ކުރިއަށް އޮތް 72 ގަޑިއިރު ތެރޭ މާލެ އަށް އެއް މަސް ދުވަހުގެ ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ: އަލް-ޖަޒީރާ
ލިޔުންތެރިޔާ
ފާޠިމަތު އިނާ ސަވާދު
ކުރިއަށް އޮތް 72 ގަޑިއިރުގައި މާލެ އަށް އެއް މަސް ދުވަހުގެ ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އަލް-ޖަޒީރާ ގެ ބައިނަލްއަގުވާމީ މޫސުމާ ބެހޭ ރިޕޯޓުގައި ބުނެފިއެވެ.
މެޓު އޮފީހުން ވަނީ މިއަދު 09:00 އިން ފެށިގެން 15:00 މުޅި ރާއަޖެއަށް ހުދު ސަމާލު ނެރެފައެވެ.
އެގޮތުން، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި އަދި ވިލާ ގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކުރެއެވެ.
އަދި މީގެ އިތުރުން މިއަދު ހެންދުނު 11:00 އިންފެށިގެން 15:00 އަށް އުތުރުގެ އަތޮޅުތަކަށްވަނީ ރީނދޫ ސަމާލު ނެރެފައެވެ.
މިވަގުތު އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި ގުގުރުން އެކަށީގެންވާކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓު އޮފީހުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް