ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު 110 ރުފިޔާއަށް އަރައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މާލޭ ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު 110 ރުފިޔާއަށް އަރައިފިއެވެ.
ބާޒާރުމަތީގެ ފިހާރަތަކުގެ އިތުރުން ދަތުރުވެރިންގެ މާރުކޭޓުގައިވެސް ލުނބޯގެ އަގު ވަރަށް ބޮޑެވެ. ތަކެތި ވިއްކާ ފަރާތްތަކުން ބުނީ ލުނބޫގެ އަގު ބޮޑުވެފައިވަނީ ލިބުން ދަތިވުމާއި، ލިބޭ އަގުވެސް މިފަހުން ބޮޑުވުމުން ކަމަށެވެ.
ބާޒާރުމަތީގެ ބައެއް ފިހާރަތަކުގައި މިއަދު ލުނބޯ ކިލޯއެއްގެ އަގު ހުރީ 95 ރުފިޔާއިން މަތީގައެވެ. ދަތުރުވެރިންގެ މާރުކޭޓުގައި ލުނބޯ ވިއްކަން ހުރި އަދަދު ވަރަށްބޮޑަށް މަދުވެފައިވާއިރު، ލުނބޯ ކިލޯއެއް ވިއްކަމުންދިޔައީ 100 ރުފިޔާއިން މަތީގެ އަގުތަކެއްގައެވެ.
މާލޭ ބާޒާރުގައި ދޭތެރެއަކުން ލުނބޯގެ އަގުތައް މައްޗަށް ދިޔައިރު، މީހެ ހަފްތާއެއްހާ ދުވަސްކުރިން ލުނބޯ ކިލޯއެއް 30 ރުފިޔާއަށްވެސް ލިބެން ހުރިކަން ފާހަގަކޮށްލެވެއެވެ. މާލޭ ބާޒާރުގައި މިދިޔަ އަހަރުގެ ފެބުރުއަރީމަހު ލުނބޯ ކިލޯއެއްގެ އަގު 80 ރުފިޔާއަށް އެރިއިރު، އޭގެ ކުރީއަހަރުގެ އޮގަސްޓްމަހުގެ ތެރޭގައި ލުނބޯ ކިލޯއެއްގެ އަގު ވަނީ 140 ރުފިޔާއަށް އަރާފައެވެ.
މިދިޔަ އަހަރު ލުނބޯގެ އަގު މައްޗަށް ދިއުމުން އެސްޓީއޯއިން ވަނީ ރާއްޖެއަށް ލުބޯ ގެނެސް ވިއްކަން ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް