރަށް އަޅުގަނޑުމެންގެ ޖަޒީރާ ރާއްޖެވެސް ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާއި އެއްސަފެއްގައި ޓެކްނޮލޮޖީގެ ދާއިރާގައި ފައިތިލަ ސާބިތުކުރާތަން ފެނުމަކީ ދިވެހިންގެ އުންމީދެވެ.

ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މަގު ކޮށައިދިނީ ދިރާގުންނޭ ބުނުން ދޮގަކަށް ނުވާނެއެވެ. ޒަމާނަށް އަންނަމުން އައި ބަދަލާއި އެކު ކުންފުނިން ކަސްޓަމަރުންނަށް ދެމުން އައި ހިދުމަތްތައްވެސް ދިޔައީ ޒަމާނާއި އެއްގޮތަށް ފަރުމާވެވިގެންނެވެ. އެގޮތުން މިއަދުގެ 5ޖީ ޑެމޯ އަކީވެސް މިކަމުގެ ހެއްކެކެވެ.

ދުވަހަކަށް ވުރެ ދުވެހެއް ޓެކްނޮލޮޖީ އަންނަނީ ދިވެހިންގެ އިޖްތިމާއި އަދި އިގްތިސާދީ ހަޔާތުގައި މުހިއްމު ދައުރެއް އަދާކުރަމުންނެވެ. މުއާސަލާތު، ވިޔަފާރި، މުނިފޫހި ފިލުވުން އަދި ތައުލީމަކީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް އީކޯސިސްޓަމްގެ މައްޗަށް ބިނާވެފައިވާ ބައެއް ދާއިރާތަކެވެ. ދިރާގުގެ މަޤްސަދަކީ ކަސްޓަމަރުން ބާރުވެރިކޮށް މި ޑިޖިޓަލް މުސްތަޤްބަލުގެ ބޭނުން އެންމެ ފުރިހަމައަށް ފޯރުކޮށްދީ، ގުޅުން ބަދަހިކުރުމާއި، ބާރުވެރިކުރުމާއި އިނޮވޭޓްކުރުމަށް ހިތްވަރުދިނުމެވެ.

ޒަމާނީ ވިސްނުމާއި، އުޖާލާ މުސްތަޤްބަލު ރަމްޒުކޮށްދޭ ގޮތަށް ދިރާގުން މިދިޔަ އަހަރުވަނީ "ޓޭކް އޮން ޓުމޯރޯ" ނުވަތަ "މުސްތަޤްބަލަށް ފުރިހަމައަށް ތައްޔާރު" މި ޝިޔާރު ހިޔާރުކޮށް، ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއެކު ދިރިއުޅުމަށް އަންނަ ކުރިއެރުންތަކަށް ދިރާގު ތައްޔާރަށް އޮތްކަން ދޭހަކޮށްދީފައިއެވެ.

މީގެ ހެއްކަކަށް ވެގެން ދިޔައީ މި ވެތުވެދިޔަ ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި ޑިޖިޓަލް ހިދުމަތްތަކަށް ގެނައި އިންގިލާބީ ބަދަލުތަކުންނެވެ. އެގޮތުން ދިރާގުން މިދިޔަ އަހަރު ތައާރަފު ކުރި ދިރާގު ޓީވީ، ދިރާގު ޕޭ، މުޅިން އައު ޑީއައިވައި ޕްރީޕެއިޑް ޕްލޭނެއް ކަމަށްވާ މަމެން، ދިރާގު އައު ޕޯސްޓްޕެއިޑް އަދި ދިރާގު ހައިސްޕީޑް ފައިބަރ އިންޓަނެޓް މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އިރުތުން 41 ރަށެއްގައި ގާއިމު ކޮށްދީ އާބަދީގެ %70 އަށް މި ހިދުމަތް ފޯރުކޮށްދީފައިއެވެ.

ދިރާގުގެ 30 އަހަރުގެ ހަޔާތުގައި ވަނީ ރާއްޖޭގެ މުވާސަލަތީ ސިނާއަތަށް ބޮޑެތި އިންގިލާބީ ބަދަލުތަކެއް ގެނެސްދީފައިއިއެވެ. ރާއްޖެ ފަދަ އާބާދީ ކުޑަ ޖަޒީރާ ގައުމަކަށް މުވާސަލާތީ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށް ކުރިމަތިވެފައި އޮތް ގޮންޖެހުންތަކާއެކު ވެސް ދިރާގުން ވަނީ އާބާދީ ބޮޑެތި ރަށްރަށުން ފެށިގެން އާބާދީ ކުޑަ ރަށްތަކަށް ވެސް މުވާސަލާތުގެ އަސާސީ އޮނިގަނޑު ގާއިމުކޮށްފަ އެވެ.

ދިރާގަކީ ހަލުވިދުވެއްޔެއްގައި ބަދަލުވަމުން އަންނަ ޓެކްނޮލޖީއާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާ އެއްބާރުމިނެއްގައި ކުރިއަރަމުން އަންނަ ކުންފުންޏެކެވެ. އަދި ދިރާގަކީ އަބަދުވެސް ކަސްޓަމަރުންނަށް އަޅާލައި، އިތުބާރުހިފޭ، ފެންވަރު ރަނގަޅު، ފަސޭހަ އަދި މުސްތަޤްބަލާ ރައްޓެހި ހިދުމަތެއް ފޯރުކޮށްދިނުމުގައި އަބަދުވެސް ދެމިއޮންނާނެ ކުންފުންޏެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...