އެމްޖޭއެސް ރާބަދި ޗެލެންޖުގެ ތަށި
އެމްޖޭއެސް ރާބަދި ޗެލެންޖުގެ ތަށި
ކުޅިވަރު 30 Apr 2026 | 09:47

އެމްޖޭއެސް ރާބަދި ޗެލެންޖުގެ ފޯރިގަދަ ފައިނަލްމެޗް މިރޭ

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ރިސޯޓްތަކުގެ މުއައްޒަފުންގެ މެދުގައި ބޭއްވިގެންދާ އެންމެ ފޯރިގަދަ އެއް މުބާރާތްކަމަށްވާ ރާބަދި ޗެލެންޖުގެ ފައިނަލްމެޗް، ރ.މީދޫ ފުޓްސަލް ދަނޑުގައި މިރޭ އޮންނާނެއެވެ.

މުބާރާތުގެ ފައިނަލްމެޗްގައި ބައްދަލުކުރާނީ، ކޯރާ ކޯރާ މޯލްޑިވްސް އާއި އަލިއާ ކޮތައިފަރެވެ. މުބާރާތުގެ މިހާތަނަށް ދެޓީމް ކުޅުނު މެޗްތަކުން ފެނިގެންގޮސްފައިވާ ނަތީޖާތަކަށް ބަލާއިރު، މިރޭގެ މެޗް ވެގެންދާނީ ވަރަށް ވާދަވެރި ފައިނަލަކަށް ކަމަށް ދެޓީމުންވެސް ވަނީ ފާހަގަކޮށްފައެވެ.

ކޯރާ ކޯރާ މޯލްޑިވްސް ފައިނަލްމެޗާ ހަމައަށް އާއިރު ފެނިގެންގޮސްފައިވަނީ އެންމެ ވަރުގަދަ ޓީމްގެ ގޮތުގައެވެ. މުބާރާތުގައި އެންމެ ފުރަތަމަ ކޯރާ ކޯރާ މޯލްޑިވްސް، ކުޑަފުއްޓާ ދެކޮޅަށް ކުޅުނު މެޗް 1-1 ގެ ނަތީޖާއަކުން އެއްވަރުވިނަމަވެސް އެޓީމް ވަނީ ދެންހުރި މެޗްތަކުން ތަފާތު ބޮޑު ނަތީޖާތަކުން މޮޅުވެފައެވެ. އެގޮތުން ރީތިފަރާ ދެކޮޅަށް ކުޅުނުމެޗް 10-1 ގެ ނަތީޖާއަކުން ކާމިޔާބުކުރިއިރު، ހެރިތަންސް އާރަށް އަދި ފާރުފުއްޓާ ދެކޮޅަށް ކުޅުނު މެޗްތައް ވަނީ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެފައެވެ.

ސެމީފައިނަލް މެޗަށްފަހު ކޯރާ ކޯރާ ޓީމްގެ ކުޅުންތެރިން

މުބާރާތުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެގިނަ ލަނޑު އަދި އެސިސްޓް ކުރި ކުޅުންތެރިންނަކީވެސް ކޯރާ ކޯރާގެ ކުޅުންތެރިންނެވެ. މުބާރާތުގައި މިހާތަނަށް އެންމެގިނަ ލަނޑު ޖަހާފައިވަނީ ކޯރާ ކޯރާގެ ރައުލް އެވެ. އޭނާ ވަނީ 10 ލަނޑު ޖަހާފައެވެ. މުބާރާތުގައި ކޯރާ ކޯރާ މޯލްޑިވްސްއާ ދެކޮޅަށް ނިކުންނަ އަލިއާ ކޮތައިފަރު މުބާރާތުގެ ފައިނަލާ ހަމައަށް ދަތުރުކޮށްފައިވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ.

ކޮތައިފަރު ޓީމްގެ ކުޅުންތެރިން ފައިނަލަށް ދިއުމާ ގުޅިގެން އުފާފާޅުކުރަނީ

މުބާރާތުގެ ފައިނަލްމެޗް މިރޭ ކުޅެވިގެންދާއިރު، ފައިނަލްގައި އެއްކޮޅުން ވާދަކުރާ ކޯރާ ކޯރާ ވަނީ މިދިޔަ މުބާރާތުގެ ފައިނަލްގައިވެސް ކުޅެފައެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ތަށި ކޯރާ ކޯރާއަށް ގެއްލުނީ ޖޯއްޔާ ދެކޮޅަށް ކުޅުނުމެޗް ޕެނަލްޓީ ޖަހައިގެން ބަލިވުމުންނެވެ. މިރޭ ކުޅޭ ފައިނަލް މެޗް ފެށުމަށް ހަމަޖެހިފައިވަނީ 21:00 ގައެވެ. މިމެޗް އެމްޖޭއެސް ރާބަދި ޗެލެންޖް ފޭސްބުކް ޕޭޖުން ލައިވްކުރާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި
12 Oct 2026 ކުޅިވަރު

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި

މިހާރު ކުރިއަށްދާ ދިރާގް ދިވެހި ޕްރިމިއާލީގްގައި ރޭ ޓީސީ ސްޕޯޓްސް އާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް އީގަލްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ދަނޑ...

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
08 Oct 2026 ކުޅިވަރު

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ

އެފްއޭއެމް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް  މާޒިޔާއަށް ކުޅެމުން އަންނަ އަހްމަދު އައިހަމް (ފަތޯ) އާއި އޮޑި ސްޕޯޓްސް ކްލަބްގެ ފާތިމަތު ސާލިޔާ ހޯދައިފިއެވެ. އެންމެ މޮޅު ފިރިހެން ފުޓ...

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
08 Oct 2026 ކުޅިވަރު

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް

މިރޭ ބޭއްވި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ފުޓްބޯޅައަށް ހިދުމަތްކޮށްދެއްވި ތިން ޝަހުއްސިއްޔަތުން ކަމަށްވާ ކޯޗު މަރްހޫމް އިހްސާން އަބްދުލް ޣަނީ (ސާންތީ)، މަރްހ...

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
08 Oct 2026 ކުޅިވަރު

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް

މިހާރު ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް 2028 ގެ ސަބް ރީޖަނަލް ކޮލިފައިންގައި މިއަދު ޗައިނާ އާއި ދިވެހިރާއްޖޭގެ ކްރިކެޓް ޓީމް ބައްދަލުކުރި މެޗް ރާއްޖެ ކާމިޔާބު ކޮށްފިއެވެ. މެލޭޝިއާގައި ކުރ...

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
06 Oct 2026 ކުޅިވަރު

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބުން އިންތިޒާމްކުރާ "އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026" ގެ ފުރަތަމަ އެޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާ ގުޅޭގޮތުން އެ ކްލަބުން...

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
06 Oct 2026 ކުޅިވަރު

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ

ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ރޮބޮޓިކްސް މުބާރާތެއް ކަމަށްވާ "ފަސްޓް ގްލޯބަލް ޗެލެންޖް" ގައި ރާއްޖެ ތަމްސީލުކުރާ ދިވެހި ޓީމު އެ ޤައުމުގެ އިންޗިއޮންއަށް ހިނގައްޖެއެވެ. މި...