ރަސްމާލޭގައި އިންވެސްޓްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން.. ފޮޓޯ: ހައުސިން މިނިސްޓްރީ
ރަސްމާލޭގައި އިންވެސްޓްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން.. ފޮޓޯ: ހައުސިން މިނިސްޓްރީ
ހަބަރު 28 Sep 2026 | 15:46

ދިވެހިންގެ އުއްމީދާ އެއްގޮތަށް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ދެން: އީގަލް ހިލްސްގެ ޗެއާ

ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބިޔަ މަޝްރޫޢާ ގުޅޭ ގޮތުން ދިވެހިންގެ އިތުބާރު ލިބިފައިވާ ކަމަށް ވިދާޅުވެ އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލައްބާރު އެ ކުންފުނިން ރައްޔިތުން އެދޭ ގޮތަށް މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވައިފިއެވެ.

އަލައްބާރު މި ޔަޤީންކަން ދެއްވީ ރަސްމާލޭގެ މަޝްރޫޢު ނިމުމުން އެ ތަން އޮންނާނެ ގޮތް ތަޞައްވުރުކޮށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ވީޑިއޯއެއް އިންސްޓަގްރާމްގައި ޢާއްމުކުރައްވައި ދެއްވި މެސެޖެއްގައެވެ.

އެ މެސެޖްގައި ވިދާޅުވީ ރާއްޖޭގެ ތާރީޚުގައި އެންމެ ބޮޑު އިންވެސްޓްމެންޓް ގެންނަ ކުންފުނީގެ ހައިސިއްޔަތުން އީގަލް ހިލްސްއާ މެދު ދިވެހިން ކުރާ އިތުބާރު ޤަބޫލުކުރައްވާ ކަމަށާއި މި ފުރުޞަތު ލިބުމަކީ ކުންފުންޏަށް ފަޚުރެއް ކަމަށެވެ.

ތާރީހުގައި އަންނަ އެންމެ ބޮޑު އިންވެސްޓްމެންޓާ އެކު ދިވެހިން އަޅުގަނޑުމެންނަށް އިތުބާރުކުރޭ. މިއީ އަޅުގަނޑުމެންނަށް ލިބޭ ޝަރަފެއް

އަލައްބާރު

މަޝްރޫޢާ ގުޅޭ ތަފުޞީލު ދެއްވަމުން އަލައްބާރު ވިދާޅުވެފައިވަނީ ރަސްމާލޭގައި އުފައްދަނީ ހަމައެކަނި ޢިމާރާތްތަކެއް ނޫން ކަމަށާއި ދިރިއުޅުމުގެ ވައްޓަފާޅިއެއް ކަމަށެވެ. އެ ތަނުން ޕްރޮޕަޓީއެއް ގަންނަ ފަރާތްތަކަށް ދުނިޔޭގައި ވެސް އެފަދަ ވިޔަފާރިއަކުން ލިބޭނެ އެންމެ ރަނގަޅު ފައިދާ ލިބޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މި އުފައްދަނީ ދިރިއުޅޭނެ ތަނެއް. އެތަނުގައި މީހުންނަށް މަހެއް ވަންދެން ނޫނީ ހަފުތާއެއް ވަންދެން ތިބެވޭނެ. އެ ތަނުގައި ރީތި ގޮނޑުދޮށްތައް ހުންނާނެ. އަދި ރެސްޓޯރެންޓްތަކާއި ހޮޓާތަކާއި ކުޅިވަރުކުޅޭނެ ތަންތަނާއި ކުޑަކުދިންނަށް ހާއްސަ ތަންތަން ހުންނާނެ

އަލައްބާރު

ރަސްމާލެ ތަރައްޤީކުރުމުގެ މި މަޝްރޫޢަށް ފޮރިން ޑައިރެކްޓް އިންވަސްޓްމެންޓްގެ ގޮތުގައި 20 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފަންޑިންގ ލިބިގެންދާނެކަމަށް މަޝްރޫޢު ހިންގާ ފަރާތުން ވަނީ ބުނެފައެވެ. "މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ" ގެ ނަމުގައި ހިންގާ މި ބިޔަ މަޝްރޫޢަށް ރަސްމާލޭގެ 500 ހެކްޓަރު ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މި މަޝްރޫޢުއަށް އިދިކޮޅު ބައެއް ސިޔާސީފަރާތްތަކުން ފާޑުކިޔަމުންދާއިރު، މި މަޝްރޫޢު ނިމޭއިރު ރަސްމާލެ ވެގެންދާނީ، ހުރިހާ ޚިދުމަތެއް ލިބޭ ޒަމާނީ އިންޓަގްރޭޓެޑް ސިޓީއަކަށް ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވަނީ ވިދާޅުވެފައެވެ. މި އެއްބަސްވުމުގައި ސޮއިކުރީ ކުންފުނީގެ މަސައްކަތުގެ ފެންވަރު ސީދާ ބެލުމަށް ފަހުގައި ކަމަށް ޒަރީރު ވަނީ ވިދާޅުވެފައެވެ. އެ ގޮތުން މިސްރުގެ އިސްކަންދަރިއްޔާގައި "މަރާސީ" ގެ ނަމުގައި އީގަލް ހިލްސް އާއި އިމާރު ގުޅިގެން ހިންގާ މަޝްރޫޢުގެ އިތުރުން  އެތަނުގައި ވެސް ޔޮޓް މެރީނާއަކާއި އެކި ފެންވަރުގެ ތިން ހޮޓަލާއި ތިން ޓައުނެއްގެ ގޮތުގައި ޕްރޮޕަޓީ ތަރައްޤީކޮށް ސްމާޓް ސިޓީއެއްގެ ގޮތުގައި ޚިދުމަތް ދެމުން ގެންދާ ކަމަށް މިނިސްޓަރު ޒަރީރު ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.