މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނު މާބައިދޫގެ ސަހީމް އަބްދުލް ގާދިރު... ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނު މާބައިދޫގެ ސަހީމް އަބްދުލް ގާދިރު... ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން
ކުޅިވަރު 17 Jan 2024 | 21:15

ސަހީމްގެ ދެލަނޑާއެކު ދަނބިދޫ ބަލިކޮށް މާބައިދޫ އިން މުބާރާތް ފެށީ މޮޅަކާއެކު

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ގެ ލ. އަތޮޅުގެ އަތޮޅު ބުރު ގުރޫޕް އެކެއްގެ ދެވަނަ މެޗުގައި މާބައިދޫ އާއި ދަނބިދޫ ވާދަކުރި މެޗު 2-1 ގެ ނަތީޖާއަކުން މާބައިދޫ އިން ކާމިޔާބުކޮށްފި އެވެ.

ހުޅުމާލޭ ރެހެންދި ދެ ނަންބަރު ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ މާބައިދޫ އިންނެވެ. މިލަނޑު ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ސަހީމް އަބްދުލް ގާދިރު އެވެ. މިއީ ދަނބިދޫގެ ހާފު މެދެންހާ ހިސާބުހުރެ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ދަނބިދޫ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަލީ އިރުފާދު އެވެ. މިއީ އެޓީމުގެ ކުޅުންތެރިއެއްގެ މުޅިން ހުސްކޮށްލާފައި ޖައްސާލި ބޯޅައެއްގައި މާބައިދޫ ޕެނަލްޓީ އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިމެޗުން މާބައިދޫ މޮޅުވި ލަނޑު ދެވަނަ ހާފުގެ 35 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ސަހީމް އަބްދުލް ގާދިރު އެވެ. މިއީ އެޓީމުގެ ހަސަން ނިމާލް ތަނަވަސްކޮށްދިން ފުރުސަތެއްގައި ދަނބިދޫގެ ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެ ތިރިތިރިން ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން މާބައިދޫ ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ މާބައިދޫ ޓީމުގެ ދެ ލަނޑު ވެސް ކާމިޔާބުކޮށްދިން ސަހީމް އަބްދުލް ގާދިރު އެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ 129 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތުގައި 320 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިއަހަރުގެ މުބާރާތުގައި ލ. އަތޮޅު 9 ޓީމު ބައިވެރިވެފައިވާއިރު، މިއަތޮޅުގެ އަތޮޅު ބުރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ސެމީ ފައިނަލުން ޖާގައެއް ލިބޭއިރު، ފައިނަލުން ޖާގަ ހޯދާ ދެޓީމަށް މުބާރާތުގެ ޒޯނު ބުރުން ފުރުސަތު ލިބިގެންދާނެ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން، ގަން ހިމެނުނީ ލ އަތޮޅު ގްރޫޕް އެކެއްގަ އެވެ. މި ގްރޫޕުގައި ގަމުގެ އިތުރުން ދެން ހިމެނެނީ މާވައް، ކަލައިދޫ، މާބައިދޫ އަދި ދަނބިދޫ އެވެ. ލ. އަތޮޅުގެ ގްރޫޕް ދޭއްގައި ވާދަކުރާ ޓީމުތަކަކީ މާމެންދޫ، އިސްދޫ، ހިތަދޫ އަދި މުންޑޫ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި
12 Oct 2026 ކުޅިވަރު

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި

މިހާރު ކުރިއަށްދާ ދިރާގް ދިވެހި ޕްރިމިއާލީގްގައި ރޭ ޓީސީ ސްޕޯޓްސް އާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް އީގަލްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ދަނޑ...

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
08 Oct 2026 ކުޅިވަރު

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ

އެފްއޭއެމް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް  މާޒިޔާއަށް ކުޅެމުން އަންނަ އަހްމަދު އައިހަމް (ފަތޯ) އާއި އޮޑި ސްޕޯޓްސް ކްލަބްގެ ފާތިމަތު ސާލިޔާ ހޯދައިފިއެވެ. އެންމެ މޮޅު ފިރިހެން ފުޓ...

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
08 Oct 2026 ކުޅިވަރު

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް

މިރޭ ބޭއްވި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ފުޓްބޯޅައަށް ހިދުމަތްކޮށްދެއްވި ތިން ޝަހުއްސިއްޔަތުން ކަމަށްވާ ކޯޗު މަރްހޫމް އިހްސާން އަބްދުލް ޣަނީ (ސާންތީ)، މަރްހ...

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
08 Oct 2026 ކުޅިވަރު

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް

މިހާރު ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް 2028 ގެ ސަބް ރީޖަނަލް ކޮލިފައިންގައި މިއަދު ޗައިނާ އާއި ދިވެހިރާއްޖޭގެ ކްރިކެޓް ޓީމް ބައްދަލުކުރި މެޗް ރާއްޖެ ކާމިޔާބު ކޮށްފިއެވެ. މެލޭޝިއާގައި ކުރ...

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
06 Oct 2026 ކުޅިވަރު

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބުން އިންތިޒާމްކުރާ "އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026" ގެ ފުރަތަމަ އެޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާ ގުޅޭގޮތުން އެ ކްލަބުން...

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
06 Oct 2026 ކުޅިވަރު

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ

ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ރޮބޮޓިކްސް މުބާރާތެއް ކަމަށްވާ "ފަސްޓް ގްލޯބަލް ޗެލެންޖް" ގައި ރާއްޖެ ތަމްސީލުކުރާ ދިވެހި ޓީމު އެ ޤައުމުގެ އިންޗިއޮންއަށް ހިނގައްޖެއެވެ. މި...